ޣައްޒާއިން އަނެއްކާވެސް 100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި

ހުސައިން އިސްމާއިލް | 4 ގަޑިއިރު ކުރިން - 9 ޖުލައި 2025 17:34
އިސްރާއީލުން ދިން ޙަމަލާތަކުގައި ސަލާމަތްވި ޣައްޒާގެ ކުޑަކުއްޖަކު ރޮނީ / ފޮޓޯ: ސޯޝަލްމީޑިއާ
އިސްރާއީލުން ދިން ޙަމަލާތަކުގައި ސަލާމަތްވި ޣައްޒާގެ ކުޑަކުއްޖަކު ރޮނީ / ފޮޓޯ: ސޯޝަލްމީޑިއާ
ޚުލާސާ

ޣައްޒާގައި 24 ގަޑިއިރު ތެރޭ 105 މީހުން ޝަހީދުކޮށް 530 މީހުން ޒަޚަމް ކޮށްލައިފި.

ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި އިސްރާއީލުން ޣައްޒާގައި ހިންގި ޤަތުލުޢާއްމު ތަކުގައި މަދުވެގެން 105 މީހުން ޝަހީދުވެ، 530 މީހުން ޒަޚަމްވެއްޖެ ކަމަށް ހަމާސްގެ ސިއްހަތާބެހޭ ވުޒާރާ އިން، މިއަދު ބުނެފިއެވެ.

ޝަހީދުވި މީހުންގެ ތެރޭގައި، އެހީ ބަހާ މަރުކަޒުތަކުން އެހީ ހޯދަން ދިޔަ ހަތް މީހުން ހިމެނެ އެވެ. އެ މީހުންނާއެކު 57 މީހުން ވަނީ ޒަޚަމްވެފަ އެވެ.

އިސްރާއީލުން ޙަމަލާ ދިން ތަންތަނުގެ ތެރޭގައި ޚާން ޔޫނިސް، އަލް-ޝާތީ އަދި އަލް-މަވާސީގެ ކޭމްޕުތައް ހިމެނެއެވެ. ޝަހީދުވެފައިވާ އެތައް ބަޔަކު ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި އެބަތިބި ކަމަށް ހަމާސް އިން ބުނެއެވެ.

މާރޗް މަހުގެ މެދުތެލެއިން ފެށިގެން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 7,100 މީހުން ޝަހީދުވެ، 25,300 މީހުން ޒަޚަމްވެފައިވެ އެވެ.

ޣައްޒާގެ ސިއްހީ ނިޒާމު ވަނީ މުޅިން ފުނޑުފުނޑުވެފަ އެވެ. ރޭ، ޚާން ޔޫނިސް އާއި އަލް-ޝާތީ ސަރަހައްދަށް ދިން ވައިގެ ހަމަލާތަކުގައި 6 ކުޑަކުދިންނާއެކު މަދުވެގެން 20 މީހުން ޝަހީދުވެ، 30 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައި ކަމަށް ވެސް މަސްދަރުތަކުން ބުނެއެވެ.

ދޯހާ އާއި ވޮޝިންޓަންގައި ރަހީނުން ބަދަލުކުރުމާއި ހަނގުރާމަ ހުއްޓާލުމާއި ބެހޭ މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، ހަމަލާތަކަށް ހުއްޓުމެއް އައިސްފައެއް ނުވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%