މުސްލިމުންގެ މެދުގައި އޮންނަން ޖެހޭނީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ ދަސްކޮށްދެއްވި އަޚުވަންތަކަން ކަމަށާއި، މި އެއްބައިވަންތަކަމަކީ ހަމައެކަނި ދެއްކުންތެރިކަމެއް ނޫން ކަމަށާއި، ބޭރުގެ ނުފޫޒުތަކުން ސަރަޙައްދީ މަސްލަހަތު ނަގާލުމަށް ކުރާ މަސައްކަތްތައް ހުއްޓުވޭނީ ހުރިހާ މުސްލިމުން އެއްބާރުލުންދީގެން ކަމަށް އިރާނުގެ ރައީސް ވިދާޅުވި.
69 ދުވަސް ކުރިން - 09:26

ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ވިދާޅުވި ގޮތުގައި، މި ހަމަލާ ދިނީ އެ ސަރަހައްދުތަކުގައި ސައުދީ އަރަބިއްޔާ އިން ވާގިވެރިވާ ސިފައިން ބާރު ގަދަކުރަމުންދާ ކަން ފާހަގަކުރެވިގެން.
70 ދުވަސް ކުރިން - 04:33
އިސްރާއީލު ސިފައިން ޣައްޒާއިން ފޭބުމާއި ހަމާސްގެ ހަތިޔާރު ހަވާލުކުރުން އެއްވަގުތެއްގައި ކުރިއަށް ގެންދިއުމަށް އެއްބަސްވެފައިވާއިރު، މިއީ ހަމާސްގެ ބާރުތައް އެއްކޮށް ނައްތާނުލަނީސް އިޒުރޭލު ސިފައިން ފަހަތަށް ޖެހުން ކަމަށްވުމުން، މިއީ އިޒުރޭލުން ބަލި ގަބޫލުކުރުން ކަމަށް އެ ގައުމުގެ މީޑިއާއިން ބުނެފި.
70 ދުވަސް ކުރިން - 23:25
މި މަޝްރޫއަކީ ރާއްޖޭގެ ތިން ސަރަހައްދެއްގައި އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ، އޯގާތެރިކަމާއެކު ބަލަހައްޓައިދޭނެ "އޭޖްޑް ކެއަރ ސެންޓަރު" ތަކެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ކުރިއަށްގެންދެވޭ މުހިންމު މަޝްރޫއެއް.
70 ދުވަސް ކުރިން - 23:12
މިއީ ކުރިން ބައިނަލްއަގުވާމީ ބާރުތަކުގެ ނުފޫޒު އޮތް ވަކިވަކި ރޫޓުތައް އުވާލައި، އީރާނުގެ އައްސޭރިފަށާ ކައިރިން ދަތުރުކުރާ ގޮތަށް ކަނޑައެޅި ބޮޑު ކާމިޔާބީއެއް. މި ބަދަލާއެކު ހުޅަނގުގެ ބާރުތަކަށް ހުރުމުޒްގެ ކޮންޓްރޯލް މުޅިން ގެއްލި، އީރާނުގެ ބާރުވެރިކަން ސަރަހައްދުގައި ދެގުނަވެގެންދާނެ.
71 ދުވަސް ކުރިން - 14:36
އީރާނުގެ މިސައިލް ޓެކްނޮލޮޖީ އަށް ގެނެސްފައިވާ ފަހުގެ ބަދަލުތަކުގެ ސަބަބުން، ހުޅަނގުން ބޭނުންކުރާ އެންމެ ޒަމާނީ ދިފާއީ ނިޒާމުތަކަށް ނޭނގި، އަމާޒުތަކަށް ހަމަލާދިނުމުގެ ފުރުސަތު އީރާނަށް މިހާރު ވަނީ ތަނަވަސްވެފަ. މިއާއެކު ހުޅަނގުން ބޭނުންކުރާ އިލެކްޓްރޯނިކް ހަނގުރާމައިގެ ނިޒާމުތައް މިހާރު ވަނީ ނާކާމިޔާބުވެފަ.
72 ދުވަސް ކުރިން - 09:34
މިއީ މީގެ ގާތްގަނޑަކަށް ތިން އަހަރު ކުރިން، 22 ނޮވެމްބަރު 2023 ގައި އިސްރާއީލުން ޣައްޒާ ސިޓީގެ ސަބްރާ އަވަށަށް ދިން ރަހުމްކުޑަ ބޮންއެޅުމެއްގައި ސުންނާފަތިވި ބްލޮކެއްގެ ދަށުން ފެނުނު ހަށިތަކެއް. އަދިވެސް 157 މީހުންގެ ހަށިގަނޑު ނުނެގި ތާށިވެފައި އެބަހުރި.
73 ދުވަސް ކުރިން - 17:12
މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވެ ބޮޑު ހަނގުރާމައެއް ފެށިދާނެތީވެ، މިވަގުތު ވެސް އޮމާނުން ގެންދަނީ މަސްރަހު ފިނިވޭތޯ އީރާނާއި އެމެރިކާ އާއި ދެމެދު ނުސޯދާ މަޝްވަރާތައް ކުރަމުން.
73 ދުވަސް ކުރިން - 13:10
މިސްރަކީ އާންމުކޮށް ބާރުގަދަ ބިންހެލުންތައް އަންނަ ސަރަހައްދެއް ނޫން ނަމަވެސް، މިއަދު މި އައި ބިންހެލުމަކީ މީގެ 446 ދުވަސް ކުރިން މެޑިޓެރޭނިއަން ކަނޑަށް އައި 6.4 ގެ ބިންހެލުމަށްފަހު އެ ގައުމަށް އައި އެންމެ ބޮޑު ބިންހެލުން.
74 ދުވަސް ކުރިން - 09:36
ދެގައުމުގެ ދެމެދުގައި އުފެދިފައިވާ އަސްކަރީ ކުރިމަތިލުންތަކަށް ހައްލެއް ހޯދުމަށާއި، ބަންދުކޮށްފައިވާ ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމާއި ބެހޭގޮތުން ވާހަކަދެއްކުމަށް ކަމަށް ޓްރަމްޕް ބުނޭ. މަޝްވަރާތައް އަލުން މި ފަށަނީ ސައޫދީ އިން އެމެރިކާ އަށް ޕްރެޝަރު ކޮށްގެން.
74 ދުވަސް ކުރިން - 07:55

މި ހާދިސާ ހިނގާފައިވަނީ ގްރީސްގެ ވެރިރަށް އެތެންސްގެ ހުޅަނގުން އޮންނަ ޖަންގައްޔެއްގައި ރޯވެފައިވާ އަލިފާންގަނޑެއް ނިއްވުމުގެ މަސައްކަތުގައި އެ ދެ ހެލިކޮޕްޓަރު އުޅެނިކޮށް. މިހާދިސާގައި އެކަކު ގެއްލިއްޖެ.
75 ދުވަސް ކުރިން - 21:10
ފިލް ގޯޑަން ވިދާޅުވީ އީރާނަށް މެދުނުކެނޑި ބޮން އެޅުމަކީ އެ ގައުމުން ހުރްމޫޒް ކަނޑުއޮޅި ކޮންޓްރޯލް ކުރުން ނުވަތަ އަވަށްޓެރި ގައުމުތަކަށް ބިރުދެއްކުން ހުއްޓުވޭނެ ކަމެއް ނޫން ކަމަށް.
75 ދުވަސް ކުރިން - 08:43