Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

ހުސައިން އިސްމާއިލް
45 ދުވަސް ކުރިން - 10 ޖޫން 2026 12:43
ރައީސް ޑރ. މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު މޯދީއާ ސަލާމްކުރައްވަނީ. / ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު މޯދީއާ ސަލާމްކުރައްވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މިހާރު ވަނީ ބޮޑުވަޒީރުކަމުގެ މަގާމުގައި މެދުނުކެނޑި 4,399 ދުވަސް ހޭދަކުރައްވާފަ. މޯދީ އެ މަގާމަށް އެންމެ ފުރަތަމަ އިންތިހާބުވީ 2014 ވަނަ އަހަރު. ކުރިން މި ރެކޯޑު އޮތް ޖަވާހަރްލާލް ނެހުރޫ، 1952 ވަނަ އަހަރު ބޭއްވި ފުރަތަމަ އިންތިޚާބަށްފަހު، މެދުނުކެނޑި ބޮޑުވަޒީރުކަމުގައި ހޭދަކުރެއްވީ 4,398 ދުވަހު.

އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހުންނެވި ބޭފުޅާގެ ތާރީޚީ ޝަރަފު، ބޮޑުވަޒީރު ނަރެންދުރަ މޯދީ ހޯއްދެވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

Advertisement

Advertisement 1

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި، ބޮޑުވަޒީރު މޯދީ ހޯއްދެވި މި ކާމިޔާބީއަށްޓަކައި ހޫނު މަރުހަބާއެއް ވަނީ ދަންނަވާފައެވެ. މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މި ގުޅުން ބިނާވެފައިވަނީ ދެގައުމުގެ މެދުގައި އޮތް އިހުތިރާމާއި، އިސްތިގުލާލީ ހަމަހަމަކަމާއި، ދެގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގެ މައްޗަށް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

2014 ވަނަ އަހަރު ފުރަތަމަ ފަހަރަށް އިންތިޚާބުވެވަޑައިގަތް ބޮޑުވަޒީރު މޯދީ، މިހާރު ވަނީ ބޮޑުވަޒީރުކަމުގެ މަގާމުގައި މެދުނުކެނޑި 4,399 ދުވަސް ހޭދަކުރައްވައި، އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރްލާލް ނެހުރޫ ހެއްދެވި ރެކޯޑު މުގުރާލައްވާފައެވެ.

މީގެ ކުރިން މި ރެކޯޑު އޮތް ޖަވާހަރްލާލް ނެހުރޫ، 1952 ވަނަ އަހަރު ބޭއްވި ފުރަތަމަ އިންތިޚާބަށްފަހު، މެދުނުކެނޑި ބޮޑުވަޒީރުކަމުގައި ހޭދަކުރެއްވީ 4,398 ދުވަހެވެ. އޭގެ ކުރިން 1947 އިން 1952 އަށް ނެހުރޫ ހުންނެވީ އިންތިގާލީ ސަރުކާރުގެ އިސްވެރިޔާގެ ގޮތުގައެވެ.

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީ ވެސް ވަނީ 14 އަހަރު ވަންދެން ބޮޑުވަޒީރުކަން ކުރައްވާފައެވެ. ނަމަވެސް، އެކަމަނާގެ ދައުރުތަކަކީ މެދުކެނޑުންތަކެއް އައިސްފައިވާ ދައުރުތަކެކެވެ. އެގޮތުން 1977 ވަނަ އަހަރުގެ އާންމު އިންތިޚާބުން އެކަމަނާ ވަނީ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުނަރެންދްރަ މޯދީއިންޑިއާއިންޑިއާ - ރާއްޖެ
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

6 ގަޑިއިރު ކުރިން - 20:04

އިންޑިއާގެ މުޒާހަރާ: މާދަމާއަށް 50 ދުވަސް! އެޑިޔުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

އިންޑިއާގެ އެޑިޔުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

9 ގަޑިއިރު ކުރިން - 16:38

އިންޑިއާގެ ޓެސްޓް ކަރުދާސް ލީކުވި މައްސަލަ: 'ކޮކްރޯޗް' ލީޑަރުންނާއި ސަރުކާރާ ދެމެދު މަޝްވަރާތައް ފަށައިފި

'ކޮކްރޯޗް' ލީޑަރުންނާއި ސަރުކާރާ ދެމެދު މަޝްވަރާތައް ފަށައިފި

1 ދުވަސް ކުރިން - 16:07

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

2 ދުވަސް ކުރިން - 17:24

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ނިންމަވައިފި

2 ދުވަސް ކުރިން - 10:08

ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޑޮމިނިކަން ރިޕަބްލިކްގެ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްމްހޫރިއްޔާ އަށް އަރުވައިފި

3 ދުވަސް ކުރިން - 15:22