Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް، ފިނިމޫސުމުގައި ޖެހޭނީ ސަލާންޖަހަން

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް، ފިނިމޫސުމުގައި ޖެހޭނީ ސަލާންޖަހަން

ހުސައިން އިސްމާއިލް
3 ގަޑިއިރު ކުރިން - 31 އޯގަސްޓް 2026 16:37
ކުރިޔަށް އޮތް ފިނިމޫސުމުގައި އީޔޫގެ ގައުމުތަކަށް ގޭހުގެ ދަތިކަން ކުރިމަތިވާނެ ކަމަށް ރިޕޯޓުތައް ބުނޭ.
ކުރިޔަށް އޮތް ފިނިމޫސުމުގައި އީޔޫގެ ގައުމުތަކަށް ގޭހުގެ ދަތިކަން ކުރިމަތިވާނެ ކަމަށް ރިޕޯޓުތައް ބުނޭ.
ޚުލާސާ

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ޔޫރަޕަށް މިއަދު މިފަދަ ނިކަމެތި ހާލެއް ޖެހެން މެދުވެރިވީ، ހަކަތައިގެ އެންމެ ބޮޑު ސަޕްލަޔަރު ކަމަށްވާ ރަޝިޔާ އާއި ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ އިތުރުން އީރާނުން ފާރިސް ކަނޑުއޮޅި ބަންދުުކުރުމުން.

ޔޫރަޕްގެ އިއްތިހާދުގެ ގޭސް ރައްކާކުރާ ޓޭންކުތަކުގައި ހުރީ އެންމެ %64.7 ގޭސް ކަމަށާއި، ކުރިއަށް އޮތް ފިނިމޫސުމުގައި ޔޫރަޕްގެ ގައުމުތަކަށް ގޭސް ލިބުމުގައި ދަތިތަކާއި ކުރިމަތިލާންޖެހިދާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ.

"ޔޫރަޕިއަން ގޭސް އިންފްރާސްޓްރަކްޗާ" ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއީ ތާރީހީގޮތުން ބަލާއިރު އަހަރުގެ މި ދުވަސްވަރު ގޭސް ރައްކާކުރެވިފައި ހުންނަންޖެހޭ މިންވަރަށް ވުރެ ބޮޑުތަނުން ދަށް އަދަދެކެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ޔޫރަޕަށް މިއަދު މިފަދަ ނިކަމެތި ހާލެއް ޖެހެން މެދުވެރިވީ، ހަކަތައިގެ އެންމެ ބޮޑު ސަޕްލަޔަރު ކަމަށްވާ ރަޝިޔާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، އެ ގައުމުގެ ގޭސް ހޮޅިން ބޭނުންކުރުން ހުއްޓާލުމާއި ގުޅިގެންނެވެ. ރަޝިޔާ އާއި "ކުޅެލުމުގެ" ނަތީޖާއެއްގެ ގޮތުން ޔޫރަޕަށް ޖެހުނީ އެހެން ދިމާދިމާލުން މާ އަގުބޮޑު ކޮށް ދިޔާ ގޭސް (އެލްއެންޖީ) އެތެރެކުރާށެވެ.

Advertisement

Advertisement 1

މިއަދު މުޅި ޔޫރަޕް ހަކަތައަށް ސަލާންޖަހަންޖެހޭ ފަދަ މަޖުބޫރު ހާލަތަކަށް މި ވެއްޓުނީ ރަޝިޔާގެ އިތުރުން މެދުއިރުމަތީގެ ބާރެއް ކަމަށްވާ އީރާނާއި ދެކޮޅަށް ކުރިމަތިލުންތަކެއް އުފެދި، މަސްރަހު ގޯސްވުމުންނެވެ.

މެދުއިރުމަތީގައި އުފެދިފައިވާ އާ ނުތަނަވަސްކަމާއެކު، ޕާޝިއަން ގަލްފް (ފާރިސް ކަނޑުއޮޅި) މެދުވެރިކޮށް ޔޫރަޕަށް ބޭރުކުރާ ދިޔާ ގޭހުގެ ސަޕްލައިއަށް ވެސް ބުރޫއަރާފާނެކަމުގެ ބިރު މިހާރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

އީރާނުގެ ނުފޫޒު އޮންނަ މި ސަރަހައްދުގެ ކަނޑުގެ ރޫޓުތަކަށް ނުރައްކާވުމަކީ ޔޫރަޕަށް ގޭސް ލިބޭނެ ހުރިހާ މަގެއް ބަންދުވުން ފަދަ ކަމެކެވެ.

އެހެންކަމުން، ރަޝިޔާ އަދި އީރާނާއި ދެކޮޅަށް ސިޔާސީ ގޮތުންނާއި އަސްކަރީ ގޮތުން ކުޅެލި ކުޅުމުގެ ސަބަބުން، ކުރިއަށް އޮތް ފިނިމޫސުމުގައި ޔޫރަޕްގެ ރައްޔިތުން ގަދަފިނީގައި ތިބެންޖެހުމުގެ ފުރުސަތު ބޮޑެވެ.

އީރާންރަޝިއާރަޝިއާ - ޔުކްރޭންޔޫރަޕިއަން ޔޫނިއަންޔޫރަޕްމޯލްޑިވް ގޭސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނުން އެމެރިކާގެ ދެއަސްކަރީ މަރުކަޒަކަށް ހަމަލާ ދީފި

އީރާނުން އެމެރިކާގެ ދެއަސްކަރީ މަރުކަޒަކަށް ހަމަލާ ދީފި

13 ގަޑިއިރު ކުރިން - 07:21

ރަޝިޔާއިން ޔުކްރޭނުގެ މޭޔަރު ހިމެނޭހެން 40 އަށްވުރެ ގިނަ މީހުން މަރާލައިފި

ރަޝިޔާއިން ޔުކްރޭނުގެ މޭޔަރު ހިމެނޭހެން 40 އަށްވުރެ ގިނަ މީހުން މަރާލައިފި

1 ދުވަސް ކުރިން - 20:36

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

2 ދުވަސް ކުރިން - 23:23

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

6 ދުވަސް ކުރިން - 13:33

16 މީހުންގެ ފުރާނަ ދިޔަ "ޑަބަލް-ޓެޕް" ހަމަލާއަށްފަހު ރަޝިޔާއަށް ރައްދު ދޭނެކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

ރަޝިޔާއަށް ރައްދު ދޭނެކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

8 ދުވަސް ކުރިން - 15:17

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި ކަމަށް ޓްރަމްޕް އިޢުލާން ކޮށްފި

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި

11 ދުވަސް ކުރިން - 04:34