މަރާލަފާނެތީ ބިރުން، ނަތަންޔާހޫ އޭނާގެ ދަރިފުޅު އެމެރިކާގައި “ފޮރުވައިފި”

ހުސައިން އިސްމާއިލް | 8 ދުވަސް ކުރިން - 12 ޖުލައި 2025 17:13
ނަތަންޔާހޫ އާއި އޭނާގެ ދަރިފުޅު ޔާއިރު: ޔާއިރް ބަހައްޓާފައި ހުންނަނީ އެމެރިކާގެ މިއާމީގައި.
ނަތަންޔާހޫ އާއި އޭނާގެ ދަރިފުޅު ޔާއިރު: ޔާއިރް ބަހައްޓާފައި ހުންނަނީ އެމެރިކާގެ މިއާމީގައި.
ޚުލާސާ

ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުތަކާއި ގުޅިގެން ދީފާނެ ޙަމަލާއަކުން ސަލާމަތްކުރުމަށްޓަކައި އިސްރާއީލުގެ ބޮޑުވަޒީރު އޭނާގެ ދަރިފުޅު ބަހައްޓައިގެން އުޅެނީ އެމެރިކާގައި ފުލް ސެކިއުރިޓީއާއެކު.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުތަކާއި ގުޅިގެން ހަމާސް އާއި އީރާނާއި ގުޅުން ހުރި ޖަމާޢަތްތަކުން ދީފައިވާ އިންޒާރުތަކާއި ގުޅިގެން ބިރުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އޭނާގެ ދަރިފުޅު ޔާއިރު ނަތަންޔާހޫ އަށް ދުވާލު ވަގުތު ޝޮޕިންގމޯލްތަކަށް ނުދިޔުމަށް އަންގައިފިއެވެ. 2023 ވަނަ އަހަރުން ފެށިގެން ނަތަންޔާހޫ އޭނާގެ ދަރިފުޅު ގެންގުޅެނީ އެމެރިކާގައެވެ.

އެމެރިކާގެ މިއާމީގައި ދިރިއުޅެމުންދާ ޔާއިރު އަށް ނަތަންޔާހޫ ވަނީ ދެ ބޮޑީގާޑަކާއި ޕާސަނަލް ޑްރައިވަރަކު ވެސް ހަމަޖައްސާފައެވެ.

ތެހެރާނުގައި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލި މައްސަލައާއި ގުޅިގެން ނަތަންޔާހޫގެ ޢާއިލާއަށް ބަދަލު ހިފުމުގެ ޙަމަލާއެއް އައިސްދާނެ ކަމުގެ ބިރަށް އޭނާ ވަނީ އޭނާގެ ދަރިފުޅުގެ ސަލާމަތީ ކަންކަން ވަރަށް ވަރުގަދަ ކުރުމަށް އެދިފައެވެ.

ނަތަންޔާހޫ އޭނާގެ ދަރިފުޅުގެ ސެކިއުރިޓިއަށް ކޮންމެ މަހަކު 55000 އެމެރިކާ ޑޮލަރު ޚަރަދުކުރާ ކަމަށް ވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%