ޓްރަމްޕް ވިދާޅުވި ގޮތުގައި އީރާން "ޑިނިއުކްލިއަރައިޒް" ކުރުމަށް އެހީތެރިވެދިނުމަށް ސައުތު ކޮރެއާގެ ރައީސްގެ ކިބައިން އެދިވަޑައިގަތް. ނަމަވެސް، ސައުތު ކޮރެއާގެ ރައީސް ޓްރަމްޕްގެ އެ ހުށަހެޅުއްވުމަށް އިންކާރު ކުރައްވައި، "ނޫނެކޭ، ޝުކުރިއްޔާ" އޭ ވިދާޅުވި.
60 ދުވަސް ކުރިން - 11:18
އިންޑޮނޭޝިއާ އަށް އައި ބާރުގަދަ ބިންހެލުމަށް ފަހު 230 ލޮޅުން އެރި. މިހާތަނަށް 51 މީހުން މަރުވެފައިވާއިރު އެއްބަޔަކު ވަނީ ގެއްލިފަ. މިއީ 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް.
61 ދުވަސް ކުރިން - 10:03
މިއެއްބަސްވުމަކީ މެންބަރު ގައުމަކަށް ޙަމަލާއެއް އަތުވެއްޖެނަމަ އެކުގައި ފިޔަވަޅުއަޅާނެ އެއްބަސްވުމެއް. މީގެއިތުރުން، ސޫރިޔާ، ގައްޒާ އަދި ލުބުނާން އެކަނި ދޫނުކުރާނެ ކަމަށާއި، އިސްރާއީލުގެ އުދުވާނުތަކާ ދެކޮޅަށް ތުރުކީން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް އެރްދޮގާން ވިދާޅުވި.
61 ދުވަސް ކުރިން - 09:38
މި ހާދިސާގައި އެތައް އިމާރާތެއް ވެއްޓި، 2،000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފަ. ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް ފަހުން ވަނީ އުވާލާފަ. މަގުތައް ބަންދުވުމުގެ ސަބަބުން އެހީ ފޯރުކޮށްދިނުމަށް ގޮންޖެހުންތައް ކުރިމަތިވެފައިވާއިރު، މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވޭ.
62 ދުވަސް ކުރިން - 19:32
މި އާ 15،000 ކިލޯމީޓަރުގެ މަޝްރޫޢަކީ އެގައުމުގެ ސައިންސްވެރިންނާއި އަސްކަރީ މާހިރުންގެ އަމިއްލަ އީޖާދެއް ކަމަށާއި މި މިސައިލްގެ ބޭނުމަކީ އެމެރިކާގެ ކޮންމެ ތަނަކަށް ހަމަލާދީ، އަދި އީރާނުގެ ދިފާޢު ވެސް ވަރުގަދަ ކުރުން ކަމަށް ތެހެރާނުން ބުނޭ.
63 ދުވަސް ކުރިން - 10:11

މިސްރަކީ އެމެރިކާގެ ވަރަށް ބޮޑު އަސްކަރީ ބައިވެރިއެއް. މީގެ އިތުރުން އިސްރާއީލާ އެކު ވެސް ސިޔާސީ އަދި ސަލާމަތީ އާއި ވިޔަފާރީގެ ގޮތުން ވަރަށް ބޮޑަށް ގުޅިފައިވާ.
65 ދުވަސް ކުރިން - 16:27
މެޝިރަީތައް ނެތުމުންނާއި ގޮވާޒާތުގެ ތަކެތި ނުގޮވައި ހުރުމުގެ ސަބަބުން މީހުން ސަލާމަތްކުރާ ފަރާތްތަކަށް އެ ސަރަހައްދުތަކަށް ވަނުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފަ. މިކަމުގެ ސަބަބުން ކޮންމެ ދުވަހަކުވެސް އާއިލާތަކުން ތިބެންޖެހެނީ އެމީހުންގެ އާއިލާގެ މެންބަރުންގެ ހަށިގަނޑު ފެންނާނެ ވަގުތެއްގެ އިންތިޒާރުގަ.
65 ދުވަސް ކުރިން - 14:25

މިއަދު ލިބުނު އެންމެ ފަހުގެ މައުލޫމާތު ތަކާއެކު މަރުވި މީހުންގެ އަދަދު 140 އާއި ގާތްކުރާއިރު، 570 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވޭ.
66 ދުވަސް ކުރިން - 14:16
އީރާނު ތަރުޖަމާނު ވިދާޅުވީ، އެމީހުން އުފެއްދި މިސައިލަކީ ވަކި ހާއްސަ އަމާޒަކަށް ފޮނުވާލާ މިސައިލެއް ނަމަވެސް، ދަތުރުގެ މެދުތެރެއިން ކުއްލިއަކަށް އޭގެ މިސްރާބު ބަދަލުކޮށް، ދެވަނަ އަމާޒަކަށް ފޮނުވާލުމުގެ ފުރުސަތު އެމީހުންނަށް އޮންނާނެ ކަމަށް.
66 ދުވަސް ކުރިން - 11:08
އެއްބަސްވި "ޔެލޯ ލައިން" ބޯޑަރުގެ ފަހަތަށް އިސްރާއީލުގެ ސިފައިން ޖެހުމަށް ލާޒިމުކުރޭ. ނަމަވެސް ނަތަންޔާހޫ ވަނީ މި މާއްދާއަށް ފާޅުގައި އިންކާރުކޮށް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމުގެ އެއްވެސް ވިސްނުމެއް އިސްރާއީލުގެ ނެތްކަން ތަކުރާރުކޮށްފަ.
67 ދުވަސް ކުރިން - 07:41
މިސްކިތުގެ މެދުގައި ހުންނަ 120 އަކަމީޓަރުގެ ބޮޑު ގުއްބު ސިސްޓަމް ކޮންޓްރޯލް ކުރަނީ ރިމޯޓް ކޮންޓްރޯލެއްގެ އެހީގަ. މި ފަރުމާގެ ސަބަބުން ހޫނު މޫސުމުގެ ދުވަސްތަކުގައި، އާޓިފިޝަލް އެއާކޮންޑިޝަންތައް ބޭނުންކުރުމުގެ ބަދަލުގައި، ގުއްބު ހުޅުވާލައިގެން ޤުދުރަތީ ވައިގެ އެހީގައި މިސްކިތުގެ އެތެރެ އެއްކޮށް ފިނިކޮށްލެވޭ.
67 ދުވަސް ކުރިން - 06:43
މެސީގެ ބައްޕަ މަރުވީ ފަރުވާ ދެމުން ދަނިކޮށް. އާޖެންޓީނާގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މެސީގެ ބައްޕަގެ ގައިގައި ކެންސަރު ބަލި ހުރިކަން ދެނެގަނެވުނުއިރު ވަނީ ލަސްވެފަ.
68 ދުވަސް ކުރިން - 10:11