Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ދުނިޔެ

ފަލަސްޠީނުގެ އިތުރު 20 މީހުން ޝަހީދު ކޮށްލައިފި

ފަލަސްޠީނުގެ އިތުރު 20 މީހުން ޝަހީދު ކޮށްލައިފި

އިއްޔެ އިސްރާއީލުން އެންމެ ގިނަ މީހުން ޝަހީދުކުރީ ޣައްޒާގެ ސްކޫލެއްގައި ހިޔާވަހިިކަން ހޯދަމުންދާ އާންމުންނަށްއަމާޒުކޮށް ދިން ހަމަލާއެއްގަ. ކޮންމެ ހުކުރުވިލޭރެޔަކު އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް އިތުރުކުރޭ

759 ދުވަސް ކުރިން - 11:14

ބެއިރޫތުގެ ހާލަތު ވަރަށް ގޯސް!

ބެއިރޫތުގެ ހާލަތު ވަރަށް ގޯސް!

މިހާތަނަށް 700 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު ރޭ އިސްރާއީލުން ބޭނުންކޮށްފައި ވަނީ އެމެރިކާއިން ޓެސްޓު ކުރުމަށް ދީފައިވާ ތަފާތު ބާވަތެއްގެ ބޮން ކަމަށް ޚަބަރު ލިބޭ

759 ދުވަސް ކުރިން - 11:12

އެމެރިކާގައި ނަތަންޔާހޫއާއި ދެކޮޅަށް މުޒާހަރާ!

އެމެރިކާގައި ނަތަންޔާހޫއާއި ދެކޮޅަށް މުޒާހަރާ!

އެތައް ހާސް ބަޔަކު އެމެރިކާގައި ނަތަންޔާހޫ އާއި ދެކޮޅަށް މުޒާހަރާ ކުރަނީ ފަލަސްތީނާއި ލުބުނާނުގައި ހިންގަމުންގެންދާ ޖަރީމާތަކާއި ދެކޮޅަށް. އެމެރިކާގައި ނަތަންޔާހޫ ހުންނަވާ ހުރިހާ ދުވަހެއްގައި ވެސް މުޒާހަރާ ކުރިޔަށ ގެންދަން އެމީހުން ވަނީ ނިންމާފަ

759 ދުވަސް ކުރިން - 14:04

ލުބުނާނަށް ދެމުންދާ ހަމަލާތައް ތިން ހަފްތާއަށް ހުއްޓާލުމަށް ގުޅިފައިވާ ބާރުތަކަކުން އެދިއްޖެ

ލުބުނާނަށް ދެމުންދާ ހަމަލާތައް ތިން ހަފްތާއަށް ހުއްޓާލުމަށް ގުޅިފައިވާ ބާރުތަކަކުން އެދިއްޖެ

ހަނގުރާމަ 3 ހަފްތާ އަށް ހުއްޓާލުމަށް އެދި ބަޔާން ނެރުނީ އެމެރިކާ، އިނގިރޭސިވިލާތް އަދި ޔޫރަޕިއަން ޔޫނިއަނުން. އެ ގައުމުތަކުން އެދިފައިވަނީ ލުބްނާނާއި ދެމެދު ސުލްހައިގެ މަޝްވަރާ ފެށުމުގެ އިތުރުން ގައްޒާ ހަނގުރާމަވެސް ހުއްޓާލުމަށް. މި ބަޔާނުގައި އެމެރިކާ، އޮސްޓްރޭލިއާ، ކެނެޑާ، ޔޫރަޕިއަން ޔޫނިއަން، ފްރާންސް، ޖަރުމަން، އިޓަލީ، ޖަޕާން، ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އިނގިރޭސިވިލާތް އަދި ގަތަރުން ވަނީ ސޮއިކޮށްފަ.

760 ދުވަސް ކުރިން - 18:50

އިސްރާއީލުން އެއްގަމު މަގުން ލުބުނާނަށް އަރާފާނެ - ރިޕޯޓް

އިސްރާއީލުން އެއްގަމު މަގުން ލުބުނާނަށް އަރާފާނެ - ރިޕޯޓް

އީރާނުން ބުނަނީ ހިޒްބުﷲ ގެ ކޮމާންޑަރު ޝަހީދު ކޮށްލި ކަމުގައި ވިޔަސް، ހިޒްބުﷲ ހުއްޓުވައެއް ނުލެވޭނެ. އެމެރިކާއިން ވަނީ މި ހަނގުރާމަ ހުއްޓުވުމަށް މަސައްކަތްތަކެއް ފަށާފަ. ޢަބްދުﷲ ބޫ ހަބީބު ވިދާޅުވީ އެމެރިކާއިން ހަނގުރާމަ ހުއްޓުވަން މަސައްކަތް ކުރަމޭ ބުނި ކަމުގައި ވިޔަސް، ހަނގުރާމަ ހުއްޓުވުމަށް ވަޢުދެއް ވެފައި ނުވާ ކަމަށް

761 ދުވަސް ކުރިން - 12:30

ޝަހީދު ކޮށްފައިވާ 88 މީހެއް ކޮންޓެއިނަރަކަށް ލާފައި ޣައްޒާއަށް ފޮނުވައިފި

ޝަހީދު ކޮށްފައިވާ 88 މީހެއް ކޮންޓެއިނަރަކަށް ލާފައި ޣައްޒާއަށް ފޮނުވައިފި

އެމީހުންނަކީ ކޮން ބައެއް ކަމާއި އަދި އެމީހުންނަށް ހަމަލާ ދީފައިވަނީ ކޮން ތަނަކުން ކޮން އިރަކު ކަމެއް ވެސް އިސްރާއީލަކުން ނުބުނޭ. އެހެންކަމުން ޣައްޒާއިން ވަނީ އެ ހަށިތަކާއި ހަވާލުވާން ދެކޮޅު ހަދާފައި

761 ދުވަސް ކުރިން - 11:30

ހަނގުރާމަ ހުއްޓުވޭނީ ހަމައެކަނި އެމެރިކާ އަށް - ލުބުނާން

ހަނގުރާމަ ހުއްޓުވޭނީ ހަމައެކަނި އެމެރިކާ އަށް - ލުބުނާން

ބޮއު ހަބީބު ވިދާޅުވީ އެމެރިކާއިން މިހަނގުރާމަ ހުއްޓުވުމަށް ވަޢުދުވެ ވަޑައިގެންފައި ނުވާކަމަށް، އަދި އީރާނުން ވެސް މިހަނގުރާމައިގެ ތެރެއަށް ވަންނާކަށް ބޭނުން ނުވާ ކަމަށާއި، އެމެރިކާ ބޭނުންވެއްޖެ ނަމަ މި ހަނގުރާމަ ހުއްޓުވޭނެ ކަމަށް

762 ދުވަސް ކުރިން - 11:01

އިސްރާއީލުން ޣައްޒާގެ ސްކޫލް ކޮމްޕައުންޑަށް ދިން ހަމަލާގައި 22 މީހުން ޝަހީދުވި

އިސްރާއީލުން ޣައްޒާގެ ސްކޫލް ކޮމްޕައުންޑަށް ދިން ހަމަލާގައި 22 މީހުން ޝަހީދުވި

އިސްރާއީލުން ދޮގުހަދައި އޮޅުވާޅުމަށްޓަކައި ބުނީ، އެމީހުން ސްކޫލަށް ހަމަލާދިނީ އާންމުންގެ ތެރޭގައި ހަމާސްގެ މީހުން ހިޔާވަހިކަން ހޯދަމުންދާތީ ކަމާށާ، ހަމަލާ އަމާޒުކުރީ ހަމާސްއަށް ކަމަށް.

762 ދުވަސް ކުރިން - 10:30

ޔުކްރޭނަށް ކާމިޔާބު ލިބޭނަމަ އެއީ ދުނިޔޭގެ ނިމުން: ރަޝިއާ

ޔުކްރޭނަށް ކާމިޔާބު ލިބޭނަމަ އެއީ ދުނިޔޭގެ ނިމުން: ރަޝިއާ

ޒެލެންސްކީ މަސައްކަތް ކުރައްވަނީ އެމެރިކާގެ އެންމެ ފަހުގެ ހަތިޔާރު ހޯއްދަވައިގެން ރަޝިއާގެ އެންމެ އެތެރެއަށް ހަމަލާދީ ރަޝިއާ ބަލިކޮށްލަން. އެއަށް ރައްދު ދެއްވައި ރަޝިއާއިން ވަނީ ، ރަޝިއާއަކީ ނިއުކްލިއރ ބާރެއް ކަމަށް ހަނދާންކޮށްދީ ވަރުގަދަ މެސެޖެއް ދެއްވާފައި

762 ދުވަސް ކުރިން - 10:22

ރަނިލް ވިކްރަމަސިންހާ ލަންކާގެ މަޖިލިސް އިންތިޚާބުގައި ވާދަނުކުރައްވާނެ ކަމަށް ބުނެފި

ރަނިލް ވިކްރަމަސިންހާ ލަންކާގެ މަޖިލިސް އިންތިޚާބުގައި ވާދަނުކުރައްވާނެ ކަމަށް ބުނެފި

ހޮނިހިރު ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި ކެންޑިޑޭޓް ސަޖިތް ޕްރޭމަދޭސާ ވަނީ ރަނިލްގެ ޕާޓީއާއެކު އިއްތިހާދު އުފައްދަން ބޭނުން ނުވާކަން ހާމަކުރައްވާފަ. އަދި ސްރީ ލަންކާގެ ބޮޑު ވަޒީރުގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފަ

762 ދުވަސް ކުރިން - 22:03

އެލްޖީބީޓީކިޔޫ+ ހައްގުތަކާ ދެކޮޅަށް ޖޯޖިއާ އިން އާ ގާނޫނެއް ފާސްކޮށްފި

އެލްޖީބީޓީކިޔޫ+ ހައްގުތަކާ ދެކޮޅަށް ޖޯޖިއާ އިން އާ ގާނޫނެއް ފާސްކޮށްފި

ޖޯޖިއާގައި އެއްޖިންސުން ގުޅުން ހުއްދަކުރީ ޔޫރަޕިއަންޔޫނިއަން ރުއްސަންވެގެން 2000ވަނަ އަހަރު. އެހެންނަމަވެސް މިހާރު ސަރުކާރުން ވަނީ އެލްޖީބީޓީކިއު+ ހަނިކުރާ ގާނޫނެއް ފާސްކޮށްފައި. އެގާނޫނުގެ ދަށުން އެއްޖިންސުން ކައިވެނިކުރުމާއި ޖިންސީ ގުނަވަންތައް ބަދަލުކުރުން މަނާވޭ

763 ދުވަސް ކުރިން - 13:27

ޣައްޒާ ހަނގުރާމަ: 4 މީހަކު ޝަހީދުކޮށް ޢާންމުންނާއި ދިމާލަށް ބަޑިޖަހައިފި

ޣައްޒާ ހަނގުރާމަ: 4 މީހަކު ޝަހީދުކޮށް ޢާންމުންނާއި ދިމާލަށް ބަޑިޖަހައިފި

ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ރޭ ފަތިހު ވައިގެމަގުން ބޮން އެޅިއިރު އިސްރާއީލުގެ ހަނގުރާމަވެރިން ދިޔައީ ޓޭންކަރުތަކުގައި އާންމުންގެ ގެތަކަށް އަމާޒުކޮށް ބަޑި ޖަހަމުން. މިހާތަނަށް ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ އާންމުން 41،455 މީހުން ޝަހީދުވެފައިވާ ކަމަށް އދ ގެ ރެކޯޑުތައް ބުނޭ. އެއީ އިމާރާތްތަކުގެ ދަށުގައި ތިބި އެތައް ހާސް ޝަހީދުން ނުހިމަނައި

763 ދުވަސް ކުރިން - 11:29

Previous12345Next