ލުބުނާނަށް ދެމުންދާ ހަމަލާތައް ތިން ހަފްތާއަށް ހުއްޓާލުމަށް ގުޅިފައިވާ ބާރުތަކަކުން އެދިއްޖެއެވެ. ހަނގުރާމަ 3 ހަފްތާ އަށް ހުއްޓާލުމަށް އެދި ބަޔާން ނެރުނީ އެމެރިކާ، އިނގިރޭސިވިލާތް އަދި ޔޫރަޕިއަން ޔޫނިއަނުން. މި ތިން ތަނުން ގުޅިގެން ނެރުނު ބަޔާނެއްގައި މިގޮތަށް އެދިފައިވަނީ އިޒްރޭލާއި ލުބްނާނާއި ދެމެދު ސުލްހައިގެ މަޝްވަރާ ފެށުމުގެ އިތުރުން ގައްޒާގައި އިޒްރޭލުން ކުރަމުންދާ ހަނގުރާމަވެސް ހުއްޓާލުމުގެ ގޮތުން ކަމަށް ބުނެފައި ވެއެވެ. މި ބަޔާނުގައި އެމެރިކާ، އޮސްޓްރޭލިއާ، ކެނެޑާ، ޔޫރަޕިއަން ޔޫނިއަން، ފްރާންސް، ޖަރުމަން، އިޓަލީ، ޖަޕާން، ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އިނގިރޭސިވިލާތް އަދި ގަތަރުން ވަނީ ސޮއިކޮށްފަ އެވެ.
މި ބަޔާނަކީ އދ ގެ އާންމު މަޖިލީހުގެ ބައްދަލުވުމަށްފަހު ނެރުނު ބަޔާނެކެވެ.
ބެލެވޭ ގޮތުގައި ހުޅަނގުން ނުވަތަ އެމެރިކާއިން އެދިއްޖެ ހާލަތެއްގައި އިސްރާއީލުން އެގޮތަށް ކަންތައްތައް ކުރާނެއެވެ. ސަބަބަކީ އިސްރާއީލަށް ހަތިޔާރާއި ބާރުތައް ދެނީ އެމެރިކާ އިސްވެ އޮވެ ކަމަށް ވާތީއެވެ.
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށްފަހު ފަހަރަކު ދިމާއަކަށް އިސްރާއީލުން ބޮން އަޅައި އެމީހުންގެ ބިން ގަދަބާރުން ބޮޑު ކުރުމަކީ ޔަހޫދީންގެ ޕްލޭނެކެވެ.









