Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމެރިކާ އިން ހަމަލާ ދީފާނެތީވެ، ވެނެޒުއެލާގެ ރާގު ބަދަލުވެއްޖެ

އެމެރިކާ އިން ހަމަލާ ދީފާނެތީވެ، ވެނެޒުއެލާގެ ރާގު ބަދަލުވެއްޖެ

ޢަބްދުﷲ ޖުނައިދު
244 ދުވަސް ކުރިން - 8 ޖެނުއަރީ 2026 11:27
ވެނެޒުއެލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް (ކ) އާއި ހަވާލާދީ ހަބަރުތައް ބުނަނީ އެމެރިކާ މެދުވެރިކޮށް ތެޔޮ ވިއްކަނީ ވެނެޒުއެލާއަށް ފައިދާވާ ގޮތަށް ކަމަށް.
ވެނެޒުއެލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް (ކ) އާއި ހަވާލާދީ ހަބަރުތައް ބުނަނީ އެމެރިކާ މެދުވެރިކޮށް ތެޔޮ ވިއްކަނީ ވެނެޒުއެލާއަށް ފައިދާވާ ގޮތަށް ކަމަށް.
ޚުލާސާ

ވެނެޒުއެލާއިން ބުނީ އެމެރިކާ އާއި އެކު މަޝްވަރާތައް ކުރަމުންދަނީ ވެނެޒުއެލާގެ މިނިވަންކަމަށް އަސަރު ނުކުރާ ގޮތަށް ކަމަށާއި ވެނެޒުއެލާ އަށް ފައިދާވާ ގޮތަށް ކަމަށް.

އެމެރިކާއަށް އެއްބާރުލުން ނުދީފި ނަމަ ވެނެޒުއެލާ އަށް ހަމަލާ ދޭނެ ކަމަށް ބުނެ ރައީސް ޓްރަމްޕް އިންޒާރު ދެއްވުމާއި ގުޅިގެން ކުރިމަތިވަމުންދާ ޕްރެޝަރުތަކާއި އެކު، އެމެރިކާ އަށް ތެޔޮ ދިނުމަށް ވެނެޒުއެލާގެ ސަރުކާރުން މަޝްވަރާ ފަށައިފިއެވެ. 

ވެނެޒުއެލާގެ ވަގުތީ ސަރުކާރުން ބުނީ ތެޔޮ ވިއްކުމުން ފެށިގެން ފުޅާ ދާއިރާއެއްގައި އެމެރިކާ އަށް އެއްބާރުލުން ދިނުމާއި ގުޅޭގޮތުން އެމެރިކާ ސަރުކާރާއި ވެނެޒުއެލާގެ ދައުލަތުގެ ތެޔޮ ކުންފުންޏާއި ދެމެދު ރަސްމީ މަޝްވަރާތައް ފަށާފައިވާ ކަމަށާއި، މުއާމަލާތްތައް ކުރިޔަށް ދަނީ ދެފަރާތަށް ވެސް ފައިދާ ވާނެ ގޮތަކަށެވެ. އަދި އެމެރިކާ އާއި އެކު މަޝްވަރާތައް ކުރަމުންދަނީ ވެނެޒުއެލާގެ މިނިވަންކަމަށް އަސަރު ނުކުރާ ގޮތަށް ކަމަށެވެ.

އިއްޔެ ވެނެޒުއެލާއިން ބުނީ ޓްރަމްޕް ޑިމާންޑްކުރިޔަސް ވެނެޒުއެލާއިން އެމެރިކާ އަށް ތެލެއް ނުދޭނެ ކަމަށެވެ. ނަމަވެސް ވެނެޒުއެލާގެ ރާގު ފަހުން ވަނީ ބަދަލުވެފައެވެ. އެ ގައުމުން ބުނީ އެމެރިކާއަށް ތެޔޮ ދޭނީ ވެނެޒުއެލާގެ ރައްޔިތުންގެ ފައިދާއަށެވެ.

Advertisement

Advertisement 1

ވެނެޒުއެލާއިން 30-50 މިލިއަން ފީފާގެ ތެޔޮ އެމެރިކާ އަށް ފޮނުވާނެ ކަމަށް ޓްރަމްޕް ވެސް އިއްޔެ ވިދާޅުވެފައި ވާއިރު ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ވެނެޒުއެލާގައި ތާށިވެފައި ހުރި 50 މިލިއަނެއްހާ ފީފާގެ ތެޔޮ އެމެރިކާ މެދުވެރިކޮށް ވިއްކާއިރު އެ ފައިސާއިން އެމެރިކާ އަށް ވެސް ބައެއް ލިބޭނެއެވެ. އެމެރިކާ ބޭނުންވަނީ ޑިސްކައުންޓް ރޭޓެކެވެ. އަދި އެ ތެޔޮ އެމެރިކާ އިން ވިއްކާނީ މާކެޓު ރޭޓުގައެވެ.

މި އަހަރުގެ 3 ވަނަ ދުވަހު އެމެރިކާގެ އަސްކަރީ އޮޕަރޭޝަނެއްގައި ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ އަތުލައިގަނެ އެމެރިކާގައި ދައުވާ ކުރަމުންދަނީ ވެސް ވެނެޒުއެލާގެ ގުދުރަތީ މުއްސަނދިކަމަށް އެމެރިކާއިން ބާރު ފޯރުވުމަށް ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް އެމެރިކާ އިން ބުނަނީ މަދޫރޯ ހައްޔަރުކުރީ ޓެރަރިޒަމާއި މަސްތުވާތަކެތީގެ ޓްރެފިކިންގ މައްސަލަތަކާއި ގުޅިގެންނެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަނީ، ވެނެޒުއެލާގެ ތެލުގެ ސިނާޢަތު މެނޭޖް ކުރާނީ އެމެރިކާއިންނެވެ.

އެމެރިކާ އާއި އެކު މަޝްވަރާތައް ކުރަމުންދާ ކަމަށް ވެނެޒުއެލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް ގެ ފަރާތުން ވެސް ކަށަވަރު ކޮށްދީފައިވާއިރު، އޭނާ ވިދާޅުވީ ބޭރުގެ ނުފޫޒެއް ވެނެޒުއެލާއަކަށް ނޯންނާނެ ކަމަށެވެ.

އެމެރިކާވެނެޒުއެލާ
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

7 ގަޑިއިރު ކުރިން - 12:02

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

2 ދުވަސް ކުރިން - 20:35

ޖަލުގައި ހުންނެވި މަދޫރޯގެ ފޮޓޯތަކެއް އާންމުވެފައިވާއިރު އޭނާގެ ޝަރީޢަތް 2027 އަށް ތާވަލުކޮށްފި

އެމެރިކާއިން ރަހީނުކުރި މަދޫރޯގެ ފޮޓޯތަކެއް އާންމު ކޮށްފި

9 ދުވަސް ކުރިން - 15:07

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

11 ދުވަސް ކުރިން - 23:23

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

18 ދުވަސް ކުރިން - 15:57

ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުންދޭ ކަމަށް ބުނެ، އެމެރިކާގެ 30 ސްޓޭޓަކުން މެޓާއާ ދެކޮޅަށް 1 ޓްރިލިއަން ޑޮލަރުގެ ދައުވާއެއް އުފުލައިފި

އެމެރިކާގެ 30 ސްޓޭޓަކުން މެޓާއާ ދެކޮޅަށް ޓްރިލިއަން ޑޮލަރުގެ ދައުވާއެއް އުފުލައިފި

22 ދުވަސް ކުރިން - 17:33