މިހާރު 40 އަހަރުގެ އުމުރުގައިވެސް ރޮނާލްޑޯ ދަނީ ކެރިއަރުގެ 935 ވަނަ ގޯލު ޖަހައި، 1000 ގޯލުގެ ލަނޑުދަނޑިއާއި ކައިރިވަމުން.
457 ދުވަސް ކުރިން - 10:04
އޭޝިއަން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ސައޫދީގެ ޓީމެއް ކުޅޭނެ. ސެމީގައި ކުޅޭ 4 ޓީމުގެތެރެއިން 3 ޓީމަކީ ސައޫދީގެ ޓީމްތައް.
481 ދުވަސް ކުރިން - 06:22
2-1 ގެ ނަތީޖާއިން އަލް-ނަސްރު މޮޅުވެފައިވާއިރު ނަސްރުގެ ދެ ގޯލު ވެސް ކާމިޔާބުކުރީ ރޮނާލްޑޯ. އަލް-ނަސްރު މިވަޤުތު އޮތީ ތާވަލުގެ 3 ވަނައިގައި.
496 ދުވަސް ކުރިން - 10:48
ރޮނާލްޑޯ މި މެޗަށް ނުގެންދަން ނިންމީ 2023 ވަނަ އަހަރު އިރާނަށް ކުރި ދަތުރުގައި އާޓިސްޓެއްގެ ގައިގައި ބައްދައި ބޮސް ދިނުމުން، އެކަމަށް އަދަބެއް އައިސްދާނެތީވެ.
536 ދުވަސް ކުރިން - 10:31
އަލް-ނަސްރަށް ގެންދިޔަ ކޮލަމްބިއާގެ ފޯވަޑް ޖޮން ޑުރާންގެ އަގަކީ 75.3 މިލިއަން ޕައުންޑް. މަހު މުސާރައަކީ 1.3 މިލިއަން ޕައުންޑް. މިއީ މި ޖެނުއަރީ ޓްރާންސްފާގައި އެއް ކުޅުންތެރިޔަކަށް ހޭދަކުރާ އެންމެ ބޮޑު އަގު.
564 ދުވަސް ކުރިން - 09:52
ފުރަތަމަ ގޯލު ރޮނާލްޑޯ ޕެނަލްޓީއަކުން ޖެހިއިރު ދެވަނަ ގޯލު ވައްދާލީ ވާތު ފައިން. މި މޮޅާއެކު ލީގު ހޯދުމުގެ ރޭހުގައި އެންމެ ކުރީގައި އޮތް އަލްއިއްތިހާދާއި 5 ޕޮއިންޓަށް އަލްނަސްރުން ފަރަގު ކުޑަކޮށްފި.
631 ދުވަސް ކުރިން - 00:42
ކްރިސްޓިއާނޯ ރޮނާލްޑޯ އަލް ނަސްރުގެ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކާމިޔާބީ އެކްސްގައި ފާހަގަކުރިއިރު އީލޮން މާސްކް “ކޮންގްރެޓްސް!” ކޮމެންޓް ކުރުމުން، ފުޓްބޯޅަ އިންވެސްޓްމަންޓްތަކަށް މަސްކް ޝައުގުވެރިވެދާނެ ކަމުގެ ޝައްކުތައް އުފެދިއްޖެ..
633 ދުވަސް ކުރިން - 09:07
ރޮނާލްޑޯގެ ކެރިއަރުގެ މިހާތަނަށް ޖުމްލަ 1،252 މެޗުގައި 913 ގޯލް ޖަހައިފައިވާއިރު މެސީ ޖަހައިފައި ވަނީ 1081 މެޗުން 850 ގޯލް އަދި ޕެލޭ ޖަހައިފައި ވަނީ 757 ގޯލް.
634 ދުވަސް ކުރިން - 16:31
ފޯރިގަދަ ކުޅުމެއް ފެނުނު އަލް ހިލާލްއާއި ނަޞްރު ކުޅުނު މެޗުގައި އަލް ނަޞްރުން ގޯލު ޖެހީ ފުރަތަމަ މިނެޓުގަ. ނަމަވެސް ހިލާލުން ފަހުހާފުގައި އެއްވަރުކޮށް، ތާވަލުގެ އެއްވަނަ މަޤާމުގައި އޮތްއިރު ނަޞްރު އޮތީ ތިންވަނައިގައި.
658 ދުވަސް ކުރިން - 16:19
ރޮނާލްޑޯ ކައިރިއަށް އަންނަން ގޮންގް ނިންމީ، ޗައިނާއަށް ރޮނާލްޑޯ އަންނަން އޮތް ދަތުރު ފަޔަށް ލިބުނު އަނިޔާގެ ސަބަބުން ކެންސަލް ކޮށްލުމާއި ގުޅިގެން ކަމަށް ގޮންގް ބުނެފައިވޭ.
659 ދުވަސް ކުރިން - 14:32
ޤަވައިދުގައި އޮންނަނީ ކޮންމެ ޓީމެއްގެ ލިސްޓުގައި ޖެހޭނީ ބިދޭސީ ދިހަ ކުޅުންތެރިން. އަލް ހިލާލް އިން ލިސްޓު ފޮނުވިއިރުއޮތީ ބްރެޒިލްގެ ޑިފެންޑަރު ރެނާން ލޯޑީއާ ޖަހައިފަ. ސަބަބަކީ އޭރު ނޭމާ އަނިޔާގައި ހުރުމުން.
659 ދުވަސް ކުރިން - 13:02
އޭނާ އިސްތިއުފާދިންއިރު ފުރަތަމަ ތިން މެޗުން ލިބުނު އެންމެ ފަސް ޕޮއިންޓާއެކު ސައުދީ ޕްރޯ ލީގުގެ އެ ޓީމު އޮތީ ހަތް ވަނައިގަ. މި ސީޒަނުގައި އަލް ނަސްރަށް މޮޅުވެފައިވަނީ އެންމެ ފަހަރަކު.
703 ދުވަސް ކުރިން - 11:00