ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލުން ޑިމާންޑް ކުރަނީ ޣައްޒާގެ %40 ދިނުމަށް. ހަމާސްގެ އިސްލާމިކް ޖިހާދުން ބުނީ އެގޮތަށް އެއްބަސްނުވާނެ ކަމަށާއި އިސްރާއީލުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ ކަމަށް.
413 ދުވަސް ކުރިން - 17:15
އިޒްރޭލުގައި މުދަލުގެ އަގު ބޮޑުވެ އެތަނުގެ ރައްޔިތުންނަށް ދަތިވަނީ. ކުރިން ތިރީހަށް ގަތް ކުކުޅު ޕެކެޓް މިހާރު ފަންސާހަށް. 6 އަށް ވިއްކި ޓޮމާޓޯ މިހާރު ފަނަރައަށް.
413 ދުވަސް ކުރިން - 09:37
ރަތްކަނޑުން ދަތުރުކުރާ އުޅަނދުތަކުން ތިމަންނާމެންނަކީ މުސްލިމުންނޭ ބުނެ އާ އުކުޅެއް ބޭނުންކުރަން ފަށައިފި. ނަމަވެސް، ހޫޡީން ބަރޯސާ ވެފައި ވަނީ އެމީހުންގެ ޖާސޫސީ މައުލޫމާތު ތަކަށް.
413 ދުވަސް ކުރިން - 08:24
އެމެރިކާގެ އެހީގައި ޣައްޒާގައި ހިންގާ އެހީ ބަހާ ސައިޓަކީ ދަންތުރައެއް. މިހާތަނަށް އެތަނަށް އެހީ ހޯދަން ދިޔަ 798 މީހުންގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލާފައިވޭ.
413 ދުވަސް ކުރިން - 06:57
އިސްރާއީލު ސިފައިން ޣައްޒާ ރައްޔިތުން ދިރިއުޅޭ ފޭލިގެތަކާއި، ޝަހީދުން ވަޅުލާފައި ތިބި ގަބުރުސްތާނުތައް ހަލާކުކޮށްލައިފި. މި ޖަރީމާ ތަކުގައި 59 މީހުން ޝަހީދުވި.
414 ދުވަސް ކުރިން - 00:31
ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުތަކާއި ގުޅިގެން ދީފާނެ ޙަމަލާއަކުން ސަލާމަތްކުރުމަށްޓަކައި އިސްރާއީލުގެ ބޮޑުވަޒީރު އޭނާގެ ދަރިފުޅު ބަހައްޓައިގެން އުޅެނީ އެމެރިކާގައި ފުލް ސެކިއުރިޓީއާއެކު.
414 ދުވަސް ކުރިން - 17:13
ޣައްޒާގައި 24 ގަޑިއިރު ތެރޭ 105 މީހުން ޝަހީދުކޮށް 530 މީހުން ޒަޚަމް ކޮށްލައިފި.
417 ދުވަސް ކުރިން - 17:34
އިސްރާއީލުން މިއަދު ބެއިތު ހަނޫންގެ ހުރިހާ ސަރަޙައްދަކުން ވަށާލައި އެ އަވަށް މުޅިން ޙިޞާރު ކޮށްފި. ސަބަބަކީ އިއްޔެ އިސްރާއީލުގެ 5 ސިފައިން މަރާލައި 14ސިފައިން ޒަޚަމްކޮށްލުމުން.
417 ދުވަސް ކުރިން - 13:33
ފަލަސްޠީނުގެ ޣައްޒާގެ ބިމުން މީހުން ނެރެ އެހެން ތަނަކަށް ބަދަލުކޮށްލައި އެ ބިން އަތުލުމުގެ ޕްލޭން އޮތީ ކުރިޔަށް ކަމަށާއި އެކަމުގެ މަޝްވަރާތައް ކުރިޔަށްދާކަމަށް ނަތަންޔާހޫ ބުނެފި.
418 ދުވަސް ކުރިން - 09:42
އިޒްރޭލުން ރޭ ދަންވަރު ލުބުނާނާއި ޔަމަނަށް ދިން ކުއްލި ވައިގެ ޙަމަލާތަކުގައި ޔަމަނުގެ 21 ސިފައިންނާއި ޙިޒްބުﷲގެ 4 ސިފައިން މަރައިލި/ޝަހީދުކޮށްލައި މިސައިލް ލޯންޗަރާއި ތެޔޮގުދަންތަކެއް ނައްތައިލި.
419 ދުވަސް ކުރިން - 12:20
އިސްރާއީލުން ލުބުނާނަށް މިވަގުތު ވެސް ބޮން އަޅަމުންދާއިރު ޒައެނިސްޓުން ބުނަނީ މި ޙަމަލާތައް ދިނުމުގެ ބޭނުމަކީ ޙިޒްބުﷲގެ އަސްކަރީ އާރާއިބާރު މުޅިން ނައްތާލުމަށް ކަމަށް.
420 ދުވަސް ކުރިން - 02:05
ޣައްޒާ ރައްޔިތުން ޝަހީދުކޮށްލުމަށް އިސްރާއީލަށް ވާގިވެރިވާ ކުންފުނިތަކުގެ ތެރޭގައި މައިކްރޮސޮފްޓް، ގޫގްލް އަދި އެމެޒޯންއާއެކު ދުނިޔޭގެ ނަން މަޝްހޫރު 42 ކުންފުނި ހިމެނޭ.
421 ދުވަސް ކުރިން - 12:28