Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އީރާނު މިސައިލުގެ ގާބިލްކަމުން ސުޕަޕަވަރުގެ ނިދި ނަގާލައިފި

އީރާނު މިސައިލުގެ ގާބިލްކަމުން ސުޕަޕަވަރުގެ ނިދި ނަގާލައިފި

ހުސައިން އިސްމާއިލް
16 ގަޑިއިރު ކުރިން - 5 އޯގަސްޓް 2026 09:34
އީރާނުގެ މިސައިލެއް.
އީރާނުގެ މިސައިލެއް.
ޚުލާސާ

އީރާނުގެ މިސައިލް ޓެކްނޮލޮޖީ އަށް ގެނެސްފައިވާ ފަހުގެ ބަދަލުތަކުގެ ސަބަބުން، ހުޅަނގުން ބޭނުންކުރާ އެންމެ ޒަމާނީ ދިފާއީ ނިޒާމުތަކަށް ނޭނގި، އަމާޒުތަކަށް ހަމަލާދިނުމުގެ ފުރުސަތު އީރާނަށް މިހާރު ވަނީ ތަނަވަސްވެފަ. މިއާއެކު ހުޅަނގުން ބޭނުންކުރާ އިލެކްޓްރޯނިކް ހަނގުރާމައިގެ ނިޒާމުތައް މިހާރު ވަނީ ނާކާމިޔާބުވެފަ.

އީރާނުގެ ބެލިސްޓިކް މިސައިލްތަކުގެ ފަހުގެ ކުރިއެރުންތަކާއި އެކު، ހުޅަނގުގެ އަސްކަރީ ބާރުތަކާއި ދުނިޔޭގެ ސުޕަޕަވަރުންގެ މެދުގައި ބޮޑު ސިހުމަކާއި ކަންބޮޑުވުމެއް އުފެދިއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، އީރާނުގެ މިސައިލް ޓެކްނޮލޮޖީ އަށް ގެނެސްފައިވާ އިންގިލާބީ ބަދަލުތަކުގެ ސަބަބުން، ހުޅަނގުން ބޭނުންކުރާ އެންމެ ޒަމާނީ ދިފާއީ ނިޒާމުތަކަށް ނޭނގި، އަމާޒުތަކަށް ހަމަލާދިނުމުގެ ފުރުސަތު އީރާނަށް މިހާރު ވަނީ ތަނަވަސްވެފައެވެ. މިއީ މެދުއިރުމަތީގެ އަސްކަރީ ތިލަފަތް މުޅިން ބަދަލުކޮށްލި ކަމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.

އާންމުވެފައިވާ އަސްކަރީ ރިޕޯޓްތައް ބުނާގޮތުން، އީރާނުގެ ބެލިސްޓިކް މިސައިލްތަކުގައި ޖޭމްކުރުމާ ދެކޮޅު (އެންޓި-ޖޭމިންގ) ކުރިއަރާފައިވާ ގާބިލުކަން ހުރިކަން ފުރަތަމަ ފަހަރަށް މިވަނީ ސާބިތުވެފައެވެ. ވަކިން ހާއްސަކޮށް، މިސައިލްގެ ސައްހަކަން އިތުރުކުރުމަށްޓަކައި އޭގެ ވޯހެޑްތަކުގައި 4-އެލެމެންޓްގެ ޖީއެންއެސްއެސް/ޖީޕީއެސް މޮޑިއުލްއެއް ހަރުކޮށްފައިވާކަން ވަނީ ހާމަވެފައެވެ.

Advertisement

Advertisement 1

އީރާނުގެ މިސައިލް ޖޭމް ނުކުރެވޭ ގޮތަށް ހަރުކޮށްފައިވާ ޓެކްނޮލޮޖީ.

މިއީ ފާއިތުވި މަސްތަކުގައި އީރާނުގެ ބެލިސްޓިކް މިސައިލްތަކުގެ އަމާޒަށް ވާސިލްވުމުގެ ސައްހަކަމާއި، އޭގެ ނުރައްކާތެރިކަން އިންތިހާއަށް އިތުރުވެގެންދިޔަ މައިގަނޑު ސަބަބެވެ.

މި އައު ޓެކްނޮލޮޖީގެ ސަބަބުން ހުޅަނގުގެ ގައުމުތަކުން ބޭނުންކުރާ ސިގްނަލް ބްލޮކްކުރާ ނުވަތަ މިސައިލްގެ މަގު އޮޅުވާލާ އިލެކްޓްރޯނިކް ހަނގުރާމައިގެ ނިޒާމުތައް މިހާރު ވަނީ ނާކާމިޔާބުވެފައެވެ.

އީރާނުގެ މިސައިލްތަކަށް ހުރަސްއެޅުމަކީ އެމެރިކާ ފަދަ ސުޕަޕަވަރުންނަށް ވެސް ބޮޑު ގޮންޖެހުމަކަށް ވެފައިވާއިރު، މިއީ ހުޅަނގުގެ އަސްކަރީ ނުފޫޒަށް އޮތް ބޮޑު ބިރެކެވެ. މި ސަބަބަށްޓަކައި، އީރާނުގެ މިސައިލް ޕްރޮގްރާމް ހުއްޓުވުމަށް ބައިނަލްއަގުވާމީ މައިދާނުގައި އައު ފިޔަވަޅުތަކެއް އެޅުމަށް ސުޕަޕަވަރުން ދަނީ ކުއްލި މަޝްވަރާތަކެއް ކުރަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އީރާންދުނިޔެ
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުންދީފި

1 ދުވަސް ކުރިން - 13:10

މިސްރަށް ބިންހެލުމެއް އައިސްފި

މިސްރަށް ބިންހެލުމެއް އައިސްފި

2 ދުވަސް ކުރިން - 09:36

ސައޫދީގެ ޕްރެޝަރާއި އެކު އީރާނާއި އެމެރިކާ އާއި ދެމެދު މިއަދު އަލުން މަޝްވަރާ ފަށަނީ

އީރާނާއި އެމެރިކާއާއި ދެމެދު މިއަދު އަލުން މަޝްވަރާ ފަށަނީ

2 ދުވަސް ކުރިން - 07:55

އީރާނުގެ ހަކަތައަށް ހަމަލާ ދީދި ނަމަ ސައޫދީއަށް ވޭންދެނިވި ހަމަލާތަކެއް ދޭނަން: އީރާން

އީރާނުގެ ހަކަތައަށް ހަމަލާ ދީފިނަމަ ސައޫދީއަށް ވޭންދެނިވި ހަމަލާތަކެއް ދޭނަން: އީރާން

3 ދުވަސް ކުރިން - 08:42

އީރާނާއި އަވަށްޓެރިންނަށް އަމާޒުކުރާ ހަމަލާތައް ހުއްޓުވަން އިރާގު ސިފައިން ނުކުންނަނީ

އީރާނަށް ދޭ ހަމަލާތައް ހުއްޓުވަން އިރާގު ސިފައިން ނުކުންނަނީ

3 ދުވަސް ކުރިން - 08:41

ކުވެއިތުގައި ހުންނަ އެމެރިކާގެ އެއާބޭހަށް އީރާނުން ވަރުގަދަ ޑްރޯން ޙަމަލާތަކެއް ދީފި

ކުވެއިތުގައި ހުންނަ އެމެރިކާގެ އެއާބޭހަށް އީރާނުން ޙަމަލާތަކެއް ދީފި

4 ދުވަސް ކުރިން - 07:29