ރަޝިޔާގެ ގިނަޢަދަދެއްގެ ޑިޕްލޮމެޓުން ކުއްލިޔަކަށް އިސްރާއީލުން ފުރައިފި

ޢަބްދުﷲ ޖުނައިދު | 5 ދުވަސް ކުރިން - 9 ޖެނުއަރީ 2026 23:10
ރަޝިއާގެ ޤައުމީ މަތިންދާބޯޓެއް އުދުހެނީ
ރަޝިއާގެ ޤައުމީ މަތިންދާބޯޓެއް އުދުހެނީ
ޚުލާސާ

ޓެލްއަވީވް ދޫކޮށް ކުއްލިޔަކަށް ތިންފުލައިޓުގައި ބުރާސްފަތި ދުވަހު ރަޝިޔާގެ އޮފިޝަލުން މޮސްކޯއަށް ދިޔައީ ވަރަށް ސިއްރުން ހިންގި އޮޕަރޭޝަނެއްގަ. ސަބަބެއް ނޭނގޭ

އިސްރާއީލުގައި ތިބި ރަޝިޔާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބުރާސްފަތި ދުވަހު 3 ފުލައިޓެއްގައި އިސްރާއީލު ދޫކޮށް މޮސްކޯ އަށް ހިނގައްޖެއެވެ. މީގެތެރޭގައި ގިނައީ ރަޝިޔާގެ އޮފިޝަލުންނާއި އެމީހުންގެ ޢާއިލާގެ މެންބަރުން ކަމަށާއި، ކުއްލި ގޮތަކަށް މިވަރުގެ އޮޕަރޭޝަނެއް ރަޝިޔާއިން ހިންގި ސަބަބު ނޭނގޭ ކަމަށް ޚަބަރުތައް ބުނެއެވެ.

ރަޝިޔާ އާއި އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަނަކީ އާދަޔާ ހިލާފަށް ހަލުވި އޮޕަރޭޝަނެކެވެ. ޓެލްއަވީވް އާއި މޮސްކޯ އާއި ދެމެދު ދުވާލަކު ޢާންމުކޮށް 1-2 ފުލައިޓް އޮންނައިރު، ބުރާސްފަތި ދުވަހު 3 ފުލައިޓް އޮތެވެ. މިއީ ކުއްލިޔަކަށް ހިންގި އޮޕަރޭޝަނެއް ކަމަށް ވާއިރު މިކަން ކޮށްފައިވަނީ ސިއްރިޔާތުގައި ކަމަށް އިސްރާއީލުގެ ނޫސްތަކުން ބުނެއެވެ.

“އިސްރާއީލުގެ ތަންތަނުން މީހުން ނެރުމުގެ ސްޕީޑާއި އަދި އެހާ ސިއްރުން މިކަން ކުރުމުން ބެލެވެނީ ރަޝިޔާގެ ޖާސޫސުންނަށް ސަލާމަތާއި ގުޅޭ އިންޒާރުތަކެއް ލިބިފައި އޮވެދާނެ ކަމަށް، ނަމަވެސް އެކަމުގެ އެއްވެސް ތަފްޞީލެއް ހާމަކޮށްފައެއް ނުވޭ..” އިސްރާއީލުގެ މީޑިއާއިން ބުނެއެވެ.

ކްރެމްލިން އިން މިހާތަނަށް މިކަމުގައި ހިމޭންވެފައި ވާއިރު، މިކަމުގެ މަޢުލޫމާތު ހޯދުމަށް މީޑިއާތަކުން ރަޝިޔާގެ އޮފިޝަލުންނަށް ގުޅުމުން އެމީހުން ވަނީ މިކަމުގައި އެއްވެސް އެއްޗެއް ބުނަން ދެކޮޅު ހަދާފައި ކަމަށް މަސްދަރުތަކުން ބުނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%