
އައު ޖެނެރޭޓަރު ހިމަނައިގެން، މިހާރު މަޑުއްވަރީގައި ޖުމުލަ 4 ޖެންސެޓު ހުންނާނެ ކަމަށާއި، އެއީ 800 ކިލޯވަޓުގެ 3 ޖެންސެޓާއި 500 ކިލޯވަޓުގެ 1 ޖެންސެޓުކަމުގައި ފެނަކައިން ހާމަކުރޭ.
11 ދުވަސް ކުރިން - 16:10
މިއީ ރަށްރަށުގެ އިޖުތިމާއީ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ކުޑަކުދިންނަށް ހިތްފަސޭހަ މާހައުލުތަކެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޕީ.އެސް.އައި.ޕީ ގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެއް. މި ބަގީޗާގެ މައިގަނޑު ބޭނުމަކީ ރަށްރަށުގެ އިޖުތިމާއީ މާހައުލު ރަނގަޅުކޮށް، ކުޑަކުދިންނަށް ހާއްސަ މުނިފޫހިފިލުވުމުގެ ޖާގައެއް ފޯރުކޮށްދިނުން.
23 ދުވަސް ކުރިން - 23:13
ފެނަކައިގެ މުވައްޒަފުން ރެކްރޫޓް ކުރުމާއި، ޕްރޮމޯޝަން ދިނުމާއި، އަދި މުސާރައާއި އިނާޔަތްތަކާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން އެކުލަވައިލި ޚާއްޞަ އޮޑިޓް ރިޕޯޓު، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުން ފާސްކުރީ 56 މެންބަރުންގެ ތާއީދާއެކު.
28 ދުވަސް ކުރިން - 14:32
ޝާހިދު ވިދާޅުވީ، ކޭބަލްތަކަށް ފައިސާ ދެއްކި ނަމަވެސް އެ ތަކެތި އަދިވެސް ހުރީ ކަސްޓަމްސްގައި ކަމަށް. މިފަދަ ކޮރަޕްޝަންގެ ސަބަބުން ކަރަންޓުގެ މައްސަލަ ހައްލުނުވާ ކަމަށާއި، މިހާރުގެ ސަރުކާރުން އެކަންކަން ހައްލުކުރަން މަސައްކަތް ކުރަމުންދާތީ ރައްޔިތުން ކެތްތެރިވުމަށް އޭނާ އިލްތިމާސްކުރެއްވި.
33 ދުވަސް ކުރިން - 14:52
މިއީ މި ސަރުކާރު ހަވާލުވިފަހުން އެ ސިޓީއަށް ގެންދިޔަ 5 ވަނަ ޖެންސެޓު. މިއަދު ގެންދެވުނު ޖެންސެޓު އިންސްޓޯލްކޮށް ނިމުމުން އެ ރަށުގެ ކަރަންޓުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ. އާ ޖެންސެޓު އިންސްޓޯލް ކުރުމުގެ މަސައްކަތް ލަސްނުވެ ނިމިގެންދާނެ.
49 ދުވަސް ކުރިން - 22:01
މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ސައިޓުތަކުގެ ތައްޔާރީތައް ނިންމައި އަމަލީ މަސައްކަތް އަވަހަށް ފެށުމަށް ކަމަށް އެމްޑީ ވިދާޅުވި. ކޭޝްފްލޯގެ ދަތިތަކެއް ހުރި ނަމަވެސް، އެ ގޮންޖެހުންތަކާ އެކުވެސް މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިއުމަކީ ކުންފުނީގެ އަމާޒު.
51 ދުވަސް ކުރިން - 23:18
ކުންފުނު ހަމަމަގަށް އެޅުވުމަށްޓަކައި މުވައްޒަފުން މަދުކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށް ފެނަކަ އެމްޑީ އަފީފް ވިދާޅުވި. އޭނާ ވިދާޅުވީ މަގާމާ ހަވާލުވިއިރު ޕޭ ރޯލްގައި 8000 އެއްހާ މުވައްޒަފުން ތިބި ކަމަށް. ސިޔާސީ ބޭނުމަށް ނިމިދިޔަ ސަރުކާރުގައި ގިނަ އަދަދަކަށް ފެނަކައަށް މުވައްޒަފުން ނަގާފައިވޭ.
72 ދުވަސް ކުރިން - 11:48
މިހާރު 6 ރަށެއްގެ މަޝްރޫތައް މިހާރު އެއްކޮށް ނިމިފައިވާއިރު، އިތުރު 6 ރަށެއްގެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާކަން އަފީފް ފާހަގަކުރެއްވި. ރާއްޖޭގެ 35 ރަށެއްގައި ޖުމްލަ 48 މަޝްރޫއެއްގެ މަސައްކަތް މިހާރުވެސް ފެނަކައިން ކުރިއަށް އެބަގެންދޭ.
94 ދުވަސް ކުރިން - 22:18
މި ދެރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އެ ދެ ރަށަށް ފޮނުވާފައިވަނީ 400 ކިލޯވޯޓުގެ ޖެންސެޓުތަކެއް. މި ޖެންސެޓުތައް އިންސްޓޯލްކޮށް ބޭނުންކުރަން ފެށުމުން، އެ ރަށްރަށުގެ ކަރަންޓުގެ ވިއުގައަށް ދިމާވެފައިވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ.
96 ދުވަސް ކުރިން - 21:56
ޢަފީފަކީ ދައުލަތުގެ އެކި މުއައްސަސާތަކުގައި 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއް.
126 ދުވަސް ކުރިން - 15:09
މި މަހުގެ ބިލް ބޮޑުތަނުން ބޮޑުވެފައި ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން. ނަމަވެސް ފެނަކައިން ބުނަނީ މިއީ އަހަރުގެ ހޫނު ދުވަސްވަރު ކަމަށް.
127 ދުވަސް ކުރިން - 17:59
މިހާރުވެސް ބައެއް އަތޮޅުގައި ކާމިޔާބުކަމާއެކު ހިދުމަތް ދެމުންގެންދާ ސްޓެލްކޯއަށް މި ރަށްތައް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނީ ރައްޔިތުންނަށް ދެވޭ ހިދުމަތަށް އެއްވެސް ރޫއެއް ނާރާނެ ފަދަ ގޮތަކަށް.
130 ދުވަސް ކުރިން - 22:51
ނަޖާހު އަކީ މި ސަރުކާރުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރި ދެވަނަ ބޭފުޅާ. އޭނާ މަގާމުން ވަކިކުރި ސަބަބެއް ސާފެއް ނުވޭ.
147 ދުވަސް ކުރިން - 15:49