އީރާނުގެ މުޒާހަރާ ހުއްޓުވަން އެމެރިކާ ވަންނަން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރު ދީފި

ހުސައިން އިސްމާއިލް | 4 ދުވަސް ކުރިން - 10 ޖެނުއަރީ 2026 10:15
ކުއްލި ޚަބަރު: އީރާނުގެ މުޒާހަރާ ހުއްޓުވަން އެމެރިކާ ވަންނަން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރު ދީފި
ކުއްލި ޚަބަރު: އީރާނުގެ މުޒާހަރާ ހުއްޓުވަން އެމެރިކާ ވަންނަން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރު ދީފި
ޚުލާސާ

ޓްރަމްޕް ވިދާޅުވީ ތެހެރާނު ސަރުކާރާއި ދެކޮޅަށް މުޒާހަރާކުރާ އީރާނު ރައްޔިތުން ސަލާމަތްކުރުމަށް، އެމެރިކާ ވަންނަން ޖެހިދާނެ ކަމަށް.

އީރާނުގެ މުޒާހަރާ ހުއްޓުވަން އެމެރިކާ ވަންނަން ޖެހިދާނެ ކަމަށް ބުނެ، އީރާނުގެ ސަލާމަތީ ބާރުތަކާއި ދެކޮޅަށް ޙަމަލާދީ، އީރާނުގައި މިހާރު ކުރަމުންދާ މުޒާހަރާގެ ތެރެއިން އީރާނުގެ ވެރިކަން ވައްޓާލުމަށް އެމެރިކާ މަސައްކަތް ކުރާނެ ކަމަށް ދޭހަވާ ފަދަ ޢިބާރާތަކުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ނުސީދާ އިންޒާރެއް ދީފިއެވެ.

އީރާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ސޯޝަލް މީޑިއާގައި ޓްރަމްޕް ވިދާޅުވީ އީރާނުގެ އެތެރޭގެ ހާލަތު ވޮޝިންޓަނުން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، އަދި ހަމަނުޖެހުންތައް އިތުރުވެއްޖެނަމަ އެމެރިކާ އިން ސީދާ ތަދައްޚުލް ވާނެ ކަމަށެވެ.

"…މކުރިން ވެސް މީހުން މަރާ ގޮތަށް މީހުން މަރާލަން ފަށައިފިއްޔާ އަޅުގަނޑުމެން އެކަމުގެ ތެރެއަށް ވަންނާނަން،" އޭނާ ވިދާޅުވި އެވެ.

އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ރިޕޯޓްކުރާ ގޮތުގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގެ ރާޅުގައި މިހާތަނަށް މަދުވެގެން 45 މީހުން މަރުވެފައިވެއެވެ.

އިގްތިސާދީ ދަތިތަކާއި އިންފްލޭޝަން މަތިވުމުގެ ސަބަބުން ކުރިއަށްދާ މި މުޒާހަރާތަކަކީ އީރާނުގެ ލީޑަޝިޕަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު އެތެރޭގެ ފިއްތުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%