އެމެރިކާއިން އެހީވާ އެސްޑީއެފް އާއި ސީރިޔާ ސިފައިންނާއި ތަޅަނީ

ޢަބްދުﷲ ޖުނައިދު | 5 ދުވަސް ކުރިން - 9 ޖެނުއަރީ 2026 22:36
ސީރިއާގެ ސިފައިން އެސްޑީއެފް އާއި ދެކޮޅަށް ޙަރަކާތްތެރިވަނީ
ސީރިއާގެ ސިފައިން އެސްޑީއެފް އާއި ދެކޮޅަށް ޙަރަކާތްތެރިވަނީ
ޚުލާސާ

އެމެރިކާގެ މަދަދު ލިބޭ ހަނގުރާމަވެރި ޖަމާޢަތް ކަމަށްވާ އެސްޑީއެފް އިން ހަލަބުގައި ސީރިއާ ސަރުކާރުގެ ސިފައިންނާއި ދެކޮޅަށް ހަނގުރާމަކުރާތާ ތިންދުވަސް ވެއްޖެ. މިހާތަނަށް 21 މީހުން މަރުވެއްޖެ

އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދޭ ސީރިއާގެ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އާއި ރައީސް އަޙްމަދު އަލް ޝަރާއަށް ވަފާތެރި ސީރިއާ ސަރުކާރުގެ ސިފައިންނާއި ދެމެދު ޙަލަބުގައި ޙަމަލާތައް ބަދަލުކުރަމުން ގެންދާތާ ތިންދުވަސް ވެފައިވާއިރު މިހާތަނަށް 21 މީހުން މަރުވެއްޖެއެވެ.

ޙަލަބަކީ ރައީސް އަލް ޝަރާގެ މެޖޯރިޓީ އޮންނަ ސިޓިއެކެވެ. ނަމަވެސް އެސްޑީއެފް އިން ކޮންޓްރޯލް ކުރަމުންދާ މަދު ސަރަޙައްދުތަކެއް އެ ސިޓީގައި ވެއެވެ. އޭގެތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ޝެއިޚް މަޤްޞޫދާއި އަޝްރަފީޙް ޑިސްޓްރިކްޓެވެ. ހަމަނުޖެހުން ހިނަގަނީ މި ދެޑިސްޓްރިކްޓުގައެވެ. މި ސަރަޙައްދުތަކުގައި ސީރިއާގެ ސިފައިން މިހާރު ވަނީ އެސްޑީއެފްގެ ހަނގުރާމަވެރިން ގާތްގަނޑަކަށް ވަށާލާފައެވެ. (ޔަޣްނީ) އެސްޑީއެފް އަށް ހަތިޔާރު ފޯރުކޮށްދޭ މަގުތަކުގެ ކޮންޓްރޯލް ރައީސް ޝަރާގެ ސަރުކާރުން އަތުލުމާއި އެކު، ސީރިއާގެ ސިފައިންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އިތުރު ހަތިޔާރުތައް ހޯދުމަށް މިބައިމީހުންނަށް ވަނީ ދަތިވެފައެވެ.

އެމެރިކާއިން އެހީވާ، ޙަލަބުގައި އުޅޭ އެސްޑީއެފްގެ ހަނގުރާމަވެރިންތަކެއް.

މި ޑިސްޓްރިކްޓްތަކަކީ ޖޯގުރަފީ ގޮތުން ސީރިއާގެ އިރުމަތީ ސަރަޙައްދުގައި އެސްޑީއެފް ކޮންޓްރޯލްކުރާ މައިގަނޑު ސަރަޙައްދުތަކާއި އެކަހެރިވެފައިވާ ޑިސްޓްރިކްޓްތަކަކަށް ވާތީ، ސަރުކާރުގެ ސިފައިންގެ ބާރު ގަދަވަމުންދާ ވަރަކަށް އެސްޑީއެފް އަށް ދަތިތަކާއި ކުރިމަތިވެއެވެ. އެސްޑީއެފް އަށް އެމެރިކާއިން ފައިސާ އާއި ހަތިޔާރު ލިބޭ ކަމަށް ވެއެވެ. ނަމަވެސް ހަލަބުގައި ތިބި އެސްޑީއެފް ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދޭ މަގުތައް މިހާރު ވަނީ ގާތްގަނޑަކަށް މުޅިން ހެން ބަންދު ކުރެވިފައި ކަމަށް ސީރިއާ ސަރުކާރުގެ އިސް މަސްއޫލުވެރިޔަކާއި ޙަވާލާދީ ތުރްކިޔޭގެ ދައުލަތުގެ މީޑިއާއިން ބުންޏެވެ.

ގާތްގަނޑަކަށް ސީރިއާގެ ތިންބައިކުޅަ އެއްބައި ކޮންޓްރޯލް ކުރަނީ އެސްޑީއެފް އިންނެވެ. ތުރްކިޔޭގެ ބޯޑަރު ކައިރީގައި އޮންނަ ޤާމިޝްލީ އިން ފެށިގެން ހަސާކާ އާއި ރައްޤާ ތެރެއިން ގޮސް ޣިރާޤުގެ ދައިރް އައްޒޫރުގެ ބައެއް ހިސާބުތަކާއި ހަމައަށް އެސްޑީއެފްގެ ބާރު ދެމިއޮވެއެވެ. މި ސަރަޙައްދުގައި ތެލާއި، ގޭހާއި، ދަނޑުބިންތައް ވެސް ހުރެއެވެ.

އެސްޑީއެފްގެ އިސް މީހުންނަކީ ކުރުދީން ކަމުގައި ވިޔަސް، ބޮޑު އަޣުލަބިއްޔަތަކީ ޢަރަބީންނެވެ. ރައްޤާ އާއި ދައިރް އައްޒޫރަކީ ގާތްގަނޑަކަށް 90 ޕަސެންޓް ޢަރަބި ބަހުން ވާހަކަދައްކާ މީހުން ކަމަށްވާއިރު، ހަސަކާ އަކީ ގާތްގަނޑަކަށް 65 ޕަސެންޓް ޢަރަބީންނެވެ. ހަމަ އެހެންމެ އެސްޑީއެފްގެ ސިފައިންގެ 70 އާއި 75 ޕަސެންޓާއި ދެމެދުގެ ޢަދަދަކަށް ޢަރަބި ހަނގުރާމަވެރިން ހިމެނެއެވެ.

އެސްޑީއެފް އަށް މަދަދުދޭ އެމެރިކާއިން މި ހަމަނުޖެހުންތަކާއި ގުޅިގެން މިހާތަނަށް އެއްޗެކޭ ނުބުނާއިރު، ރައީސް އަލްޝާރާގެ ވެރިކަމުގައި ސީރިއާ ސަރުކާރުން ދަނީ ބާރު ގަދަކޮށް ބޮޑެތި ސިޓީތަކުގައި ތިބި ހަތިޔާރު އެޅި ޖަމާޢަތްތައް ނައްތާލުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންކަން ފާހަގަ ކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%