އޭއެފްސީ ޗެމްޕިއަންސް ލީގުގެ އެލައިޓް މެޗުގައި ގަތަރުގެ އަލް ޚޯރުގެ އަލް ބައިތު ސްޓޭޑިއަމްގައި އަލް ޣަރަފާ އަތުން 3-1 އިން އަލް ނަޞްރު މޮޅުވި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ދެ ގޯލާއިއެކު، އަލް ނަސްރަށް ކުޅުނު 85 މެޗުގައި ރޮނާލްޑޯގެ ޖުމްލަ ގޯލުގެ ޢަދަދު 74 އަށް އަރައިފިއެވެ.
2023 ވަނަ އަހަރުގެ ޖެނުއަރީ މަހު އަލް ނަސްރުއާ ގުޅުނު ފަހުން ރޮނާލްޑޯ ވަނީ ގޯލް ޖެހުމުގެ ރޭޓް ރަނގަޅުކޮށް، މެޗަކަށް އެވްރެޖްކޮށް ގޯލެއް ޖަހައިފަ އެވެ.
ސައުދީ ޕްރޯ ލީގުގައި ރޮނާލްޑޯ ވަނީ 56 މެޗުން 55 ގޯލު ޖަހައިފައެވެ. ރޮނާލްޑޯ ވަނީ ޕޯޗުގަލްއަށް 133 ގޯލު ޖަހައިދީ، އެންމެ ގިނަ ލަނޑު ޖެހި ފިރިހެން ބައިނަލްއަގްވާމީ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.
ކްލަބް ކެރިއަރުގަ އާއި ބައިނަލްއަގްވާމީ މެޗުތަކުގައި ޕޯޗުގަލަށް ޖަހައިދިން ގޯލްތައް އެއްކޮށްލާއިރު، ރޮނާލްޑޯގެ ކެރިއަރުގެ ޖުމްލަ 1،252 މެޗުގައި 913 ގޯލް ޖަހައި، ފުޓްބޯޅައިގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ވަނީ ހޯދާފައެވެ.
މެސީ ޖަހައިފައި ވަނީ 1081 މެޗުން 850 ގޯލެވެ. އަދި ޕެލޭ ޖަހައިފައި ވަނީ 757 ގޯލެވެ.









