އީރާނަށް އިތުރު ހަމަލާތަކެއް ދިނުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ކުރީގެ ސެކިއުރިޓީ އޮފިޝަލް ފިލް ގޯޑަން ދެކޮޅު ހައްދަވައިފިއެވެ.
ބައިޑަންގެ ސަރުކާރުގައި، ކުރީގެ ނައިބު ރައީސް ކަމަލާ ހަރިސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމު ފުރުއްވި ފިލް ގޯޑަން ވިދާޅުވީ އީރާނަށް މެދުނުކެނޑި ބޮން އެޅުމަކީ އެ ގައުމުން ހުރްމޫޒް ކަނޑުއޮޅި ކޮންޓްރޯލް ކުރުން ނުވަތަ އަވަށްޓެރި ގައުމުތަކަށް ބިރުދެއްކުން ހުއްޓުވޭނެ ކަމެއް ނޫން ކަމަށެވެ.
އެކްސް ގައި ކުރެއްވި ދިގު ޕޯސްޓެއްގައި ގޯޑަން އިންޒާރު ދެއްވި ގޮތުގައި، ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާނުގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރަށް ހަމަލާދިން ނަމަވެސް، އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމެއް ހުއްޓުވައެއް ނުލެވޭނެއެވެ. އަދި އޭގެ ބަދަލުގައި އީރާނުން ގަލްފް ސަރަހައްދުގެ މަދަނީ ވަސީލަތްތަކަށް ހަމަލާދޭން ފެށުމުން، އޭގެ ބަދަލު ހިފުމުގެ އަގު އަތްނުފޯރާ ފަށަށް ބޮޑުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އީރާނުގެ އަވަށްޓެރިންނަށާއި ދުނިޔެއަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ގާބިލްކަން އެ ގައުމުގައި އެބަހުރި. މިއީ ޓްރަމްޕް ކުރައްވާ ބިރުދެއްކުންތަކުން ނުވަތަ ކުރިމަތިލުންތަކުން ބޭނުންވާ މަގްސަދު ހާސިލްނުވާނެ ސަބަބަކީ،" ގޯޑަން ވިދާޅުވިއެވެ.









