ޓްރަމްޕް ވިދާޅުވީ ތެހެރާނު ސަރުކާރާއި ދެކޮޅަށް މުޒާހަރާކުރާ އީރާނު ރައްޔިތުން ސަލާމަތްކުރުމަށް، އެމެރިކާ ވަންނަން ޖެހިދާނެ ކަމަށް.
282 ދުވަސް ކުރިން - 10:15
އީރާނު މުޒާހަރާތަކުގައި 45މީހުން މަރުވެ 2000 މީހުން ހައްޔަރުކުރިއިރު އިސްރާއީލު މީޑިއާތަކުން ހަބަރުފަތުރަނީ 217 މީހުން މަރާލައި 10،000މީހުން ހައްޔަރުކޮށް 8000އެއްހާ މީހުން ޒަހަމްކޮށްފައިވާ ކަމަށް.
282 ދުވަސް ކުރިން - 10:05
ތެހެރާނު ބާޒާރު ސަރަޙައްދުގައި ފެށި މި މުޒާހަރާތައް މިހާރު ވަނީ 31 ޕްރޮވިސްންސެއްގެ 111 ސިޓީއާއި 340 ޓައުން އަކަށް ފެތުރިފަ. 45 މީހުން ވަނީ މަރުވެފަ
282 ދުވަސް ކުރިން - 09:34
ޓެލްއަވީވް ދޫކޮށް ކުއްލިޔަކަށް ތިންފުލައިޓުގައި ބުރާސްފަތި ދުވަހު ރަޝިޔާގެ އޮފިޝަލުން މޮސްކޯއަށް ދިޔައީ ވަރަށް ސިއްރުން ހިންގި އޮޕަރޭޝަނެއްގަ. ސަބަބެއް ނޭނގޭ
283 ދުވަސް ކުރިން - 23:10
އެމެރިކާގެ މަދަދު ލިބޭ ހަނގުރާމަވެރި ޖަމާޢަތް ކަމަށްވާ އެސްޑީއެފް އިން ހަލަބުގައި ސީރިއާ ސަރުކާރުގެ ސިފައިންނާއި ދެކޮޅަށް ހަނގުރާމަކުރާތާ ތިންދުވަސް ވެއްޖެ. މިހާތަނަށް 21 މީހުން މަރުވެއްޖެ
283 ދުވަސް ކުރިން - 22:36
ނަތަންޔާހޫ ބުނީ ލުބުނާނުގެ ހިޒްބުاللهގެ ނުރައްކާ ނައްތާލުމަށް އަސްކަރީ އޮޕަރޭޝަނެއް ހިންގަން ވިސްނަމުންދާ ކަމަށް
283 ދުވަސް ކުރިން - 07:42
އިސްރާއީލުން ޣައްޒާގައި ހިންގި ޖަރީމާތައް ފާޅައެރުމުން، 2027 ނިމެންދެން އެ ބިމަށް ނޫސްވެރިން ނުވައްދަން އިސްރާއީލުން ނިންމައިފި
283 ދުވަސް ކުރިން - 07:39
ޑެންމާކުން ބުނީ ގްރީންލޭންޑަށް އެމެރިކާއިން އަރައިފިނަމަ އެންމެ ފުރަތަމަވެސް ޑެންމާކުން އެމެރިކާ ސިފައިންގެ ގަޔަށް ޖަހާނީ ބަޑި ކަމަށާއި، ވާހަކަ ދައްކާނީ އޭގެ ފަހުން ކަމަށް.
284 ދުވަސް ކުރިން - 21:41
އިސްތަންބޫލަށް ބާރުގަދަ ނަގޫރޯޅިއެއް އަރައި ބައެއް އުޅަނދުތައް ވަނީ ބަންޑުންޖަހާލާފަ
284 ދުވަސް ކުރިން - 16:10
މިނިވަންވި މީހުންގެ ތެރެއިން ގިނަ މީހުންގެ ސިއްހީ ހާލަތު ވަރަށް ދަށް
284 ދުވަސް ކުރިން - 12:03
ޕީޑީވީއެސްއޭ އިން ބުނީ އެމެރިކާ އާއި އެކު 2 ބިލިއަނެއްހާ ޑޮލަރުގެ ތެލުގެ ޑީލް ގައި އެއްބަސްވުމަކާއި ހަމަޔަށް ވާސިލްވަމުންދާ ކަމަށް
284 ދުވަސް ކުރިން - 11:49
ވެނެޒުއެލާއިން ބުނީ އެމެރިކާ އާއި އެކު މަޝްވަރާތައް ކުރަމުންދަނީ ވެނެޒުއެލާގެ މިނިވަންކަމަށް އަސަރު ނުކުރާ ގޮތަށް ކަމަށާއި ވެނެޒުއެލާ އަށް ފައިދާވާ ގޮތަށް ކަމަށް.
284 ދުވަސް ކުރިން - 11:27