Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ތުރުކީ، ސައޫދީ އަދި ޕާކިސްތާނުގެ ދިފާއީ އެއްބަސްވުމާ މިސްރު ގުޅުމުގެ ފުރުސަތު އެބައޮތް: އެރްދޮގާން

ތުރުކީ، ސައޫދީ އަދި ޕާކިސްތާނުގެ ދިފާއީ އެއްބަސްވުމާ މިސްރު ގުޅުމުގެ ފުރުސަތު އެބައޮތް: އެރްދޮގާން

އައިޝަތު ރުވާ ރިފްޢަތު
3 ގަޑިއިރު ކުރިން - 16 އޯގަސްޓް 2026 09:38
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އެރްދޮގާން---
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އެރްދޮގާން---
ޚުލާސާ

މިއެއްބަސްވުމަކީ މެންބަރު ގައުމަކަށް ޙަމަލާއެއް އަތުވެއްޖެނަމަ އެކުގައި ފިޔަވަޅުއަޅާނެ އެއްބަސްވުމެއް. މީގެއިތުރުން، ސޫރިޔާ، ގައްޒާ އަދި ލުބުނާން އެކަނި ދޫނުކުރާނެ ކަމަށާއި، އިސްރާއީލުގެ އުދުވާނުތަކާ ދެކޮޅަށް ތުރުކީން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް އެރްދޮގާން ވިދާޅުވި.

ތުރުކީ، ސައޫދީ ޢަރަބިއްޔާ އަދި ޕާކިސްތާނާ ދެމެދު ދާދިފަހުން ގާއިމުކުރި ގުޅިފައިވާ ދިފާޢީ އެއްބަސްވުމުގައި މިސްރު ބައިވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އެރްދޮގާން ވިދާޅުވެއްޖެއެވެ.

އެރްދޮގާން ވިދާޅުވީ، މައްކާގައި ސޮއިކުރެވުނު މި ދިފާއީ އެއްބަސްވުމުގެ ދަށުން، އެއްބަސްވުމުގައި ބައިވެރިވާ އެއްވެސް ގައުމަކަށް ބޭރުގެ ހަމަލާއެއް އަތުވެއްޖެނަމަ، އެކުގައި ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. އަދި މި އެއްބަސްވުމަކީ މުޅި ދުނިޔެއަށް ދެވުނު މުހިންމު މެސެޖެއް ކަމަށާއި، މި އިއްތިހާދު އިތުރަށް ފުޅާކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވަމުން، މިސްރު މި އެއްބަސްވުމާ ގުޅުމަކީ ވެދާނެ ކަމެއް ކަމަށް އެރްދޮގާން ފާހަގަކުރެއްވިއެވެ.

މިދިޔަ ހުކުރު ދުވަހު މައްކާގައި ސޮއިކުރި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެރްދޮގާންގެ އިތުރުން ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ. މިއީ ނޭޓޯގެ މާއްދާ 5 އާ އެއްގޮތަށް، އެއް ގައުމަކަށް ދެވޭ ހަމަލާއަކީ ތިން ގައުމަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބަލައިގަންނަ އެއްބަސްވުމެކެވެ. ނަމަވެސް، ޕާކިސްތާނުން ބުނެފައިވަނީ މިއީ ވަކި ގައުމަކާ ދެކޮޅަށް ހެދި ނުވަތަ ނޭޓޯ ފަދަ އިއްތިހާދެއްގެ ގޮތުގައި މާނަކޮށްގެން ނުވާނެ ކަމަށެވެ.

Advertisement

Advertisement 1

މީގެ އިތުރުން ސަރަޙައްދީ އެކި މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން އެރްދޮޣާން ވިދާޅުވީ، ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވުމަކީ އަންކާރާގެ އިސްކަމެއް ކަމަށާއި، މެދުއިރުމަތީގެ ހަނގުރާމަތައް ހުއްޓުވުމަށް ގަތަރުން ކުރަމުންދާ މެދުވެރިއެއްގެ ދައުރަށް ތައުރީފުކުރައްވާ ކަމަށެވެ.

ސޫރިޔާ، ގައްޒާ އަދި ލުބުނާން

ސަރަހައްދީ ހަމަނުޖެހުންތަކުގައި އަވަށްޓެރި ގައުމުތައް އެކަނި ދޫކޮށްނުލާނެ ކަމަށް ތުރުކީން ވައުދުވާ ކަމަށް އެރްދޮގާން ވިދާޅުވިއެވެ. ސޫރިޔާގެ ހަމަޖެހުމަށް ތުރުކީން އެއްބާރުލުން ދޭނެ ކަމަށާއި، އަދި ސޫރިޔާއަށް ޒިޔާރަތްކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށްވެސް ވިދާޅުވިއެވެ.

ޣައްޒާއާ ބެހޭގޮތުން ވާހަކަދައްކަވަމުން އެރްދޮގާން ވިދާޅުވީ ތުރުކީން "ގައްޒާ އެކަނި ދޫކޮށްނުލާނެ" ކަމަށެވެ. އަދި ހަމާސްއިން އެމީހުންގެ ވައުދުތައް އިހްލާސްތެރިކަމާއެކު ފުއްދަމުންދާއިރު، އިސްރާއީލުން ގެންދަނީ ހަނގުރާމަ ކުރިއަށް ގެންދަމުން ކަމަށް ވިދާޅުވެ އިސްރާއީލަށް ފާޑުވިދާޅުވިއެވެ. ލުބުނާނަށް އިސްރާއީލުން ދެމުންދާ ޙަމަލާތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތުރުކީއަށް ކުރެއްވި ޒިޔާރަތުގައި މި ހަނގުރާމަ ހުއްޓުވުމުގައި ވޮޝިންޓަނުގެ ދައުރުގެ މުހިންމުކަން ހަނދާންކޮށްދެއްވި ކަމަށް އެރްދޮގާން ވިދާޅުވިއެވެ.

މީގެއިތުރުން ސޫދާނާއި ލީބިޔާއަށް ތުރުކީން އަބަދުވެސް އެހީތެރިކަން ދޭނެ ކަމަށާއި، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މެންބަރަކަށް ވުމަކީ ދެން ތުރުކީގެ އިސްކަމެއް ނޫން ކަމަށާއި އޭގެ ސަބަބުން ގެއްލުންވާނީ ޔޫރަޕަށް ކަމަށްވެސް އެރްދޮގާން ވިދާޅުވިއެވެ.

އަދި އެމެރިކާގެ އެފް-35 މަތިންދާބޯޓުތަކާ ގުޅޭގޮތުން ޓްރަމްޕް ވެވަޑައިގެންނެވި ވައުދު ފުއްދަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އެރްދޮގާން ވިދާޅުވިއެވެ. ރަޝިޔާގެ އެސް-400 އެއާ ޑިފެންސް ސިސްޓަމް ގަތުމާ ގުޅިގެން 2019 ވަނަ އަހަރު ތުރުކީ ވަނީ އެފް-35 ޕްރޮގްރާމުން ވަކިކޮށްފައެވެ. ނަމަވެސް، ޓްރަމްޕް ވަނީ ތުރުކީއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، އެފް-35 ޕްރޮގްރާމަށް ތުރުކީ އަނބުރާ ގެނައުމާމެދު ވިސްނަވާނެ ކަމަށް ވިދާޅުވެފައެވެ.

ތުރްކިއޭރަޖަބް ތައްޔިބް އެރްދޮގާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ތުރުކީގައި 'ސަންރޫފް' ސިސްޓަމްލީ ތަފާތު މިސްކިތެއް ބިނާކޮށްފި

ތުރުކީގައި 'ސަންރޫފް' ސިސްޓަމްލީ ތަފާތު މިސްކިތެއް ބިނާކޮށްފި

6 ދުވަސް ކުރިން - 06:43

ތުރުކީ ބާޒާރު ދިވެހި މަސްވެރިންނަށް ހުޅުވިއްޖެ! 39 ބާވަތަކުން ޑިއުޓީ އެއްކޮށް މާފު

ތުރުކީ ބާޒާރު މަސްވެރިންނަށް ހުޅުވިއްޖެ! 39 ބާވަތަކުން ޑިއުޓީ އެއްކޮށް މާފު!

15 ދުވަސް ކުރިން - 13:23

ތުރުކީގެ ޓީމަކަށް ސަލާހު ބަދަލުވާން އުޅޭ ކަމުގެ އަޑުތަކެއް

ތުރުކީގެ ޓީމަކަށް ސަލާހު ބަދަލުވާން އުޅޭ ކަމުގެ އަޑުތަކެއް

29 ދުވަސް ކުރިން - 12:20

އީރާނުގެ ހުއްދަނެތި ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަން އުޅުނު ކަމަށްބުނާ ބޯޓެއް މެދުން ބިނދި އަޑިއަށް!

އީރާނުގެ ހުއްދަނެތި ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަން އުޅުނު ކަމަށްބުނާ ބޯޓެއް ފެތިއްޖެ!

31 ދުވަސް ކުރިން - 18:46

ނޭޓޯ ބައްދަލުވުން؛ އީރާން މައްސަލައިގައި ޓްރަމްޕަށް އެރްދޮޣާން ނޯ ޖަހައިފި

ނޭޓޯ ބައްދަލުވުން؛ އީރާން މައްސަލައިގައި ޓްރަމްޕަށް އެރްދޮޣާން ނޯ ޖަހައިފި

38 ދުވަސް ކުރިން - 17:15

17 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެމެރިކާގެ ރައީސަކު ތުރްކިޔޭއަށް ވަޑައިގެންފި

17 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެމެރިކާގެ ރައީސަކު ތުރްކިޔޭއަށް ވަޑައިގެންފި

38 ދުވަސް ކުރިން - 14:36