މިދިޔަ ހަފުތާގައި ސައޫދީ އަރަބިއްޔާ އާއި ޕާކިސްތާނާ ދެމެދު ސޮއިކުރި "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމެންޓް" ގައި މިސްރު ބައިވެރިކުރުމަށް ސައޫދީ އަރަބިއްޔާއިން ދެކޮޅު ހަދައިފިއެވެ. ދިވެހިރާއްޖެވެސް ބައިވެރިވާން ބޭނުން، މި ބާރުގަދަ ދިފާއީ އިއްތިހާދުގައި މިސްރު ހިމެނުމަށް ބައެއް ފަރާތްތަކުން ބާރުއެޅި ނަމަވެސް، ރިޔާޟްއިން ވަނީ އެކަމަށް އިންކާރުކޮށްފައެވެ.

މި މަޝްވަރާތަކުގެ މައުލޫމާތު އެނގޭ ސައޫދީގެ ތިން މަސްދަރަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ސައޫދީ ޝާހީ އާއިލާގެ ކުރީގެ އިސް މުޝީރަކު ވިދާޅުވީ "މިވަގުތަށް" މިސްރު މި އިއްތިހާދުގައި ބައިވެރިކުރަން ސައޫދީން ބޭނުން ނުވާ ކަމަށެވެ.

މިސްރު މި އެއްބަސްވުމުން ބޭރުކޮށްފައި މިވަނީ، އެ ގައުމަކީ އެމެރިކާގެ ބޮޑު އަސްކަރީ ބައިވެރިއަކަށް ވުމުގެ އިތުރުން، އިސްރާއީލާ އެކު ވެސް ސިޔާސީ އަދި ސަލާމަތީ ގާތް ގުޅުންތަކެއް ބާއްވަމުންދާ ގައުމަކަށް ވާތީ ކަމަށް މަސްދަރުތަކުން ފާހަގަކުރެއެވެ.