މިއަހަރުގެ ޖެނުއަރީ މަހުގެ ޓްރާންސްފަރ ވިންޑޯގައި އެންމެ ބޮޑު އަގެއްގައި ހިނގި ޓްރާންސްފަރަކީ ކޮލަމްބިއާގެ ފޯވަޑް ޖޮން ޑުރާން އެސްޓަން ވިލާއިން ސައުދީ އަރަބިއްޔާގެ ކްލަބް އަލް-ނަސްރަށް ބަދަލުވި ޓްރާންސްފަރ އެވެ.
މި ޓްރާންސްފަރގެ އަގަކީ 75.3 މިލިއަން ޕައުންޑެވެ. އެއީ 64.4 މިލިއަން ޕައުންޑުގެ އިތުރުން އެޑް-އޮންތަކާއެކު ލިބޭ ވަރެވެ.
އަލްނަސްރުން އޭނާއަށް ކޮންމެ މަހަކު މުސާރައިގެ ގޮތުގައި 1.3 މިލިއަން ޕައުންޑް ލިބޭނެއެވެ.
21 އަހަރުގެ މި ކުޅުންތެރިޔާ ޕްރިމިއަރ ލީގުގައި ދެއްކި މޮޅު ކުޅުމުން، ޗެލްސީ ފަދަ ޔޫރަޕްގެ ބޮޑެތި ކްލަބްތަކުގެ ސަމާލުކަން ހޯދިއެވެ.
ފުޓުބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އަލް-ނަސްރަށް ބަދަލުވުމަށް ޑުރާން ނިންމި ނިންމުމުން ފާހަގަކޮށްދެނީ ދުނިޔޭގެ ފުޓްބޯޅައިގެ މާރުކޭޓުގައި ސައުދީ ކްލަބްތަކުގެ މާލީ ނުފޫޒު އިތުރުވަމުންދާކަމެވެ.
ޑުރާންގެ މި ޓްރާންސްފަރ އަކީ މެދުއިރުމަތީގެ ލީގުތަކަށް ބަދަލުވާ ކުޅުންތެރިންގެ އަގުތަކަށް އައު މިންގަނޑެއް ކަނޑައެޅި ޓްރާންސްފަރ އެއް ކަމަށް ފުޓްބޯޅަ 365 އިން ރިޕޯޓުކޮށްފައި ވެއެވެ.