ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި މޭޖާ (ރިޓަޔަޑް) މުހައްމަދު ނަޖާހު އެ މަގާމުން ވަކިކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި، ހ. ޔެލޯރޯޒް 2، މުހައްމަދު ނަޖާހު ވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގެ އިތުރުން އެ ކުންފުނީގެ ބޯޑު މެންބަރުކަމުން ވެސް މިއަދުން ފެށިގެން ވަކިކުރެވިފަ އެވެ.
ނަޖާހު އަކީ މި ސަރުކާރުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރި ދެވަނަ ބޭފުޅާއެވެ. މި ސަރުކާރުގައި އެންމެ ފުރަތަމަ އެ މަގާމު ފުރުއްވީ މުއާޒް ރަޝީދެވެ.
ނަޖާހު މި މަގާމުން ވަކިކޮށްފައިވާ ސަބަބު އަދި ސާފެއް ނުވެ އެވެ.
ތަފްސީލު އަންނަނީ.









