އިއްޔެ އިސްރާއީލުން ޣައްޒާގެ އެކި ތަންތަނަށް ދިން ހަމަލާ ތަކުގައި ފަލަސްޠީނުގެ އިތުރު 20 މީހުން ޝަހީދު ކޮށްލައިފިއެވެ.
އިއްޔެ އިސްރާއީލުން އެންމެ ގިނަ މީހުން ޝަހީދުކުރީ ޣައްޒާގެ ސްކޫލެއްގައި ހިޔާވަހިިކަން ހޯދަމުންދާ އާންމުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައެވެ. މީގެއިތުރުން އާންމުން ދިރިއުޅޭ ގެތަކަށް އަމާޒުކޮށް ވެސް އިސްރާއީލުން ހަމަލާތައް ދިނެވެ.
ހައްދުފަހަނައެޅި އިސްރާއީލުގެ މަގުސަދަކީ ހަމާސް ނައްތާލުމަށް ކަމަށް ބުނެ މުޅި ޣައްޒާ ހިފުމެވެ. އަދި ފަލަސްތީނުގެ ބިމުން އަަރަބި ފަލަސްތީނުގެ ނަސްލު މުޅިން ނައްތާލުމެވެ. އަދި ފަލަސްތީނު އިސްރާއީލުގެ މިލްކަކަށް ހެދުމަށެވެ.
އިސްރާއީލުން ފަލަސްތީނުގެ އާންމުންނަށް ހަމަލާދީ ޝަހީދުކުރަމުން ދަނީ އެއިން އެއްވެސް މީހެއްގެ ފަރާތުން މުސްތަގުބަލުގައި ވެސް ޔަހޫދީއަކަށް ގެއްލުމެއް ނުވާނެކަން ކަށަވަރު ކުރުމަށެވެ. ޔަހޫދީންނަކީ މަރު ދެކެ ވަރަށް ބިރުގަންނަ ބައެކެވެ އެއާއި ޚިލާފަށް ފަލަސްތީނު ރައްޔިތުން އިސްރާއީލުގެ ހަތިޔާރު އެޅި ސިފައިންނާއި ޒަމާނުއްސުރެ ކުރިމަތިލަމުން އަންނަނީ ހުސްއަތާއެވެ. ނުވަތަ ގައުބުރިއެއް ނުވަތަ ދަނޑިބުރިއެއް ކަހަލަ އެއްޗެއް ހިފައިގެންނެވެ.
ފަލަސްތީނު ރައްޔިތުން ތިބީ އިސްރާއީލުގެ ނުލަފާ މީހުންގެ ކުރިމަތީގައި ބިރު ކެނޑިފައެވެ.
އިއްޔެ 20 މީހުން ޝަހީދު ކޮށްލިއިރު ފާހަގަ ކޮށްލެވޭ ކަމަކީ ކޮންމެ ހުކުރުވިލޭރެޔަކު އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް ސީދާ އާންމުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށް ބޮން އަޅާކަމެވެ.









