އޭއެފްސީ ޗެމްޕިއަންސް ލީގުގައި އަލް ޣަރަފާ އަތުން 3-1 އިން އަލް ނަސްރު މޮޅުވި މެޗު ކްރިސްޓިއާނޯ ރޮނާލްޑޯ ފާހަގަކުރީ އެކްސްގައި “Big win tonight”ލިޔެގެންނެވެ. ޕޯޗުގަލްގެ ލެޖެންޑް ދެ ގޯލު ޖެހި އެ މެޗާއި ގުޅޭ ޕޯސްޓަށް ސަޕޯޓަރުން ތައުރީފުން ކޮމެންޓްތައް ފުރިގެން ދިޔައިރު، މީޑިއާގެ އެންމެ ބޮޑު ސަމާލުކަމަށް އައީ އީލޮން މަސްގެ ކޮމެންޓަށެވެ. އަދި މަސްކް އާއި ރޮނާލްޑޯ އާއި ދެމީހުންގެ މުޢާމަލާތަށެވެ.
މަސްކް ލިޔެފައިވަނީ “ކޮންގްރެޓްސް!”
ރޮނާލްޑޯގެ ޖަވާބު “އެލޮން މާސްކް... ގްލޭޑް ޔުއާ އައިސް ހޭވް ޓައިމް ފޯ ގުޑް ސޮކާ"
މިއިން ވަނީ މާސްކް ފުޓްބޯޅައަށް ޝައުގުވެރިވާ ކަމުގެ ޝައްކުތައް އުފެދިފައެވެ. މިއީ ކުރިއަށް އޮތްތަނުގައި މި ކުޅިވަރުގައި ބައިވެރިވުމުގެ އިޝާރާތެއް ކަމަށް ވެދާނެ ހެއްޔެވެ؟ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މަސްކް ފުޓްބޯޅައަށް އިންވެސްޓްމަންޓްތައް ހޯދައި ނުވަތަ އެމެރިކާގެ މޭޖާ ލީގު ސޮކާއަށް ރޮނާލްޑޯ ބަދަލުވުމަށް މަގުފަހިވެދާނެ އެވެ.
ޓެސްލާ، ސްޕޭސްއެކްސް، އަދި ނިއުރަލިންކް އާއި އެކު ބޮލްޑް ވެންޗާތަކެއްގެ ގޮތުގައި މަޝްހޫރު މަސްކް ރޮނާލްޑޯ ފަދަ "ބްރޭންޑް” ތަކާއެކު ގުޅިގެން މަސައްކަތް ކުރުމަކީ ޓެކްނޮލޮޖީ އާއި ކުޅިވަރު ގުޅުވައިލުމުގެ ޝައުގުވެރިކަމެއް ދައްކުވައިދޭ ކަމެއް ކަމަށް ބެލެވެ އެވެ.
ސައުދީ ޕްރޯ ލީގުގައި އަލް ނަސްރު ދެން ކުޅޭ މެޗާއި ކައިރިވަމުން އަންނައިރު، މަސްކް ރޮނާލްޑޯއަށް ކުރާ ޝައުގުވެރިކަމަކީ ހަމައެކަނި އާދައިގެ އަގުވަޒަން ކުރުމަކަށްވުރެ މާ ބޮޑު އިޝާރާތެއްތޯ ސަޕޯޓަރުން ދަނީ ވިސްނަމުންނެވެ.
ބައެއް މީހުން ބުނާ ގޮތުގައި އޭނާގެ ކޮމެންޓަކީ ކުޅިވަރަށް ޝައުގުވެރިކަން ބޮޑުވުމުގެ އިޝާރާތެކެވެ.
މަސްކު ވަނީ މީގެ ކުރިން އެކި ސިނާއަތްތަކުގައި ބައިވެރިވުމަށް ޖެއްސުން ވެސް ކޮށްފައިކަން ފާހަގަ ކުރެވެއެވެ. 2022 ވަނަ އަހަރުގެ އޮގަސްޓު މަހު މެންޗެސްޓާ ޔުނައިޓެޑް ގަންނަން ވެސް ސަމާސާ ރާގަކަށް ވާހަކަ ދައްކާފައި ވެއެވެ