އެމެރިކާއާއި އިސްރާއީލުން އީރާނާއެކު ސުލްހައިގެ ވާހަކަތައް ފަށަނީ

ޖަވާދު | 116 ދުވަސް ކުރިން - 24 ޖޫން 2025 05:02
ކުއްލި ޚަބަރު: އެމެރިކާއާއި އިސްރާއީލުން އީރާނާއެކު ސުލްހަވާން ބޭނުންވެއްޖެ
ކުއްލި ޚަބަރު: އެމެރިކާއާއި އިސްރާއީލުން އީރާނާއެކު ސުލްހަވާން ބޭނުންވެއްޖެ
ޚުލާސާ

,އީރާނުގެ ކުރިމަތީގައި މޮޅު ނުވެވޭނެތީވެ ޓްރަމްޕްގެ އިއުލާނާއެކު އިޒްރޭލާއި އިރާނާ ދެމެދު ހަމަލާ ހުއްޓާލައި ސުލްހައިގެ ވާހަކަތައް މިއަދު ފަށާނެ.

އިޒްރޭލާއި އިރާނާ ދެމެދު 12 ދުވަސް ވަންދެން ހިނގި ހަމަލާތައް މުޅިން ހުއްޓާލުމަށް އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާން ކުރައްވައިފިއެވެ. ސޯޝަލް މީޑިއާގައި ޓްރަމްޕް ވިދާޅުވީ، މި ހަމަލާތައް ހުއްޓާލުމަށް ހުރިހާ މަސައްކަތެއް ކުރެއްވީ އޭނާ ކަމަށާއި، މި ކަމުގެ ސަބަބުން ސުލްހައިގެ ވާހަކަތަކަށް އުންމީދު އާވެގެން ގޮސްފި ކަމަށެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި، ހަމަލާތައް ފުރަތަމަ ހުއްޓާލީ އިރާނުން ކަމަށާއި، އޭގެ ގަޑިއިރުތަކެއް ފަހުން އިޒްރޭލުންވެސް ހަމަލާތައް ހުއްޓާލިއެވެ. ހަމަލާ ހުއްޓާލުން ސިފަކުރެއްވީ 'ބޮޑު ކާމިޔާބީއެއް'ގެ ގޮތުގައެވެ. އަދި އޭނާގެ މަންދޫބު ސްޓީވް ވިޓްކޮފް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އާންމުކުރާނެ ކަމަށްވެސް ޓްރަމްޕް ހާމަކުރެއްވިއެވެ.

ޓްރަމްޕް ވަނީ، އިންޑިއާއާއި ޕާކިސްތާނާ ދެމެދު ގުޅުން ރަނގަޅުކުރެއްވުމުގައި އޭނާއަށް ލިބުނު ކާމިޔާބީއާ އަޅުވައި، މި ފަހަރުވެސް ސުލްހައިގެ އެއްބަސްވުމެއް ހޯދިދާނެ ކަމަށް އިޝާރާތް ކުރައްވާފައެވެ.

މި 12 ދުވަހު ބޮޑެތި ހަމަލާތަކެއް ދެ ފަރާތުން ބަދަލުކޮށްފައިވެއެވެ. މިގޮތުން އިޒްރޭލުން ވަނީ އިރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް ވައިގެ ހަމަލާތައް ދީފައެވެ. އަދި އިރާނުން ވަނީ އިޒްރޭލުގެ އިތުރުން މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލާތައް ދީފައެވެ. މި ހަމަލާތަކުގައި އިޒްރޭލުން މަދުވެގެން 24 މީހުން މަރުވެފައިވާއިރު އެޤައުމުން ދަނީ ލިބުނު ގެއްލުންތައް ފޮރުވަމުންނެވެ.

އިޒްރޭލާއި އިރާނުގެ ސަރުކާރުން މި ހަމަލާ ހުއްޓާލިކަން ރަސްމީކޮށް ކަށަވަރުކޮށްފައި ނުވިޔަސް، ބައިނަލްއަޤްވާމީ މާކެޓުތަކަށް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ. އަދި މިއަދުގެ ވަގުތެއްގައި މަޝްވަރާތައް ފަށާނެ ކަމަށް ރަސްމީ މަސްދަރުތަކުން ބުނެއެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން މި ހަމަލާ ބަދަލުކުރުން ހުއްޓާލުން ބަލަނީ އެމެރިކާ އާއި އިޒްރޭލަށް އީރާނުގެ ކުރިމަތީގައި މޮޅު ނުވެވުނު ކަމުގެ ހެއްކެއްގެ ގޮތުގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

2 ރިއެކްޝަންސް / 2 ކޮމެންޓް

0%
0%
0%
0%
0%

ވައިަޓްހައުސް

115 ދުވަސް ކުރިން - 15:13

ކަލޭގެ މޮޅުކަމުން ވީ ކަމެއްނޫން ‘ އަޅޭ މޮޅިއްޔާ ރަސިއާ ހަނގުރާމަ އަދި ގާޒާގެ ހަނގުރާމަ ހުއްޓުވާލަބަ. ނޮބެލް އިނާމު ނުލިބޭނެ.

ކުޑަބެ

116 ދުވަސް ކުރިން - 11:00

އީރާނުގެ ކުރިމަތީގައި އެމެރިކާއާއި އިޒްރޭލު ކުޑަކަކޫޖަހަން މަޖުބޫރުވީ. ހަނގުރާމަ ދިގުލީވަރަކަށް އެމެރިކާއަށް ނުރައްކާ ބޮޑުވާނީ.