ފަލަސްޠީނަށް ކަޅު ދުވަހެއް! އިތުރު 300 މީހުން ޝަހީދުކޮށްލައިފި!

ހުސައިން އިސްމާއިލް | 7 ގަޑިއިރު ކުރިން - 3 ޖުލައި 2025 17:05
ޣައްޒާގެ ޖަނާޒާއެއްގެތެރެއިން: އ.ދ. އަކަށް ވެސް ޤަތުލުޢާންމެއް ނުހުއްޓުވުނު. / ފޮޓޯ: އަލްޖަޒީރާ.
ޣައްޒާގެ ޖަނާޒާއެއްގެތެރެއިން: އ.ދ. އަކަށް ވެސް ޤަތުލުޢާންމެއް ނުހުއްޓުވުނު. / ފޮޓޯ: އަލްޖަޒީރާ.
ޚުލާސާ

މިއީ ޣައްޒާއަށް ކަޅު ދުވަހެއް. ޒައެނިސްޓުން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ދިމް ހަމަލާތަކުގައި 300 އަށް ވުރެ ގިނަ މީހުން ޝަހީދުވެއްޖެ. ދުނިޔެ އޮތީ ބަލަން.

ޣައްޒާގައި މެދުކެނޑުމެއް ނެތި ޔަހޫދީ ޒައެނިސްޓުން ދެމުންދާ ޙަމަލާ ތަކުގައި ފާއިތުވި 48 ގަޑިއިރު ތެރޭގައި 300 އަށް ވުރެ ގިނަ މުސްލިމުން ޝަހީދުކޮށްލައިފިއެވެ.

ހައްދުފަހަނައެޅި ޔަހޫދީ ނިރުބަވެރި ޓެރަރިސްޓުން ގެންދަނީ މެދުކެނޑުމެއް ނެތި އެއްގަމާއި ވައިގެ މަގުން އެމެރިކާއިން ދީފައިވާ ހަތިޔާރާއި ބޮން ބޭނުންކޮށްގެން ޣައްޒާއަށް ޙަމަލާ ދެމުންނެވެ.

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ ޒައެނިސްޓުން ޙަމަލާތައް ދެނީ އެހީ ބަހަމުންދާ މަރުކަޒަށް އެހީ ހޯދުމަށްދާ މީހުންނަށް އަމާޒުކޮށްގެންނާއި އަދި މާކެޓް ތަކާއި ސްކޫލާއި ހޮސްޕިޓަލް ތަކަށެވެ. މީގެ އިތުރުން ޢާންމުން ދިރިއުޅޭ ގެތަކާއި ސަރަހައްދުތަކަށް އަމާޒުކޮށް ބޮން އަޅަމުންދާ ކަމަށެވެ.

މިއަދު އެކަނިވެސް ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަނުން ހިންގާ އެހީދޭ މަރުކަޒެއް ކައިރީގައި ދިން ޙަމަލާއެއްގައި 73 މީހުން ޝަހީދުވެިއެވެ. ކާނާ ހޯދަން ޖަމާވެފައި ވަނިކޮށް ހިންގި ޤަތުލުއާންމުގައި 45 މީހުން ޝަހީދުކޮށްލި ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ޙަމަލާ ދިންއިރު އޭގެކުރީރޭ ޣައްޒާގެ އުތުރާއި މެދުތެރޭގެ އެކި ހިސާބުތަކުގައި ތަކުރާރުކޮށް ދިން ހަމަލާތަކުގައި 94 މީހުން ޝަހީދުވެފައިވާކަން ވެސް ފާހަގަ ކުރެވެއެވެ.

އދ. އިން ހަނގުރާމަ ހުއްޓާލުމަށް ގޮވާލި ނަމަވެސް، ހަމަލާތައް ދަނީ ހުއްޓުމެއް ނެތި ކުރިއަށެވެ.

އދ. އިން ބުނަނީ މިހާތަނަށް 57،000 އަށް ވުރެ ގިނަ ޝަހީދުވެފައިވާ ކަމަށެވެ. ނަމަވެސް މި ޢަދަދަކީ ޞައްޚަ ޢަދަދެއް ކަމަށް ނުބެލެވެއެވެ. ސަބަބަކީ އެހެން ފަރާތަކުން ނެރެފައިވާ ރިޕޯޓަކުން ދައްކާ ގޮތުގައި 1 ލައްކަ އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފައިވާ ކަމަށް ބުނެފައި ވާތީއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%