ޣައްޒާގެ ޚާން ޔޫނުސް ގައި އިޒްރޭލު ސިފައިންގެ ލަޝްކަރުގެ ކޮމާންޑަރަކާއެކު 7 ސިފައިން މަރާލައި ސިފައިންގެ އެކަކު ވަރަށް ބޮޑަށް ޒަހަމުކޮށްލައިފިއެވެ، މިސިފައިން މަރާލީ އެމީހުން ދުއްވި ވެހިކަލްގެ ދަށުގައި ގޮވާއެއްޗެއް ހަރުކޮށް ގެން ވެހިކަލް ގޮއްވާލައިގެންނެވެ، އަދި މީގެ ދެ ދުވަސްކުރިން ވެސް 14 ސިފައިން މަރާލާފައި ވާކަމަށް ވެއެވެ. މިޖޫން މަހުގެ މިހާތަނަށް 19 ސިފައިން މަރާލާފައިވާކަމަށް އިޒްރޭލުގެ ސިފައިން އެއްބަސްވެއެވެ.
2023 އިން ފެށިގެން އިޒްރޭލުން ޣައްޒާގައި ހިންގާ ޖަރީމާތަކުގައި ހަރަކާތްތެރިވާ ސިފައިންގެ ތެރެއިން މިހާތަނަށް މުޖާހިދުންގެ ހަމަލާތަކުގައި އިޒްރޭލުގެ 861 ސިފައިން މަރުވެ 5921 ސިފައިން ޒަހަމުވެފައިވާކަމަށް އިސްރާއީލުގެ ސަރުކާރުގެ ޢަދަދު ތަކުން އެނގެއެވެ. އެހެން ނަމަވެސް ސިފައިންގެ އޮފިސަރުން ހާމަކޮށްފައިވާ މައުލޫމާތުން މިއަދަދު އެތައް ގުނައެއް އިތުރުކަމަށް ދައްކައެވެ.
އިސްރާއީލުން ދަނީޣައްޒާގައި މަރުވާ އެމީހުންގެ ލަޝްކަރުގެ ސިފައިންގެ މަޢުލޫމާތުތައް ވަރަށް ބޮޑަށް ސިއްރު ކުރަމުންނެވެ.
ނަތަންޔާހޫ ބުނީ، މަރުވާ ސިފައިންގެ މަޢުލޫމާތު ޢާންމު ނުކުރަނީ އެމީހުންގެ ޢާއިލާގެ އެދުމުގެ މަތީން ކަމަށެވެ.
(ޚަބަރު ލިޔުނީ: އަލްއުސްތާޛް ޢަލީ އާދަމް)