ޣައްޒާގެ 40 އިންސައްތަ ދިނުމަށް އެއްބަސްވެ އިސްރާއީލުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނަން: ހަމާސް

ޖަވާދު | 32 ދުވަސް ކުރިން - 13 ޖުލައި 2025 17:15
އިސްލާމިކް ޖިހާދު (ޕީއައިޖޭ) ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މުހައްމަދުލް‐ހިންދީ: އޭނާ ވިދާޅުވީ ޔަހޫދީންގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ ކަމަށް. / ފޮޓޯ: ވީޑިއޯ ގްރޭބް.
އިސްލާމިކް ޖިހާދު (ޕީއައިޖޭ) ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މުހައްމަދުލް‐ހިންދީ: އޭނާ ވިދާޅުވީ ޔަހޫދީންގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ ކަމަށް. / ފޮޓޯ: ވީޑިއޯ ގްރޭބް.
ޚުލާސާ

ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލުން ޑިމާންޑް ކުރަނީ ޣައްޒާގެ %40 ދިނުމަށް. ހަމާސްގެ އިސްލާމިކް ޖިހާދުން ބުނީ އެގޮތަށް އެއްބަސްނުވާނެ ކަމަށާއި އިސްރާއީލުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ ކަމަށް.

ޣައްޒާގެ ބިމުން އިސްރާއީލަށް 40 އިންސައްތަ ދިނުމަށް އިސްރާއީލުން ހަމާސްގައި އެދިއްޖެއެވެ. އިސްރާއީލުން ބުނީ ހަނގުރާމަ ހުއްޓައިލަން އެއްބަސްވެވެން އޮތީ އެ މުޤައްދަސް ބިން އެމީހުންނަށް ދިނުމުންނެވެ. ނަމަވެސް، ހަމާސްގެ ލަޝްކަރު، ފަލަސްޠީނުގެ އިސްލާމިކް ޖިހާދު (ޕީއައިޖޭ) ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މުހައްމަދުލް‐ހިންދީ ވިދާޅުވީ އިސްރާއީލް ބޭނުންހާ ގޮތަކަށް އެ މުޤައްދަސް ބިމަށް ވެރިވާތަން ބަލަން ނުހުންނާނެ ކަމަށާއި، ދިފާޢުގައި ހަނގުރާމަ ކުރާނެ ކަމަށެވެ.

އަލްޖަޒީރާއަށް ދެއްވި އިންޓަވިއުގައި އިސްލާމިކް ޖިހާދުން ބުނީ އިސްރާއީލުގެ އެ ނިންމުމަށް ނުވަތަ އެ ޑިމާންޑަށް ދުވަހަކުވެސް އެއްބަސް ނުވާނެ ކަމަށެވެ.

އަލްހިންދީ ވިދާޅުވީ އިސްރާއީލާއި އެމެރިކާއިން މީޑިއާގެ ބޭނުންކޮށްގެން މުޅި ދުނިޔެއަށް ޙަޤީޤަތާއި ޚިލާފު ވާހަކަތައް ފެތުރި ކަމުގައި ވިޔަސް، ދުވަހަކަށްވުރެ ދުވަހަކު އިސްލާމީ ޖިހާދު ދާނީ ވަރުގަދަވަމުން ކަމަށާއި ކުޑަކަކޫ ނުޖަހާނެ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%