މުދަލުގެ އަގު ބޮޑުވެ އިޒްރޭލުގެ ރައްޔިތުންނަށް ދިރިއުޅުމަށް ދަތިވަނީ

ހުސައިން އިސްމާއިލް | 4 ދުވަސް ކުރިން - 13 ޖުލައި 2025 09:37
ފަލަސްޠީން މައްސަލައިގައި އިސްރާއީލް ބޮއިކޮޓް ކުރުމަށް ގޮވާލާފައި: ޣައްޒާ ހަނގުރާމަ ފެށިފަހުން އިސްރާއީލުގެ ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވަނީ.
ފަލަސްޠީން މައްސަލައިގައި އިސްރާއީލް ބޮއިކޮޓް ކުރުމަށް ގޮވާލާފައި: ޣައްޒާ ހަނގުރާމަ ފެށިފަހުން އިސްރާއީލުގެ ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވަނީ.
ޚުލާސާ

އިޒްރޭލުގައި މުދަލުގެ އަގު ބޮޑުވެ އެތަނުގެ ރައްޔިތުންނަށް ދަތިވަނީ. ކުރިން ތިރީހަށް ގަތް ކުކުޅު ޕެކެޓް މިހާރު ފަންސާހަށް. 6 އަށް ވިއްކި ޓޮމާޓޯ މިހާރު ފަނަރައަށް.

ފަލަސްތީނުގެ ބިން ފޭރެމުންދާ ހައްދުފަހަނަ އެޅި އިޒްރޭލުގައި އިންފްލޭޝަން ކޮންޓުރޯލުން ނެއްޓި، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ، ހާސްކަމެއް ކުރިމަތިވެފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ. ޚާއްސަކޮށް ކާބޯތަކެއްޗާއި، ބޯހިޔާވަހިކަމާއި، ދަތުރުފަތުރުގެ އަގުތައް ދަނީ ބޮޑުވަމުންނެވެ.

މިކަމުގެ ސަބަބުން އިޒްރޭލްގެ އާންމު ރައްޔިތުންނަށް ދިރިއުޅުމުގެ ބުރަ ބޮޑުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ވެރިރަށް ޓެލް އަވީވް ގައި އެއް ލިޓަރު ކިރުގެ މިހާރުގެ އެވްރެޖް އަގަކީ 6.85 ޝެކެލް (ގާތްގަނޑަކަށް 2.07 ޑޮލަރު) އެވެ. މިއީ ކުރިން 5 ޝެކެލް އަށް ލިބެމް ހުރި އެއްޗެކެވެ. ހަމަ އެހެންމެ 5 ޝެކެލް އަށް ލިބެން ހުރި ޕާން ވެސް މިހާރު ލިބެނީ 9 ޝެކެލް އަށެވެ. 8 ޝެކެލް އަށް ގަތް ހަ ޑޫ ކިލޯ މިހާރު ހުރީ 12 ޝެކެލް އަށެވެ. 13 ޝެކެލް އަށް ކުރިން ލިބުނު ބިސް ޓްރޭ މިހާރު ލިބެނީ 30 ޝެކެލް އަށެވެ. އަދި ކުރިން 30 އަށް ގަތް ކުކުޅު ޕެކެޓް މިހާރު ލިބެނީ 50 ޝެކެލް އަށެވެ. 6 ޝެކެލް އަށް ވިއްކި ޓޮމާޓޯ ކިލޯ މިހާރު ހުރީ ގާތްގަނޑަކަށް 15 ޝެކެލް އަށެވެ.

ކާބޯތަކެތީގެ އިތުރުން، ކަރަންޓުގެ އަގު ވެސް އިސްރާއީލުގައި މިހާރު މަތިވެއްޖެއެވެ. ކުރިން 6 ޝެކެލް އަށް ލިބެމް ހުރި ޕްޓްރޯލް ލީޓަރު މިހާރު ލިބެނީ 8 ޝެކެލް އަށެވެ.

ކުރިޔަށް އޮތް ތަނުގައި ވެސް އަގުތައް ދާނީ މަތިވަމުން ކަމަށް ޚަބަރު ލިބެއެވެ.

މިކަމާއި ގުޅިގެން، އިޒްރޭލުގެ މަރުކަޒީ ބޭންކް، ބޭންކް އޮފް އިޒްރޭލްއިން ވަނީ އެ ބޭންކުގެ ބެންޗްމާކް އިންޓްރެސްޓް ރޭޓް %4.50 ގައި ހިފަހައްޓާފައެވެ. ބޭންކުން ބުނެފައިވަނީ އިންފްލޭޝަން ކޮންޓްރޯލް ނުކޮށް ރޭޓް ދަށްކުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ.

އިޒްރޭލުގެ މަސްއޫލުވެރިން ބުނާ ގޮތުގައި މުދަލުގެ އަގުތައް ބޮޑުވި މައިގަނޑު ސަބަބުތަކަކީ ހަނގުރާމައިގެ ސަބަބުން ސަޕްލައި ޗެއިންތަކަށް އައިސްފައިވާ ދަތިކަމެވެ.

ޔަމަނުގެ ހޫޘީން ގެންދަނީ އިޒްރޭލަށް މުދާ އުފުލައިދޭ އުޅަނދުތަކަށް ޓާގެޓްކޮށްގެން ވަރަށް ވަރުގަދަޔަށް ހަމަލާދީ ރަތްކަނޑަށް އެ ބިޔަ ބޯޓުތައް ފައްތަމުންނެވެ. މިއާއި އެކު ރަތްކަނޑުން ދަތުރުކުރާ ބޯޓުތަކަށް ދައްކަންޖެހޭ އިންޝޫރެންސް ވެސް އެތައް މިލިޔަން ޑޮލަރަށް އިތުރުވެފައިވުމުން މިދަލުގެ އަގުތައް އިޒްރޭލުގައި އަދިވެސް ބޮޑުވާނެ ކަމަށް ބެލެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%