
ގަންގާ ކޯރަށް ހިންދޫންގެ ފައްޅި އަރަގުވީ އިންސާނަކަށް އަދި އެއްވެސް މަހުލޫގަކަށް އެއްވެސް އެއްޗެއް ސަލާމަތް ނުކުރެވޭހާ ހަލުވިމިނުގަ. މިއީ މުސްލިމުންގެ ބާބަރީ މިސްކިތް ފަދަ މުޤައްދަސް ބިނާތައް ތަޅާލައި، މިސްކިތްތައް ހިސާރުކުރަމުންދާ ހަރުކަށި ހިންދޫންގެ ޤައުމުގައި ހިނގާދިޔަ ޢިބުރަތްތެރި ހާދިސާއެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުން.
1 ގަޑިއިރު ކުރިން - 18:39
ޔުނިވާސިޓީ ހޮސްޓެލް ވެއްޓެން ދިމާވީ އޭގެ ބޭސްމަންޓުގައި މަރާމާތުގެ މަސައްކަތްތަކެއް ކުރަމުންދަނިކޮށް، ފެންބޮޑުވުމުގެ ސަބަބުން އިމާރާތުގެ ބިންގާ ބަލިކަށިވެގެން ކަމަށް ރިޕޯޓުތައް ބުނޭ. އިމާރާތް ވެއްޓުނު ވަގުތު އޭގެ އެތެރޭގައި ގިނަ ބަޔަކު ތިބި.
2 ދުވަސް ކުރިން - 14:15
މި ހާދިސާގައި 11 ކުޑަކުދިން މަރުވެފައިވާއިރު، އެ ކުދިން މަރުވީ ގޮވުމުގެ ސަބަބުން ވެއްޓުނު ގޭގޭގެ ފާރުތަކާއި ފުރާޅުތަކުގެ ދަށުވެގެން. މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވޭ.
7 ދުވަސް ކުރިން - 15:05
އެމްޑީޕީ ސަރުކާރު ނިމުނުއިރު އެކި ލަސްވުންތަކާއެކު ނިމިފައިވަނީ މަސައްކަތުގެ އެންމެ %27. ނަމަވެސް، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ގެންނެވި ހަލުވި ދުވެލީގައި މިހާތަނަށް މަޝްރޫއުގެ %76.1 ވަނީ ނިމިފަ. ސަރުކާރުގެ އަމާޒަކީ މުޅި މަޝްރޫއު 21 ޑިސެމްބަރު 2027 ގައި ނިންމުން.
18 ދުވަސް ކުރިން - 18:55
މި ބަދަލު އައީ ޒުވާނުން އިސްނަގައިގެން އޮންލައިންކޮށް ހިންގި ވަރުގަދަ ސިޔާސީ އިހުތިޖާޖުތަކަށްފަހު. މީގެއިތުރުން ވަޒީރުންގެ ސޯޝަލް މީޑިއާ ހަރަކާތްތައް ވަޒަންކުރާ ރިޕޯޓް ކާޑެއް ތައްޔާރުކޮށް، "ވަން-ޑޭ، ވަން-ޔުނިވާސިޓީ" ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާ ސީދާ ބައްދަލުކުރުމަށް ވެސް ސަރުކާރުން ދަނީ މަސައްކަތްކުރަމުން.
18 ދުވަސް ކުރިން - 10:25
ބީއެމްއެލް އަދި އެމްއައިބީ އެޕް މެދުވެރިކޮށް މިހާރު ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ. ފުރަތަމަ ފިޔަވަހީގައި އަމިއްލަ ފަރުދުންނަށް މަހަކު 24,000 ރުޕީސްއާ ހަމައަށް ފޮނުވޭއިރު، މިއީ ރާއްޖޭގެ ޕޭމަންޓް ނިޒާމު ބައިނަލްއަގްވާމީ މާކެޓާ ގުޅާލެވުނު ފުރަތަމަ ފަހަރު.
40 ދުވަސް ކުރިން - 13:43
މި މުޒަހަރާގައި މިހާތަނަށް 400 އަށް ވުރެ ގިނަ މީހުން ޒަހަމް ވެސް ވެއްޖެއެވެ. އޭގެތެރޭގައި 118 ފުލުހުން ވެސް ހިމެނޭ. މި މުޒާހަރާގެ ތެރެއިން ފުލުހުންގެ އަނިޔާތަކުގެ ސަބަބުން 14 އަހަރުގެ އަންހެން ކުއްޖަކު ވަނީ މަރުވެފަ.
46 ދުވަސް ކުރިން - 16:38
މި މައްސަލަ ބޮޑުވެފައިވަނީ މިދިޔަ މެއި މަހު ބޭއްވި މެޑިކަލް ކޮލެޖްތަކަށް ވަނުމަށްދޭ ގައުމީ އިމްތިހާނުގެ ކަރުދާސް ލީކުވެ، ދެ މިލިއަނެއްހާ ދަރިވަރުންނަށް އޭގެ އަސަރު ކުރުމާ ގުޅިގެން. މަޝްވަރާގެ މި ބައްދަލުވުމުގައި ސަރުކާރުގެ ދެ ވަޒީރުންނާއި ސީޖޭޕީގެ ދެ ލީޑަރުން ބައިވެރިވި.
47 ދުވަސް ކުރިން - 16:07
ގައުމީ މެޑިކަލް އެންޓްރެންސް އިމްތިހާން ގެ ކަރުދާސްތައް ލީކުވުމާ ގުޅިގެން ތައުލީމީ ވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ބޭއްވި ހިނގާލުމެއް މާރާމާރީ އަކަށް ބަދަލުވެ 70 އަށްވުރެ ގިނަ ދަރިވަރުންނަށާއި، 50 އަށްވުރެ ގިނަ ފުލުހުންނަށް އަނިޔާވި.
49 ދުވަސް ކުރިން - 13:43
ޓެލެގްރާމް ބްލޮކް ކުރަން ނިންމީ މެޑިކަލް ކޯސްތަކަށް ކުދިން ހޮވުމަށް ބާއްވާ އިމްތިހާނުގެ ސުވާލު ކަރުދާސްތައް ޓެލެގްރާމްގެ އެކި ޗެނަލްތައް މެދުވެރިކޮށް ވިއްކަމުންދާ ކަމަށް ތުހުމަތު ކުރެވުމާ ގުޅިގެން. އެގައުމުގައި 150 މިލިއަން މީހުން ޓެލެގްރާމް ބޭނުން ކުރޭ.
82 ދުވަސް ކުރިން - 19:04
މި އެހީގެ ދަށުން ރާއްޖެއަށް ވަނީ 20،000 ޑޯޒްގެ އެމް.އާރް ވެކްސިނާއި، ގާތްގަނޑަކަށް 3 ޓަނުގެ ސިއްހީ ސާމާނު ފޮނުވާފަ. މީގެ ތެރޭގައި ބަލި ދެނެގަތުމަށް ބޭނުންކުރާ ޑައިގްނޯސްޓިކް ކިޓުތަކާއި، ސިއްހީ ފަރުވާގެ އެކި ކަންކަމުގައި ބޭނުންކުރާނެ މުހިންމު ސާމާނުތައް ހިމެނޭ.
88 ދުވަސް ކުރިން - 13:15
މިހާރު ވަނީ ބޮޑުވަޒީރުކަމުގެ މަގާމުގައި މެދުނުކެނޑި 4,399 ދުވަސް ހޭދަކުރައްވާފަ. މޯދީ އެ މަގާމަށް އެންމެ ފުރަތަމަ އިންތިހާބުވީ 2014 ވަނަ އަހަރު. ކުރިން މި ރެކޯޑު އޮތް ޖަވާހަރްލާލް ނެހުރޫ، 1952 ވަނަ އަހަރު ބޭއްވި ފުރަތަމަ އިންތިޚާބަށްފަހު، މެދުނުކެނޑި ބޮޑުވަޒީރުކަމުގައި ހޭދަކުރެއްވީ 4,398 ދުވަހު.
91 ދުވަސް ކުރިން - 12:43
މި ހާދިސާގައި ބޭރު ގައުމުތަކުގެ ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވޭ. ރެސްޓޯރެންޓަކުން ފެށުނު ކަމަށް ބެލެވޭ މި ހާދިސާގައި އަނިޔާވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، ބޮޑުވަޒީރު މޯދީ ވަނީ ތައުޒިޔާ ފޮނުއްވާފަ.
98 ދުވަސް ކުރިން - 18:30