ހިޒްބުاللهގެ ނުރައްކާ ވަރަށް ބޮޑު ކަމަށާއި، އެ ޖަމާއަތުގެ ސަބަބުން އިސްރާއީލަށް އޮތް ބިރުވެރިކަމާއި ނުރައްކާތައް ނައްތާލުމަށްޓަކައި ލުބުނާނުގައި އަސްކަރީ އޮޕަރޭޝަނެއް ހިންގަން ވިސްނަމުންދާ ކަމަށް ޒައެނިސްޓް ސަރުކާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.
ނަތަންޔާހޫ ވިދާޅުވީ، ޑިސެމްބަރު މަހުގެ ފަހުކޮޅު ފްލޮރިޑާގައި ބޭއްވި ބައްދަލުވުމެއްގައި އިސްރާއީލުން ލުބުނާނަށް ދޭ ހަމަލާތައް ފުޅާކުރުމާ ބެހޭ ގޮތުން ރައީސް ޓްރަމްޕާއި އެކު މަޝްވަރާ ކުރެއްވި ކަމަށެވެ. ޓްރަމްޕުގެ ފެހި ސިގުނަލް އެކަމުގައި ލިބިފައިވާ ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވިއެވެ.
ލުބުނާނުގެ ދެކުނު ސަރަހައްދުގައި ދިރިއުޅޭ ހަތިޔާރު އެޅި ފަލަސްތީނުގެ ރައްޔިތުންގެ އަތުން މިހާރު ވަނީ ހަތިޔާރުތައް ވެސް އަތުލާފައެވެ. މިކަން ކުރީ އެމެރިކާގެ ޕްރެޝަރަށް ލުބްނާނުގެ ސަރުކާރުންނެވެ. އެ ސަރުކާރުން ބުނީ އަދިވެސް ބައެއް ހަތިޔާރުތައް އެކި ދިމަދިމާލުގައި އެބަހުރި ކަމަށެވެ.
ލުބުނާނު ސަރުކާރުން ވަނީ ހިޒްބުاللهގެ ހަތިޔާރުތައް ވެސް ހުސްވި ޑިސެމްބަރު މަސް ނިމުމުގެ ކުރިން ލުބުނާނު ސަރުކާރާއި ހަވާލުކުރުމަށް އެދިފައެވެ. ނަމަވެސް ހިޒްބުالله އިން ވަނީ އެކަމަށް އިންކާރުކޮށްފައެވެ






