Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސުންނީންނާއި ޝީޢީން އެކަތިގަނޑަކަށްވެ، ޚިޔާލުތަފާތުވުންތައް ނައްތާލަން ނައްތާލަން އީރާނުން ގޮވާލައިފި

ސުންނީންނާއި ޝީޢީން އެކަތިގަނޑަކަށްވެ، ޚިޔާލުތަފާތުވުންތައް ނައްތާލަން ނައްތާލަން އީރާނުން ގޮވާލައިފި

ހުސައިން އިސްމާއިލް
23 ގަޑިއިރު ކުރިން - 8 އޯގަސްޓް 2026 09:26
އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިއާން.
އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިއާން.
ޚުލާސާ

މުސްލިމުންގެ މެދުގައި އޮންނަން ޖެހޭނީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ ދަސްކޮށްދެއްވި އަޚުވަންތަކަން ކަމަށާއި، މި އެއްބައިވަންތަކަމަކީ ހަމައެކަނި ދެއްކުންތެރިކަމެއް ނޫން ކަމަށާއި، ބޭރުގެ ނުފޫޒުތަކުން ސަރަޙައްދީ މަސްލަހަތު ނަގާލުމަށް ކުރާ މަސައްކަތްތައް ހުއްޓުވޭނީ ހުރިހާ މުސްލިމުން އެއްބާރުލުންދީގެން ކަމަށް އިރާނުގެ ރައީސް ވިދާޅުވި.

ސުންނީންނާއި ޝީޢީން އެކަތިގަނޑަކަށްވެ، ޚިޔާލުތަފާތުވުންތައް ނައްތާލަން ވީ ވަގުތު ޖެހިއްޖެ ކަމަށް އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިއާން ގޮވާލައްވައިފިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މުސްލިމުންގެ މެދުގައި އޮންނަން ޖެހޭނީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ ދަސްކޮށްދެއްވި އަޚުވަންތަކަމެވެ. މި އެއްބައިވަންތަކަމަކީ ހަމައެކަނި ދެއްކުންތެރިކަމެއް ނޫން ކަމަށާއި، ބޭރުގެ ނުފޫޒުތަކުން ސަރަޙައްދީ މަސްލަހަތު ނަގާލުމަށް ކުރާ މަސައްކަތްތައް ހުއްޓުވޭނީ ހުރިހާ މުސްލިމުން އެއްބާރުލުންދީގެން ކަމަށް ޕީޒިޝްކިއާން ފާހަގަކުރެއްވިއެވެ.

ޕީޒިޝްކިއާން މިގޮތަށް ގޮވައިލެއްވީ ސަރަޙައްދީ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެ، އީރާނާއި ދެކޮޅަށް ގަލްފުގެ ގައުމުތައް އަނބުރާލުމަށް އިސްރާއީލާއި އެމެރިކާއިން ބޮޑެތި ރޭވުންތަކެއް ރާވަމުންދާ ދަނޑިވަޅެއްގައެވެ.

އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށް އަސްކަރީ ފިއްތުންތައް ކުރިމަތިކުރަމުންދާއިރު، އީރާނުގެ އެތެރޭގެ ޚިޔާލުތަފާތުވުންތަކުގެ ފައިދާ ނެގުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

Advertisement

Advertisement 1

އަނެއްކޮޅުން ހުރްމުޒް ކަނޑުއޮޅީގެ ވިޔަފާރި ދަތުރުފަތުރުތައް އަލުން ހުޅުވާލުމާ ބެހޭގޮތުން އީރާނާއި އޮމާނާ ދެމެދު މުހިންމު މަޝްވަރާތަކެއް ކުރިއަށްދާކަން ވެސް ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރެއެވެ. އީރާނުން ބޭނުންވަނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، ހަނގުރާމަ އެއްކޮށް ހުއްޓާލުމަށެވެ.

އީރާނުގެ ރައީސް ވިދާޅުވީ، ބޭރުގެ ބާރުތަކުން ގައުމު ބައިބައިކުރަން ކުރާ މަސައްކަތްތައް ނާކާމިޔާބު ކޮށްލެވޭނީ ސަރަޙައްދީ ގައުމުތަކާއި އެތެރޭގެ ބާރުތައް އެއްގަލަކަށް އަރައިގެންނެވެ.

އީރާންމަސްޢޫދު ޕީޒިޝްކިއާން
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނަގަން އުޅުނު ކޮންޓްރޯލް އެމެރިކާއަށް ގެއްލި، އީރާނުން ހުރްމުޒްގެ “ރަސްކަން” އަތުލައިފި

ނަގަން އުޅުނު ކޮންޓްރޯލް އެމެރިކާއަށް ގެއްލި، އީރާނުން ހުރްމުޒްގެ “ރަސްކަން” އަތުލައިފި

2 ދުވަސް ކުރިން - 14:36

އީރާނު މިސައިލުގެ ގާބިލްކަމުން ސުޕަޕަވަރުގެ ނިދި ނަގާލައިފި

އީރާނު މިސައިލުގެ ގާބިލްކަމުން ސުޕަޕަވަރުގެ ނިދި ނަގާލައިފި

3 ދުވަސް ކުރިން - 09:34

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުންދީފި

4 ދުވަސް ކުރިން - 13:10

ސައޫދީގެ ޕްރެޝަރާއި އެކު އީރާނާއި އެމެރިކާ އާއި ދެމެދު މިއަދު އަލުން މަޝްވަރާ ފަށަނީ

އީރާނާއި އެމެރިކާއާއި ދެމެދު މިއަދު އަލުން މަޝްވަރާ ފަށަނީ

6 ދުވަސް ކުރިން - 07:55

އީރާނުގެ ހަކަތައަށް ހަމަލާ ދީދި ނަމަ ސައޫދީއަށް ވޭންދެނިވި ހަމަލާތަކެއް ދޭނަން: އީރާން

އީރާނުގެ ހަކަތައަށް ހަމަލާ ދީފިނަމަ ސައޫދީއަށް ވޭންދެނިވި ހަމަލާތަކެއް ދޭނަން: އީރާން

7 ދުވަސް ކުރިން - 08:42

އީރާނާއި އަވަށްޓެރިންނަށް އަމާޒުކުރާ ހަމަލާތައް ހުއްޓުވަން އިރާގު ސިފައިން ނުކުންނަނީ

އީރާނަށް ދޭ ހަމަލާތައް ހުއްޓުވަން އިރާގު ސިފައިން ނުކުންނަނީ

7 ދުވަސް ކުރިން - 08:41