Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ލެވަންޑޯސްކީގެ ކިބައިގައި ރޮނާލްޑޯ އާއި އެއްގޮތްކަންތަކެއް އެބަހުރި: ފްލިކް

ލެވަންޑޯސްކީގެ ކިބައިގައި ރޮނާލްޑޯ އާއި އެއްގޮތްކަންތަކެއް އެބަހުރި: ފްލިކް

އުސްތާޛް މުޙައްމަދު ޢަލީ
421 ދުވަސް ކުރިން - 15 އޭޕްރިލް 2025 10:26
ރޮނާލްޑޯއާއި ބާސެލޯނާގެ މެނޭޖަރު ފްލިކް: ފްލިކް ބުނީ ރޮނާލްޑޮއާއި ލެވަންށޯސްކީގެ ކިބައިގައި އެއްގޮތް ކަންތަކެއް އެބަހުރި ކަމަށް.
ރޮނާލްޑޯއާއި ބާސެލޯނާގެ މެނޭޖަރު ފްލިކް: ފްލިކް ބުނީ ރޮނާލްޑޮއާއި ލެވަންށޯސްކީގެ ކިބައިގައި އެއްގޮތް ކަންތަކެއް އެބަހުރި ކަމަށް.
ޚުލާސާ

ފްލިކް ބުނީ ރޮނާލްޑޯ ފަދައިން ލެވަންޑޮސްކީ ވެސް ވަރަށް ޕްރޮފެޝަނަލްކޮށް މި އުމުރުގައިވެސް އެއްވަރެއްގައި ކުޅެމުންދާ ކަމަށް.

ރޮބަޓް ލެވަންޑޯސްކީ އާއި އަލް ނަސްރުގެ ތަރި އަދި ޕޯޗުގީޒު ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ މެދުގައި އެއްގޮތްކަންތައް އެބަހުރި ކަމަށް ބާސެލޯނާގެ މެނޭޖަރު ހަންސީ ފްލިކް ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ދެވަނަ ލެގުގައި ބޮރޫސިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، ފްލިކް ވަނީ އުމުރުން 36 އަހަރުގައި ވެސް އެންމެ މަތީ ފެންވަރުގައި ކުޅުމަށް ލެވަންޑޯސްކީ ކުރާ މަސައްކަތް ފާހަގަކޮށްފައެވެ.

"މި އުމުރުގައި މި ފެންވަރުގައި ކުޅެވޭނީ ވަކި ހުނަރެއް ހުރެގެން އެކަންޏެއް ނޫން. ވަރަށް ޕްރޮފެޝަނަލްކޮށް ކަންކަން ކުރަން ޖެހޭ،" ފްލިކް ބުންޏެވެ. ފްލިކް ބުނީ ކްރިސްޓިއާނޯ ރޮނާލްޑޯ ފަދައިން، ލެވަންޑޯސްކީ ވެސް ވަރަށް ޕްރޮފެޝަނަލްކޮށް އެންމެ ރަނގަޅު ޕަފޯމަންސްއެއް ދެއްކުމަށް ބޭނުންވާ ސިއްހީ ހުރިހާ ކަމެއް ބަލަހައްޓާ ކަމަށެވެ.

Advertisement

Advertisement 1

ލެވަންޑޯސްކީ: މި ސީޒަނުގައި މިހާރު ވެސް 40 ގޯލް ޖަހައިފި.

މި ސީޒަނުގައި ލެވަންޑޯސްކީ ވަނީ ބާސެލޯނާ އަށް ވަރަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާ ވަނީ ލަ ލީގާގައި އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާގެ ގޮތުގައި ހޮވި، ޗެމްޕިއަންސް ލީގުގައި 11 ގޯލު ޖަހާފައެވެ. އޭނާގެ ކުރީގެ ޓީމް ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގައި ބާސެލޯނާ މޮޅުވީ 4-0 އިންނެވެ. އެ މެޗުގައި ބެސް ލެވަންޑޯސްކީ ދެގޯލު ޖެހިއެވެ.

ފްލިކް އިތުރަށް ބުނީ ރޮނާލްޑޯ ވެސް ވަރަށް ރަނގަޅަށް ފިޒިކަލީ ހުންނަ ކަމަށާއި، ވަރަށް ޕްރޮފެޝަނަލްކޮށް ހުރިހާ ކަމެއް ބަހައްޓައިގެން މި ދެ ކުޅުންތެރިން އެ ލެވެލްގައި އެ އުމުރުގައި ކުޅެމުން އަންނަ ކަމަށެވެ.

މީގެ ކުރިން ލެވަންޑޯސްކީ ވަނީ ފްލިކްގެ އިރުޝާދުގެ ދަށުން ބަޔާން މިއުނިކަށް ވެސް ކުޅެފައެވެ. ފްލިކް ބުނީ އެއިރު ފެނުނު ކަންކަމާއި މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު، ހަމައެކަނި ތަފާތަކީ އުމުރުގެ ނަންބަރު ކަމަށެވެ.

ލެވަންޑޯސްކީ މި ސީޒަނުގައި އޭނާ ޖެހި ގޯލުގެ ޖުމްލަ އަދަދު ވަނީ 40 އަށް އަރާފައެވެ. މިއީ 46 މެޗުން އޭނާ ޖެހި ގޯލުގެ އަދަދެވެ.

ބާސެލޯނާކްރިސްޓިއާނޯ ރޮނާލްޑޯފްލިކްލެވަންޑޯސްކީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ލެޖެންޑެއްގެ ދަރަޖަ ފުރިހަމަކުރުމަށް ރޮނާލްޑޯއަށް ވޯލްޑް ކަޕް ކާމިޔާބުކުރުން މަޖުބޫރު

ލެޖެންޑެއްގެ ދަރަޖަ ފުރިހަމަކުރުމަށް ރޮނާލްޑޯއަށް ވޯލްޑް ކަޕް ކާމިޔާބުކުރުން މަޖުބޫރު

6 ދުވަސް ކުރިން - 08:54

ދެ ގޯލާއެކު ރޮނާލްޑޯ ފުރަތަމަ ފަހަރަށް ސައުދީ ލީގުގެ ތަށި އުފުލާލައިފި

ރޮނާލްޑޯ ފުރަތަމަ ފަހަރަށް ސައުދީ-ލީގުގެ ތަށި އުފުލާލައިފި

20 ދުވަސް ކުރިން - 00:57

ސަލާހާއި ރޮނާލްޑޯ އެއް ކުލަބަކުން ފެންނާނެކަމުގެ ފެހި ސިގްނަލް އަލް ނަސްރުގެ ކޯޗު ދީފި

ސަލާހާއި ރޮނާލްޑޯ އެއްކުލަބަކުން ފެންނާނެކަމުގެ ފެހި ސިގްނަލެއް

45 ދުވަސް ކުރިން - 22:30

ގެޓާފޭ ބަލިކޮށް ބާސެލޯނާއިން ލީގު ތާވަލުގެ ކުރީގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފި

ބާސެލޯނާއިން 11 ޕޮއިންޓުގެ ލީޑަކާއެކު ތާވަލުގެ ކުރީގައި

46 ދުވަސް ކުރިން - 23:44

ބާސެލޯނާގައި ރާއްޖޭގެ މަސްވެރިކަން އިޝްތިހާރުކޮށްފި

ބާސެލޯނާގައި ރާއްޖޭގެ މަސްވެރިކަން އިޝްތިހާރުކޮށްފި

48 ދުވަސް ކުރިން - 08:43

ބާސެލޯނާ މޮޅުވި ނަމަވެސް މުބާރާތުން ވަކިވާންޖެހި، އަނެއްކާވެސް ހިތްދަތި ނިމުމެއް

ބާސެލޯނާ މޮޅުވި ނަމަވެސް މުބާރާތުން ވަކިވާންޖެހިއްޖެ

56 ދުވަސް ކުރިން - 10:57