Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އެހީއަށް އެދުނު 110 މީހުން އިޒްރޭލުން ގަތުލުކޮށްފި

ހުސައިން އިސްމާއިލް
467 ދުވަސް ކުރިން - 13 ޖުލައި 2025 06:57
އެމެރިކާއިން ޣައްޒާގައި ހިންގާ ޖީ.އެޗް.އެފް ސައިޓަށް ކާބޯތަކެތި ހޯދަން ދިޔަ މީހުންގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލާފައި. ޢާއިލާތައް ރޮނީ / ފޮޓޯ: އަލްޖަޒީރާ.
އެމެރިކާއިން ޣައްޒާގައި ހިންގާ ޖީ.އެޗް.އެފް ސައިޓަށް ކާބޯތަކެތި ހޯދަން ދިޔަ މީހުންގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލާފައި. ޢާއިލާތައް ރޮނީ / ފޮޓޯ: އަލްޖަޒީރާ.
ޚުލާސާ

އެމެރިކާގެ އެހީގައި ޣައްޒާގައި ހިންގާ އެހީ ބަހާ ސައިޓަކީ ދަންތުރައެއް. މިހާތަނަށް އެތަނަށް އެހީ ހޯދަން ދިޔަ 798 މީހުންގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލާފައިވޭ.

އިޒްރޭލުގެ ޒަޔަނިސްޓުން އިއްޔެ ޣައްޒާގައި ދިން ހަމަލާތަކުގައި، މަދުވެގެން 110 މީހުން ޝަހީދުވެއްޖެއެވެ. އޭގެ ތެރޭގައި، އެމެރިކާގެ އެހީގައި ހިންގާ ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން (ޖީ.އެޗް.އެފް) ގެ ދެކުނު ރަފަޙްގައި ހުންނަ ސައިޓެއްގައި ކާބޯތަކެތީގެ ހޯދުމަށްޓަކައި އާދެސް ކުރަމުންދިޔަ 34 މީހުން ވެސް ހިމެނެއެވެ. އެ މީހުނގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލީ ކަމަށް މަސްދަރުތަކުން ބުނެއެވެ.

މަންޒަރު ދުށް މީހުންނާއި ޙަވާލާދީ އަލްޖޒީރާއިން ބުނި ގޮތުގައި، އަލް-ޝަކޫޝް ޖީ.އެޗް.އެފް ގެ ސައިޓަށް ކާނާ ހޯދުމަށް އެއްވެފައި ތިބި އާންމުންނަށް ޓާގެޓް ކޮށް ޒައެނިސްޓުންގެ ސިފައިން ބަޑި ޖެހިއެވެ. ޙަމަލާއިން ސަލާމަތްވި މީހުން ސިފަކުރި ގޮތުގައި ކާބޯތަކެތި ހިފައިގެން ކޮތަޅަކަށް އަޅައިގެން ގެއަށް ދިޔުމުގެ ބަދަލުގައި 34 މީހުންގެ ކަފުން ކޮތަޅުތަކަށް ބަދަލުވެފައިވާ ކަމަށެވެ.

ޚާން ޔޫނިސްގައި ހުންނަ ނާސިރު ހޮސްޕިޓަލުގައި، ޙަމަލާއިން ސަލާމަތްވި ބައްޕައެއް ކަމަށްވާ މުޙައްމަދު ބަރްބަޚްއާއި ޙަވާލާދީ އޭއެފްޕީން ބުނި ގޮތުން ސިފަ ކުރެވެނީ، އިސްރާއީލުގެ ސިފައިން ވަނީ ޣައްޒާގެ ބަނޑުހައިހޫނުކަމުގައި ތިބި ރައްޔިތުން ކާއެއްޗެހިތައް ހޯދަން އެހީ ބަހާ ސައިޓުތަކަށް ދިޔުމަށް ދޫކޮށްލާފައެވެ. އަދި އެ ސައިޓަށް އެހީ ހޯދަން ދިޔުމާއެކު ވަލުޖަނަވާރެއް ޝިކާރަކޮށްލާހެން ޝިކާރަ ކޮށްލަނީއެވެ.

Advertisement

Advertisement 1

ކުރުކޮށް ބުނާނަމަ މިހާރު އެހީ ބަހާ ޖީ.އެޗް.އެފް ސައިޓަކީ ޣައްޒާ ރައްޔިތުން ޝަހީދު ކޮށްލުމަށްޓަކައި ހަދައިގެން އުޅޭ ތަނެއް ކަމަށް ސިފަ ކުރެވެއެވެ. މިހާތަނަށް 798 މީހުން ވަނީ އެމެރިކާއިން ޣައްޒާގައި ހިންގާ މިދެންނެވި އެހީ ބަހާ ސައިޓުން ޝަހީދުކޮށްލާފައެވެ. އ.ދ. ގެ އޮފިޝަލުންނާއި އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުން ވެސް ބުނެފައި ވަނީ ޖީ.އެޗް.އެފް ސައިޓަށްދާ ޢާންމުންނަށް ޓާގެޓް ކޮށް ތަކުރާކޮށް ޙަމަލާތައް ދެމުންދާ ކަމަށެވެ. އެ މީހުން ވެސް އެތަން ސިފަކުރަނީ މަރުގެ ދަންތުރައެއްގެ ގޮތުގައެވެ.

ރަފަޙްގެ ޤަތުލުއާންމުގެ އިތުރުން، އިޒްރޭލުން އެޅި ބޮން ތަކުގައި ޣައްޒާ ސިޓީން 14 މީހުންނާއި، ޖަބާލިޔާއިން 15 މީހުން، ޝާތީ ރެފިއުޖީ ކޭމްޕުން 7 މީހުން، އަދި ބައިތު ޙަނޫނުން އެތައް ބަޔަކު ޝަހީދުވިއެވެ. ބައިތު ޙަނޫނަށް އެކަނި 50 ބޮން އެޅިއެވެ.

ޣައްޒާ މީޑިއާ އޮފީހުން ރިޕޯޓުކުރި ގޮތުގައި، ކާނާ ނުލިބުމުގެ ސަބަބުން 67 ކުދިން ޝަހީދުވެފައިވާއިރު، 5 އަހަރުން ދަށުގެ 650,000 ކުދިން ކާނާ ނުލިބުމުގެ ސަބަބުން ޝަހީދުވާނެ ކަމުގެ ނުރައްކާ އެބައޮތެވެ.

ޣައްޒާމެދުއިރުމަތިއިސްރާއީލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ޔަހޫދީ ސިފައިންނަށް ޙަމަލާދެމުންދާތީ ނަތަންޔާހޫގެ ޕާޓީގެ ހުރިހާ ޙަރަކާތެއް ހުއްޓާލައިފި

ޔަހޫދީ ސިފައިންނަށް ޙަމަލާދެމުންދާތީ ނަތަންޔާހޫގެ ޕާޓީގެ ހުރިހާ ޙަރަކާތެއް ހުއްޓާލައިފި

3 ގަޑިއިރު ކުރިން - 13:57

އިސްރާއީލުގެ ދެ ސިފައިން މަރުވެ، ހަމަލާދިން ދެމީހުން ޝަހީދުވެއްޖެ

އިސްރާއީލުގެ ދެ ސިފައިން މަރުވެ، ހަމަލާދިން ދެމީހުން ޝަހީދުވެއްޖެ

5 ގަޑިއިރު ކުރިން - 11:49

ޙަމާސް އާއި އިސްލާމިކް ޖިހާދުގެ ދެ ކޮމާންޑަރަކު ޝަހީދު ކޮށްލައިފި

1 ދުވަސް ކުރިން - 11:21

މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިން ކުއްލި ގޮތަކަށް މަދުކުރަން ފަށައިފި

މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިން ކުއްލި ގޮތަކަށް މަދުކުރަން ފަށައިފި

1 ދުވަސް ކުރިން - 09:50

ލޭއޮހޮރުވުމަށް ހުއްޓުމެއް ނެތް! ޣައްޒާގެ ޝަހީދުންގެ ޢަދަދު 75,000 އަށް!

ލޭއޮހޮރުވުމަށް ހުއްޓުމެއް ނެތް! ޣައްޒާގެ ޝަހީދުންގެ ޢަދަދު 75,000 އަށް!

2 ދުވަސް ކުރިން - 14:44

އީރާނުގެ ވެރިކަން ވައްޓާލުމާ ގުޅޭގޮތުން ޓްރަމްޕާ މަޝްވަރާކުރި ކަމަށް ނަތަންޔާހޫ ބުނެފި

އީރާނުގެ ވެރިކަން ވައްޓާލުމާ ގުޅޭގޮތުން ޓްރަމްޕާ މަޝްވަރާކުރި ކަމަށް ނަތަންޔާހޫ ބުނެފި

2 ދުވަސް ކުރިން - 07:00