އެލްޖީބީޓީކިއޫޕްލަސް ހުއްދަ އޮންނަ ޖޯޖިއާ ސަރުކާރުން އެ ހައްގުތައް ހަނިކުރާ އާ ގާނޫނެއް ފާސްކޮށްފި އެވެ.
"ފެމިލީ ވެލިއުސް އެންޑް ޗައިލްޑް ޕްރޮޓެކްޝަން" ގާނޫނުގެ ނަމުގައި ނެރުނު މި ގާނޫނުގައި ސަރުކާރަށް ޕްރައިޑް އިވެންޓްތައް ހުއްޓުވުމާއި، އެލްޖީބީޓީކިޔޫ ރެއިންބޯ ދިދަ މަނާކުރުމާއި، އެލްޖީބީޓީކިޔޫ+ މީހުންނާ ބެހޭ ފިލްމުތަކާއި ފޮތްތައް ބްލޮކް ކުރުމުގެ ހުއްދަ ދީފައިވެ އެވެ.
އައު ގާނޫނުން ލިބިދޭ ބާރުތައް
އެއްޖިންސުން ކައިވެނި ކުރުން ހުއްޓުވުމާއި، ޖެންޑަރ ރީއެސައިންމަންޓް ސާޖަރީތައް ނުވަތަ ޖިންސީ ގުނަވަންތައް ބަދަލުކުރުމުގެ އޮޕަރޭޝަންތައް ހެދުން ވެސް އައު ގާނޫނުގައި ވަނީ މަނާ ކޮށްފައެވެ،
ޕާލަމެންޓުން ބުނާ ގޮތުގައި މި ގާނޫނުގެ ބޭނުމަކީ ޖޯޖިއާގެ ސަގާފީ އާއިލީ އަގުތައް ހިމާޔަތް ކުރުމަށެވެ.
ސަރުކާރުން ބުނަނީ އާއިލާތަކާއި ކުޑަކުދިން ހިމާޔަތް ކުރަން ބޭނުންވާ ކަމަށެވެ. ނަމަވެސް އެލްޖީބީޓީކިޔޫ+ އެކްޓިވިސްޓުން ގަބޫލުކުރާ ގޮތުގައި މި ގާނޫނަކީ ހަގީގަތުގައި ކުރިއަށް އޮތް އިންތިޚާބުގެ ކުރިން ކޮންޒަވޭޓިވް މީހުންގެ ވޯޓު ހޯދުމަށް ސަރުކާރުން ކޮށްގެން އުޅޭ ކަމެއް ކަމަށް ބުނެއެވެ. އެމީހުން ކަންބޮޑުވަނީ މި ގާނޫނުގެ ސަބަބުން ޖޯޖިއާ ޔޫރަޕިއަން ޔޫނިއަންއާ އޮންނަ ގުޅުން ހީނާރުވެދާނެތީ ކަމަށް މުޒާހަރާގައި ބުނެއެވެ. އަދި ރަޝިއާއާއި ކައިރިވެދާނެ ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ހުޅަނގަށް މެސެޖުތައްދީ ، ހުޅަނގުގެ ނުފޫޒުން އަލުން އަނެއްކާވެސް އެއްޖިންސުން ގުޅުމުގެ ހުއްދަ ޖޯޖިއާގައި ދިނުމެވެ. ރަޝިއާއަކީ އެލްޖީބީޓީކިޔޫ+ ގެ ހައްގުތައް އޮންނަ ގައުމެއް ނޫނެވެ. ރަޝިއާއިން ބުނަނީ އެއީ ޖަނަވާރުންގެ އުސޫލެއް ކަމަށާއި، ޔޫރަޕް މީހުން ބޭނުންވަނީ ޖަނަވާރުން އުޅޭ ގޮތަށް އުޅެން ކަމަށް ވާނަމަ އެކަމަކީ ރަޝިއާގައި ހުއްދަ ކަމަކަށް ނުވާނެއެވެ.

އެލްޖީބީޓީކިއޫ+ ރައިޓްސް އާއި ދެކޮޅަށް ގާނޫނެއް ހެދުމުން އެކަމާއި ދެކޮޅަށް މުޒާހަރާ ކުރަމުންދާ ބައިމަދު ގުރޫޕް
އިރުމަތީ ޔޫރަޕާއި ހުޅަނގު އޭޝިއާ ހުރަސްކޮށް އޮންނަ ކޯކެސަސް ސަރަހައްދުގެ ގައުމެއް ކަމަށްވާ ޖޯޖިއާ އަކީ 1991 ވަނަ އަހަރު ސޯވިއެޓް ޔޫނިއަން ފުނޑުފުނޑުވުމާ ގުޅިގެން މިނިވަންވި ގައުމެކެވެ. ޖޯޖިއާގައި އެލްޖީބީޓީކިޔޫ+ ހައްގުތަކާ ބެހޭ ގޮތުން ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެއްޖިންސުން ގުޅުން ހިންގުން 2000 ވަނަ އަހަރު ޖޯޖިއާގެ ގާނޫނުހަދާ މަޖިލީހުން ހުއްދަ ކޮށްފައިވަނީ ޔޫރަޕިއަން ޔޫނިއަން ރުއްސަން ވެގެންނެވެ. ނަމަވެސް އެކަމާއި ޖޯޖިއާގެ ގިނަ މީހުން ވަރަށް ބޮޑަށް އިދިކޮޅެވެ. މި ގާނޫނު ފާސްކުރި ކަމުގައި ވިޔަސް ޔޫރަޕްގެ ނުފޫޒުން މި ގާނޫނު ތަސްދީގު ކުރުމާއިމެދު ސުވާލު އުފެދެއެވެ.









