އެމެރިކާ-ވެނެޒުއެލާ: ދެބިލިއަން ޑޮލަރުގެ ޑީލަކަށް ތައްޔާރުވަނީ

ހުސައިން އިސްމާއިލް | 6 ދުވަސް ކުރިން - 8 ޖެނުއަރީ 2026 11:49
ވެނެޒުއެލާގެ ގައުމީ ތެޔޮ ކުންފުނި، ޕީޑީވީއެސްއޭ އިން ބުނީ އެމެރިކާއަށް ތެޔޮ ދޭނީ މާކެޓް ރޭޓުގަ.
ވެނެޒުއެލާގެ ގައުމީ ތެޔޮ ކުންފުނި، ޕީޑީވީއެސްއޭ އިން ބުނީ އެމެރިކާއަށް ތެޔޮ ދޭނީ މާކެޓް ރޭޓުގަ.
ޚުލާސާ

ޕީޑީވީއެސްއޭ އިން ބުނީ އެމެރިކާ އާއި އެކު 2 ބިލިއަނެއްހާ ޑޮލަރުގެ ތެލުގެ ޑީލް ގައި އެއްބަސްވުމަކާއި ހަމަޔަށް ވާސިލްވަމުންދާ ކަމަށް

ސާފު ނުކުރާ ތެޔޮ އެމެރިކާ އަށް ދީގެން 2 ބިލިއަނެއްހާ ޑޮލަރުގެ ޑީލެއް ފައިނަލް ވުމާއި ހަމަޔަށް ދާ ކަމަށް ވެނެޒުއެލާގެ ދައުލަތުގެ ތެޔޮ ކުންފުނި ކަމަށްވާ ޕީޑީވީއެސްއޭ އިން ކަށަވަރުކޮށްދީފިއެވެ.

ޕީޑީވީއެސްއޭ އިން ނެރުނު ބަޔާނެއްގައި ބުނާ ގޮތުގައި އެމެރިކާ އާއި އެކު މި ތެލުގެ ޑީލް ކުރިޔަށް ދަނީ ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ވިޔަފާރީގެ އިޖުރާޢަތްތަކާއި އެއްކޮށް ވަރަށް ހަރުކަށި ކޮށް ކަމަށާއި، އެމެރިކާއަށް ވިއްކާ ކޮންމެ ތެޔޮ ފީފާއެއްގެ އަގު ވެސް ބިނާވެފައި ވާނީ ބައިނަލްއަޤްވާމީ މާކެޓް ރޭޓްތަކުގައެވެ

މި ބަޔާން ވެނެޒުއެލާ އިން ނެރުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަތަކާއި ގުޅިގެން ސަމާލުކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ނަމަވެސް، ވެނެޒުއެލާގެ ތެޔޮ އެމެރިކާއިން "ކޮންޓްރޯލް" ކުރާނެ ކަމަށް ބުނާ ވާހަކަތަކަށް ޕީޑީވީއެސްއޭ އިން ދެކޮޅު ހަދައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%