ހައްދުފަހަނަ އަޅާފަިއވާ ޔަހޫދީން ފަލަޞްޠީނުގެ ކޮން ބައެއްކަމެއް ނޭނގޭ 88މީހަކު ޝަހީދު ކޮށްލުމަށްފަހު ކޮންޓެއިނަރަކަށް ލާފައި ޣައްޒާއަށް ފޮނުވައިފިއެވެ.
ޚަބަރުތައް ބުނާ ގޮތުގައި އެމީހުންނަކީ ކޮން ބައެއް ކަމާއި އަދި އެމީހުންނަށް ހަމަލާ ދީފައިވަނީ ކޮން ތަނަކުން ކޮން އިރަކު ކަމެއް ވެސް އިސްރާއީލަކުން ނުބުނެއެވެ.
އިސްރާއީލުން އެމީހުންގެ ހަށިތައް ނަގައި ކޮންޓެއިނަރަކަށް ލާފައި ބޭތިއްބި ހަގީގީ ސަބަބެއް ވެސް އަދި ނޭނގެއެވެ.
ޣައްޒާއިން އެ ހަށިތަކާއި ހަވާލުވާން ވަނީ ދެކޮޅު ހަދާފައެވެ. ޣައްޒާއިން އެކަމަށް ދެކޮޅު ހެދީ އެމީހުންނަކީ ސީދާ ކޮން ބައެއްކަން ނޭނގޭތީއެވެ.

އިސްރާއީލަކީ ހަނގުރާމަތަކުގައި ވަރަށް ރަހުމް ކުޑަ ބައެކެވެ. ހަނގުރާމަތަކުގައާއި އަދި އެނޫންވެސް ގޮތްގޮތުން އެމީހުން ވަނީ އިންސާނުންގެ ހަށިގަނޑުން ހަންތައް ނަގައި އެއިން ވިޔަފާރި ވެސް ކޮށްފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ ގުނަވަން ތަކުން ވެސް ޔަހޫދީން ވިޔަފާރި ކުރަމުންދާ ކަމުގެ ޚަބަރުތައް ލިބެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާގެ ސަބަބުން މިހާތަނަށް ފަލަސްތީނުގެ 41،391 މީހުން ޝަހީދުވެފައިވާ ކަމަށް އދގެ ހިސާބުތަކުން ދައްކާއިރު، 95،760 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
މީގެ އިތުރުން އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން އެތައް ހާސް ބަޔަކު ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ޝަހީދުވެފައި ތިބި ކަމަށް ވެސް ޚަބަރުތައް ބުނެއެވެ. އެމީހުންގެ ހަށިތައް ނަގަން ފުރުސަތެއްވެސް ޔަހޫދީން ނުދެއެވެ.










