
މި މައްސަލަ ބޮޑުވެފައިވަނީ މިދިޔަ މެއި މަހު ބޭއްވި މެޑިކަލް ކޮލެޖްތަކަށް ވަނުމަށްދޭ ގައުމީ އިމްތިހާނުގެ ކަރުދާސް ލީކުވެ، ދެ މިލިއަނެއްހާ ދަރިވަރުންނަށް އޭގެ އަސަރު ކުރުމާ ގުޅިގެން. މަޝްވަރާގެ މި ބައްދަލުވުމުގައި ސަރުކާރުގެ ދެ ވަޒީރުންނާއި ސީޖޭޕީގެ ދެ ލީޑަރުން ބައިވެރިވި.
1 ދުވަސް ކުރިން - 16:07

ގައުމީ މެޑިކަލް އެންޓްރެންސް އިމްތިހާން ގެ ކަރުދާސްތައް ލީކުވުމާ ގުޅިގެން ތައުލީމީ ވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ބޭއްވި ހިނގާލުމެއް މާރާމާރީ އަކަށް ބަދަލުވެ 70 އަށްވުރެ ގިނަ ދަރިވަރުންނަށާއި، 50 އަށްވުރެ ގިނަ ފުލުހުންނަށް އަނިޔާވި.
3 ދުވަސް ކުރިން - 13:43

ޓެލެގްރާމް ބްލޮކް ކުރަން ނިންމީ މެޑިކަލް ކޯސްތަކަށް ކުދިން ހޮވުމަށް ބާއްވާ އިމްތިހާނުގެ ސުވާލު ކަރުދާސްތައް ޓެލެގްރާމްގެ އެކި ޗެނަލްތައް މެދުވެރިކޮށް ވިއްކަމުންދާ ކަމަށް ތުހުމަތު ކުރެވުމާ ގުޅިގެން. އެގައުމުގައި 150 މިލިއަން މީހުން ޓެލެގްރާމް ބޭނުން ކުރޭ.
36 ދުވަސް ކުރިން - 19:04

މި އެހީގެ ދަށުން ރާއްޖެއަށް ވަނީ 20،000 ޑޯޒްގެ އެމް.އާރް ވެކްސިނާއި، ގާތްގަނޑަކަށް 3 ޓަނުގެ ސިއްހީ ސާމާނު ފޮނުވާފަ. މީގެ ތެރޭގައި ބަލި ދެނެގަތުމަށް ބޭނުންކުރާ ޑައިގްނޯސްޓިކް ކިޓުތަކާއި، ސިއްހީ ފަރުވާގެ އެކި ކަންކަމުގައި ބޭނުންކުރާނެ މުހިންމު ސާމާނުތައް ހިމެނޭ.
42 ދުވަސް ކުރިން - 13:15

މިހާރު ވަނީ ބޮޑުވަޒީރުކަމުގެ މަގާމުގައި މެދުނުކެނޑި 4,399 ދުވަސް ހޭދަކުރައްވާފަ. މޯދީ އެ މަގާމަށް އެންމެ ފުރަތަމަ އިންތިހާބުވީ 2014 ވަނަ އަހަރު. ކުރިން މި ރެކޯޑު އޮތް ޖަވާހަރްލާލް ނެހުރޫ، 1952 ވަނަ އަހަރު ބޭއްވި ފުރަތަމަ އިންތިޚާބަށްފަހު، މެދުނުކެނޑި ބޮޑުވަޒީރުކަމުގައި ހޭދަކުރެއްވީ 4,398 ދުވަހު.
45 ދުވަސް ކުރިން - 12:43

މި ހާދިސާގައި ބޭރު ގައުމުތަކުގެ ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވޭ. ރެސްޓޯރެންޓަކުން ފެށުނު ކަމަށް ބެލެވޭ މި ހާދިސާގައި އަނިޔާވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، ބޮޑުވަޒީރު މޯދީ ވަނީ ތައުޒިޔާ ފޮނުއްވާފަ.
52 ދުވަސް ކުރިން - 18:30

ބުދު ވެއްޓި ހާދިސާއެއް ހިނގިޔަ ނުދިނުމަށްޓަކައި މަސައްކަތްތެރިން މިހާރު ދަނީ ބުދުގެ ކޮނޑުގައި ވާޖަހައި ހިފެހެއްޓުމުގެ މަސައްކަތް ކުރަމުން. މިއީ މިދިޔަ ޑިސެމްބަރު މަހު މެސީ އިންޑިއާއަށް ކުރި ދަތުރުގައި އޭނާއަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ސަޕޯޓަރުން ބެހެއްޓި ބުދެއް.
58 ދުވަސް ކުރިން - 15:05

ކޮންމެ ގައުމަކުންވެސް ހަނދު ބެލުމުގައި އަމަލުކުރަނީ އެ ގައުމެއްގެ އަމިއްލަ އުސޫލުތަކާއި، ފަލަކީ ހިސާބުތަކާއި، ޖިއޮގްރަފީ ގޮތުން ހަނދު ފެންނަ މިންވަރަށް ބަލައިގެން.
59 ދުވަސް ކުރިން - 13:09

މިއަދު ހެނދުނު ދުނިޔޭގެ ބާޒާރުގައި ބްރެންޓް ކްރޫޑްގެ އަގު 5.5 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ 97.90 ޑޮލަރަށް ވެއްޓިފަ.
61 ދުވަސް ކުރިން - 16:42

ބީއޯ ވިދާޅުވީ، އިންޑިއާއިން ބޭނުންވާ މިންވަރަކަށް ހަކަތަ ވިއްކުމަށް އެމެރިކާ ތައްޔާރަށް އޮތް ކަމަށާއި، މިހާރުވެސް އެމެރިކާގެ ހަކަތަ އުފެއްދުމާއި އެކްސްޕޯޓް ހުރީ ތާރީޚީ މިންވަރެއްގައި ކަމަށް.
63 ދުވަސް ކުރިން - 13:21

މިއަދު އަދާކޮށްފައިވަނީ އެސް.ބީ.އައި އަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑެއް.
75 ދުވަސް ކުރިން - 12:25

ދެގައުމުގެ ދެމެދުގައި ވެފައިވާ ކަރަންސީ ސްވެޕް އެއްބަސްވުމުގެ ދަށުން، 30 ބިލިއަން އިންޑިއަން ރޫޕީގެ ފުރަތަމަ ފިޔަވަހީގެ ފައިސާ ނެގުމުގެ ހުއްދަ ވަނީ ރާއްޖެއަށް ލިބިފައި.
93 ދުވަސް ކުރިން - 22:54

އާޝާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގަ
104 ދުވަސް ކުރިން - 17:08