އޭޝިއަން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ސައޫދީގެ ޓީމެއް ކުޅޭނެ. ސެމީގައި ކުޅޭ 4 ޓީމުގެތެރެއިން 3 ޓީމަކީ ސައޫދީގެ ޓީމްތައް.
576 ދުވަސް ކުރިން - 06:22
ފްލިކް ބުނީ ރޮނާލްޑޯ ފަދައިން ލެވަންޑޮސްކީ ވެސް ވަރަށް ޕްރޮފެޝަނަލްކޮށް މި އުމުރުގައިވެސް އެއްވަރެއްގައި ކުޅެމުންދާ ކަމަށް.
589 ދުވަސް ކުރިން - 10:26
2-1 ގެ ނަތީޖާއިން އަލް-ނަސްރު މޮޅުވެފައިވާއިރު ނަސްރުގެ ދެ ގޯލު ވެސް ކާމިޔާބުކުރީ ރޮނާލްޑޯ. އަލް-ނަސްރު މިވަޤުތު އޮތީ ތާވަލުގެ 3 ވަނައިގައި.
591 ދުވަސް ކުރިން - 10:48
ރޮނާލްޑޯ މި މެޗަށް ނުގެންދަން ނިންމީ 2023 ވަނަ އަހަރު އިރާނަށް ކުރި ދަތުރުގައި އާޓިސްޓެއްގެ ގައިގައި ބައްދައި ބޮސް ދިނުމުން، އެކަމަށް އަދަބެއް އައިސްދާނެތީވެ.
631 ދުވަސް ކުރިން - 10:31
ވިނީޝިއަސް ޖޫނިއާއަށް ނުދީ މެންޗެސްޓާ ސިޓީގެ ރޮޑްރީއަށް ބެލޮންޑިއޯ އެވޯޑް ދިނުމަށް ނިންމުމަކީ ނާއިންސާފު ނިންމުމެއް ކަމަށް ރޮނާލްޑޯ ބުނި.
696 ދުވަސް ކުރިން - 12:11
ފުރަތަމަ ގޯލު ރޮނާލްޑޯ ޕެނަލްޓީއަކުން ޖެހިއިރު ދެވަނަ ގޯލު ވައްދާލީ ވާތު ފައިން. މި މޮޅާއެކު ލީގު ހޯދުމުގެ ރޭހުގައި އެންމެ ކުރީގައި އޮތް އަލްއިއްތިހާދާއި 5 ޕޮއިންޓަށް އަލްނަސްރުން ފަރަގު ކުޑަކޮށްފި.
725 ދުވަސް ކުރިން - 00:42
ކްރިސްޓިއާނޯ ރޮނާލްޑޯ އަލް ނަސްރުގެ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކާމިޔާބީ އެކްސްގައި ފާހަގަކުރިއިރު އީލޮން މާސްކް “ކޮންގްރެޓްސް!” ކޮމެންޓް ކުރުމުން، ފުޓްބޯޅަ އިންވެސްޓްމަންޓްތަކަށް މަސްކް ޝައުގުވެރިވެދާނެ ކަމުގެ ޝައްކުތައް އުފެދިއްޖެ..
728 ދުވަސް ކުރިން - 09:07
ރޮނާލްޑޯގެ ކެރިއަރުގެ މިހާތަނަށް ޖުމްލަ 1،252 މެޗުގައި 913 ގޯލް ޖަހައިފައިވާއިރު މެސީ ޖަހައިފައި ވަނީ 1081 މެޗުން 850 ގޯލް އަދި ޕެލޭ ޖަހައިފައި ވަނީ 757 ގޯލް.
729 ދުވަސް ކުރިން - 16:31
ނޭޝަންސް ލީގުގައި ރޭ 5-1 ލަނޑުން ޕޮލެންޑު ބަލިކޮށް ޕޯޗުގަލުން ގުރޫޕްގެ އެއްވަނައިގައި ބޮޑު ލީޑެއް ހޯދައިފި. ރޮނާލްޑޯ ދެގޯލު ޖެހިއިރު ލިއާއޯއާއި ބްރޫނޯ ފަނާންޑޭސްއާއި ނެޓޯވެސް ވަނީ ގޯލު ޖަހާފަ.
739 ދުވަސް ކުރިން - 06:45
ފޯރިގަދަ ކުޅުމެއް ފެނުނު އަލް ހިލާލްއާއި ނަޞްރު ކުޅުނު މެޗުގައި އަލް ނަޞްރުން ގޯލު ޖެހީ ފުރަތަމަ މިނެޓުގަ. ނަމަވެސް ހިލާލުން ފަހުހާފުގައި އެއްވަރުކޮށް، ތާވަލުގެ އެއްވަނަ މަޤާމުގައި އޮތްއިރު ނަޞްރު އޮތީ ތިންވަނައިގައި.
753 ދުވަސް ކުރިން - 16:19
ރޮނާލްޑޯ ކައިރިއަށް އަންނަން ގޮންގް ނިންމީ، ޗައިނާއަށް ރޮނާލްޑޯ އަންނަން އޮތް ދަތުރު ފަޔަށް ލިބުނު އަނިޔާގެ ސަބަބުން ކެންސަލް ކޮށްލުމާއި ގުޅިގެން ކަމަށް ގޮންގް ބުނެފައިވޭ.
754 ދުވަސް ކުރިން - 14:32
ޤަވައިދުގައި އޮންނަނީ ކޮންމެ ޓީމެއްގެ ލިސްޓުގައި ޖެހޭނީ ބިދޭސީ ދިހަ ކުޅުންތެރިން. އަލް ހިލާލް އިން ލިސްޓު ފޮނުވިއިރުއޮތީ ބްރެޒިލްގެ ޑިފެންޑަރު ރެނާން ލޯޑީއާ ޖަހައިފަ. ސަބަބަކީ އޭރު ނޭމާ އަނިޔާގައި ހުރުމުން.
754 ދުވަސް ކުރިން - 13:02