Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އީރާނުން 200 މީހުން މަރާލައިފި ކަމަށް ބުނެ އިސްރާއީލުގެ މީޑިއާތަކުން ދޮގު ޚަބަރު ފަތުފަނީ

އީރާނުން 200 މީހުން މަރާލައިފި ކަމަށް ބުނެ އިސްރާއީލުގެ މީޑިއާތަކުން ދޮގު ޚަބަރު ފަތުފަނީ

ހުސައިން އިސްމާއިލް
242 ދުވަސް ކުރިން - 10 ޖެނުއަރީ 2026 10:05
އިސްރާއީލުގެ މީޑިއާތަކުން ގެންދަނީ އީރާނުގެ މުޒާހަރާތައް އިތުރަށް ހޫނުކުރުވަން ދޮގު ހަބަރުތައް ފަތުރަމުން
އިސްރާއީލުގެ މީޑިއާތަކުން ގެންދަނީ އީރާނުގެ މުޒާހަރާތައް އިތުރަށް ހޫނުކުރުވަން ދޮގު ހަބަރުތައް ފަތުރަމުން
ޚުލާސާ

އީރާނު މުޒާހަރާތަކުގައި 45މީހުން މަރުވެ 2000 މީހުން ހައްޔަރުކުރިއިރު އިސްރާއީލު މީޑިއާތަކުން ހަބަރުފަތުރަނީ 217 މީހުން މަރާލައި 10،000މީހުން ހައްޔަރުކޮށް 8000އެއްހާ މީހުން ޒަހަމްކޮށްފައިވާ ކަމަށް.

އީރާނުގައި މިހާރު ކުރިޔަށްދާ މުޒާހަރާތަކުގައި މިއަދުގެ ހެނދުނާއި ހަމަޔަށް އާންމު ރައްޔިތުންގެ 200 މީހުން މަރާލައިފި ކަމަށް ބުނެ އިސްރާއީލުގެ މީޑިއާތަކުން ދޮގު ހަބަރު ފަތުރަން ފަށައިފިއެވެ.

އިސްރާއީލުގެ މީޑިއާތަކުން ހަބަރު ފަތުރާ ގޮތުގައި އީރާނުގައި އޮތް އިސްލާމީ ވެރިކަމާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް ތެހެރާނު ސަރުކާރުން ގެންދަނީ ގަސްދުގައި މީހުން މަރަމުންނެވެ. އަނެއްކޮޅުން ޔަހޫދީން ފަންޑުކުރާ ޓައިމް މެގަޒިން އިން ވެސް ހަބަރު ފަތުރަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށެވެ. ނަން ނުޖެހުމަށް ޝަރުތުކޮށް ތެހެރާނުގެ ޑޮކްޓަރަކު ބުންޏޭ ކިޔައި އެ މީޑިއާއިން ހަބަރު ފަތުރާ ގޮތުގައި، ތެހެރާނުގެ ހަ ހޮސްޕިޓަލެއްގައި މަދުވެގެން 217 މީހުން މަރުވެފައިވާ ކަމަށް ރެކޯޑްކޮށްފައިވެއެވެ. އޭގެތެރޭގައި ގިނައީ ފުލުހުން ގަސްދުގައި ބޮލަށް ބަޑި ޖަހައި މަރައިލި މީހުންނެވެ.

މީގެ އިތުރުން އސްރާއީލުގެ މީޑިއާތަކުން ބުނަނީ 10 ހާހެއްހާ މީހުން ހައްޔަރުކޮށް 5000-8000 މީހުންނަށް އީރާނު ފުލުހުން ވަނީ އަނިޔާ ކޮށްފައި ކަމަށެވެ.

Advertisement

Advertisement 1

ނަމަވެސް އީރާނުގެ އިތުބާރުހުރި މަސްދަރުތަކުން ބުނަނީ މުޒާހަރާތައް ހޫނުކުރުމަށް ސަރުކާރާއި އިދިކޮޅު އެޖެންޓުންތަކުގެ ނިވަލުގައި މުޒާހަރާގެ ބައިވެރިން ގެންދަނީ މީހުންނަށް ހަމަލާދީ މަރަމުންނެވެ. އަދި ސަލާމަތީ ބާރުތަކާއި ކުރިމަތިލަމުން ކަމަށާއި، ސަލާމަތީ ބާރަުތަކުން ހަމަލާ ދެނީ ދިފާއުގައި ކަމަށެވެ. އީރާނުގެ މީޑިއާތަކުން ބުނީ ޑިސެންބަރު ފަހުކޮޅުން ފެށިގެން 45 މީހުން މަރުވެފައިވާ ކަމަށާއި، 2000 އެއްހާ މީހުން ހައްޔަރުކޮށްފައިވާއިރު، މުޒާހަރާތަކުގެ ފުރިހަމަ ޒިންމާ ސަރުކާރުން ނަގާ ކަމަށެވެ.

ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ވަނީ މުޒާހަރާ ތަކާއި ބޭރުގެ ދުޝްމަނުންނާއި ގުޅުން އެބައޮތް ކަމަށާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަތުގައި އީރާނުގެ ރައްޔިތުންގެ ލޭ “ހޭކިފައި”ވާ ކަމަށެވެ.

އީރާނުގައި މުޒާހަރާ ކުރަމުން ގެންދަމީ އެތައް ޒަމާނެއް ވަންދެން އެމެރިކާ އާއި ހުޅަނގުން އެ ޤައުމާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން މުދަލުގެ އަގު ބޮޑުވުން ފަދަ ކަންތަކާއި ގުޅިގެންނެވެ. މުޒާހަރާތައް ފެށީ އެމެރިކާ އަޑީގައި އޮވެގެން ކަމަށް ތެހެރާނުން ތުހުމަތު ކުރެއެވެ.

އީރާންމުޒާހަރާއިސްރާއީލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕެރޫ އިން އީރާނާއި ގުޅުން ކަނޑާލައިފި، އީރާނުން ބުނީ "ހެވޭ"

ޕެރޫ އިން އީރާނާއި ގުޅުން ކަނޑާލައިފި، އީރާނުން ބުނީ "ހެވޭ"

1 ދުވަސް ކުރިން - 19:37

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

2 ދުވަސް ކުރިން - 20:35

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

5 ދުވަސް ކުރިން - 14:55

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ސައުދީގެ ތެޔޮ ޓޭންކަރަކަށް އީރާނުން ދިން ހަމަލާއެއްގައި ދެ ފަޅުވެރިއަކު މަރުވެއްޖެ

ހުރްމުޒް ކަނޑުއޮޅީގައި ސައުދީ ތެޔޮ ޓޭންކަރަކަށް ހަމަލާދީ ދެމީހުން މަރުވެއްޖެ

6 ދުވަސް ކުރިން - 10:50

ބާރުގެ ބޭނުން ކޮށްގެން މެޑްރިޑްގެ މުޒާހަރާ ރޫޅާލައިފި

ބާރުގެ ބޭނުން ކޮށްގެން މެޑްރިޑްގެ މުޒާހަރާ ރޫޅާލައިފި

6 ދުވަސް ކުރިން - 05:32

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

7 ދުވަސް ކުރިން - 04:34