އިސްރާއީލުން ފަލަސްޠީނުގެ ބިމުގައި ހިންގަމުންދާ ލޭއޮހޮރުވުންތަކުގައި އެކި ގޮތްގގޮތުން އިސްރާއީލަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ދުނިޔޭގެ ބޮޑެތި 42 ކުންގުންޞެއްގެ ނަން، އދ. އިން ފަލަސްތީނަށް ކަނޑައަޅާފައި ހުންނަވާ ރެޕަޓުއާ ފްރަންސެސްކާ އަލްބާނީސް އޭނާގެ ރިޕޯޓެއްގައި ފާހަގަކޮށްފިއެވެ.
މި ރިޕޯޓުގައި އިސްރާއީލުގެ ސަރުކާރަށާއި އަސްކަރިއްޔާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ހަތިޔާރު އުފައްދާ ފަރާތްތަކާއި ސަވައިލެންސް ޓެކްނޮލޮޖީ ފޯރުކޮށްދޭ ފަރާތްތަކާއި މާލީ އިދާރާތައް ހިމެނޭ ގޮތަށް އަލިއަޅުވާލާފައިވެ އެވެ.
މުސްލިމުން މެރުމަށް ޣައްޒާގައި ބޮން ގޮއްވުމަށް ބޭނުންކުރާ ހަތިޔާރާއި މަތިންދާބޯޓު އުފައްދާ ކުންފުނިތައްވެސް މި ރިޕޯޓުގައި ހިމަނާފައި ވެއެވެ. އޭގެ ތެރޭގައި ލޮކްހީޑް މާޓިން، ބޮއިންގް، އާރުޓީއެކްސް (ރޭތިއަން) ހިމެނެއވެ. އަދި އެލްބިޓް ސިސްޓަމްސް އާއި ކެޓަޕިލާ ފަދަ ކުންފުނިތަކުން ފަލަސްތީނުގެ ގެދޮރުތައް ތަޅާލުމުގައި ބޭނުންކުރާ ބުލްޑޯޒަރުތައް ފޯރުކޮށްދޭ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ގޫގުލް، އެމެޒޯން، އަދި މައިކްރޮސޮފްޓް ފަދަ ޓެކް ކުންފުނިތަކުން ފަލަސްޠީން މުސްލިމުން މެރުމަށް އިސްރާއީލުގެ އަސްކަރިއްޔާއާއި ސަރުކާރުގެ އިދާރާތަކަށް އެހީތެރިވާ ކަމަށާއި، ބުނެފައި ވެއެވެ.