Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހޫތީން ދިން ވަރުގަދަ ހަމަލާއެއްގައި ޔަމަން ސަރުކާރުގެ 58 ސިފައިން މަރުވެއްޖެ

ހޫތީން ދިން ވަރުގަދަ ހަމަލާއެއްގައި ޔަމަން ސަރުކާރުގެ 58 ސިފައިން މަރުވެއްޖެ

ހުސައިން އިސްމާއިލް
4 ގަޑިއިރު ކުރިން - 7 އޯގަސްޓް 2026 04:33
ހޫތީން ދިން ވަރުގަދަ ހަމަލާއެއްގައި ޔަމަން ސަރުކާރުގެ 58 ސިފައިން މަރުވެއްޖެ
ޚުލާސާ

ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ވިދާޅުވި ގޮތުގައި، މި ހަމަލާ ދިނީ އެ ސަރަހައްދުތަކުގައި ސައުދީ އަރަބިއްޔާ އިން ވާގިވެރިވާ ސިފައިން ބާރު ގަދަކުރަމުންދާ ކަން ފާހަގަކުރެވިގެން.

ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ދިން ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކެއްގައި، ޔަމަން ސަރުކާރުގެ މަދުވެގެން 58 ސިފައިން މަރުވެ، 50 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ. ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޫތީންގެ ބެލިސްޓިކް މިސައިލްތަކާއި ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯންތައް އަމާޒުކޮށްފައިވަނީ ޔަމަނުގެ މެދުތެރޭ އަދި އިރުމަތީގައިވާ މާރިބް އަދި ހަޟްރަމައުތު ޕްރޮވިންސްގައި ހުންނަ ސަރުކާރުގެ އަސްކަރީ ކޭމްޕުތަކަށެވެ.

މިއީ 2022 ވަނަ އަހަރު ގާއިމުކުރި ސުލްހައިގެ އެއްބަސްވުމަށްފަހު، އެ ގައުމުގައި ހިނގި އެންމެ ލޭއޮހޮރުވުން ބޮޑު އަދި ނުރައްކާތެރި އަސްކަރީ ކުރިމަތިލުމެވެ.

ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ވިދާޅުވި ގޮތުގައި، މި ހަމަލާ ދިނީ އެ ސަރަހައްދުތަކުގައި ސައުދީ އަރަބިއްޔާއިން ވާގިވެރިވާ ސިފައިން ބާރުގަދަކުރަމުންދާކަން ފާހަގަކުރެވިގެންނެވެ.

Advertisement

Advertisement 1

ހޫތީން ވަނީ ހަމަ މި ވަގުތާ ދިމާކޮށް ސައޫދީ އަރަބިއްޔާގެ ދެކުނު ބޯޑަރު ސަރަހައްދެއް ކަމަށްވާ ނަޖްރާން އަށްވެސް މިސައިލް ހަމަލާތަކެއް ދީފައެވެ. އެ ހަމަލާގައި ސައޫދީގެ އާންމުން ހިމެނޭހެން 11 މީހަކު ޒަޚަމްވެފައިވާ ކަމަށް ސައޫދީ ކޯލިޝަނުން ރިޕޯޓްކުރެއެވެ. ޒަޚަމްވި މީހުންގެ ހާލު ސީރިއަސްވުމުގެ ސަބަބުން ސަރުކާރު ސިފައިންގެ ތެރެއިން މަރުވި މީހުންގެ ޖުމްލަ އަދަދު 58 އަށް އަރާފައިވާކަން އަސްކަރީ މަސްދަރުތަކުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.

މީގެ ރައްދު ހޫތީންނަށް ދޭނެކަމަށް ބުނެ، ޔަމަނުގެ ހެލްތު މިނިސްޓްރީން ވަނީ އެ ސަރަހައްދުގެ ހޮސްޕިޓަލްތައް ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ. ބައިނަލްއަގުވާމީ މުޖުތަމައުން، ޚާއްޞަކޮށް އެމެރިކާއިން ވަނީ ހޫތީންގެ މި އަމަލަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ބުނެ ކުށްވެރިކޮށްފައެވެ.

ހޫޘީ ޖަމާޢަތްޔަމަންސައޫދީ އަރަބިއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނާއެކު މަޝްވަރާ ކުރުމަށް ޓްރަމްޕަށް މަޖުބޫރުކުރުވީ ސައޫދީ

އީރާނާއެކު މަޝްވަރާ ކުރުމަށް ޓްރަމްޕަށް މަޖުބޫރުކުރުވީ ސައޫދީ

3 ދުވަސް ކުރިން - 10:26

އީރާނުގެ ހަކަތައަށް ހަމަލާ ދީދި ނަމަ ސައޫދީއަށް ވޭންދެނިވި ހަމަލާތަކެއް ދޭނަން: އީރާން

އީރާނުގެ ހަކަތައަށް ހަމަލާ ދީފިނަމަ ސައޫދީއަށް ވޭންދެނިވި ހަމަލާތަކެއް ދޭނަން: އީރާން

5 ދުވަސް ކުރިން - 08:42

ސައޫދީއަށް ކަނޑު މަގުން ނުވަދެވޭނެ ކަމަށް ހޫޘީން އިޢުލާން ކޮށްފި

ސައޫދީއަށް ކަނޑު މަގުން ނުވަދެވޭނެ ކަމަށް ހޫޘީން އިޢުލާން ކޮށްފި

16 ދުވަސް ކުރިން - 09:27

ޔަމަނުގެ ސަރުކާރުން ސަންޢާ އެއާޕޯޓަށް ހަމަލާދީފި، ހޫޘީން ބެލިސްޓިކް މިސައިލް ފޮނުވާލުމާއެކު މަޝްރަހު ގޯސްވެއްޖެ

ޔަމަނުގެ ސަރުކާރުން ސަންޢާ އެއާޕޯޓަށް ހަމަލާދީފި

24 ދުވަސް ކުރިން - 00:36

ސައުދީއާއި ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރުން ބައްދަލުކުރައްވައި، ދިފާއީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ސައުދީއާއި ރާއްޖެއާ ދެމެދު ދިފާއީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

37 ދުވަސް ކުރިން - 22:38

ވޯލްޑް ކަޕް: ރޭ ކުޅުނު ހުރިހާ މެޗެއް އެއްވަރުވެ، ގްރޫޕްތަކުގެ ވާދަވެރިކަން ބޮޑުވެއްޖެ

ރޭ ކުޅުނު ހުރިހާ މެޗެއް އެއްވަރުވެ، ގްރޫޕްތަކުގެ ވާދަވެރިކަން ބޮޑުވެއްޖެ

51 ދުވަސް ކުރިން - 12:14