ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހާ އެ ގައުމުގެ ކުރިއަށް އޮތް ޕާލިމެންޓް އިންތިޚާބުގައި ވާދަނުކުރައްވާނެ ކަމަށް ހަބަރުތައް ބުނަން ފަށައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ވިކްރަމަސިންހާ ނިސްބަތްވެވަޑައިގަންނަވާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އިން ވަނީ އެ މަނިކުފާނު މަޖިލިސް އިންތިޚާބުގައި ވާދަނުކުރައްވާނެކަން އިއުލާންކޮށްފައެވެ. ނަމަވެސް، ޔޫއެންޕީގެ ލީޑަރުގެ ހައިސިއްޔަތުން ވިކްރަމަސިންހާ ޕާޓީ ހިންގަވާނެކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ބުނެއެވެ.
ހޮނިހިރު ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި ސަމާގީ ޖަނާ ބަލަވެގަޔާ (އެސްޖޭބީ) ގެ ކެންޑިޑޭޓް ސަޖިތް ޕްރޭމަދޭސާ ވަނީ ރަނިލްގެ ޕާޓީއާއެކު އިއްތިހާދު އުފައްދަން ބޭނުން ނުވާކަން ހާމަކުރައްވާފައެވެ. އަދި ސްރީ ލަންކާގެ ބޮޑު ވަޒީރުގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވެއެވެ. ނަމަވެސް ސްރީލަންކާގެ އައު ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ އޭނާގެ ބޮޑުވަޒީރަކަށް ހަމަޖެއްސެވީ އަންހެން ބޭކަނބަލެކެވެ. އެއީ ލަންކާގެ އެކަޑަމިކް އެކްޓިވިސްޓް އަދި އެންޕީޕީގެ މެމްބަރު ހަރޫނީ އަމަރަސޫރިޔާއެވެ.
ފާއިތުވި އަހަރު ލަންކާގެ މާލީ ހާލަތު ގޯސްވުމާ ގުޅިގެން އޭރުގެ ރައީސް ރާޖަޕަކްސާ ގޮޓަބަޔާގެ ވެރިކަން ވައްޓާލުމަށްފަހު، އޭރުގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހާ ވެރިކަމަށް އިސްކުރެވުނެވެ. ނުކަން ފާހަގަ ކުރެވެއެވެ. އެހެންނަމަވެސް އޭނާގެ މަގުބޫލުކަން ކުޑަވުމުގެ ސަބަބުން މިފަހަރު ކުރިމަތިލެއްވިޔަސް މާބޮޑު ކާމިޔާބީއެއް ލިބިވަޑައި ނުގަންނަވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.









