ޣައްޒާގެ އުތުރާއި ދެކުނުގައި އިސްރާއީލުގެ ހަނގުރާމަ މަތިންދާބޯޓުތަކުން ބޮން އަޅައި އާންމުންގެ ތިން މީހަކު ޝަހީދުކޮށް އިތުރު ބަޔަކު ޒަހަމްވެއްޖެ.
737 ދުވަސް ކުރިން - 14:39
މިއީ 2010 ވަނަ އަހަރުގެ ގާނޫނު އަސާސީގެ ދަށުން މަގާމުން ދުރުކުރި ފުރަތަމަ ނައިބު ރައީސް. އޭނާއަށް އަމާޒުކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކަށް އޭނަ ދަނީ އިންކާރުކުރަމުން.
738 ދުވަސް ކުރިން - 14:01
ހަމާސްގެ ލީޑަރު ޔަހްޔާ ޝަހީދުކޮށްލައިފައިވާ ކަމަށް އަނިޔާވެރި އިޒްރޭލުން ވަނީ ކަށަވަރުކޮށްދީފަ. ހަމާސްއިން ހައްޔަރުކޮށްފައިވާ އިޒްރޭލުގެ މީހުން ދޫކުރުމަށް ނަތަންޔާހޫ ވަނީ ގޮވާލާފަ.
739 ދުވަސް ކުރިން - 23:04
ހަމާސްގެ ލީޑަރަކަށް ސިންވާރު ވެވަޑައިގަތީ ޖުލައި މަހު އިސްރާއީލުން ހަނިއްޔާ އަވަހާރަކޮށްލުމުން. އިސްރާއީލުން އޭނާ ސިފަކޮށްފައިވަނީ "ރަހުމުކުޑަ" އަދި "ބާރުގަދަ" މީހެއްގެ ގޮތުގައި.
739 ދުވަސް ކުރިން - 19:58
އެލޮން މާސްކް ވިދާޅުވާ ގޮތުގައި މީގެ ކުރިން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓުންނަށް ވޯޓު ދެއްވި ނަމަވެސް މިފަހަރު އޭނާ ވަނީ ކަނާތުފިޔައިގެ ޕާޓީއާ އެއްކޮޅަށް ނިކުމެފަ.
739 ދުވަސް ކުރިން - 16:31
މިދިޔަ މަހު ބޮއިންގުން ވަނީ 11 މުދާ އުފުލާ ބޯޓުގެ އޯޑަރު ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފަ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި 11 އޯޑަރުގެ ތެރޭގައި ގިނައިން ހިމެނެނީ އެމިރޭޓްސްގެ ބޯޓުތައް.
739 ދުވަސް ކުރިން - 13:05
މިހާދިސާ ހިނގީ ޑުރައިވަރަށް ކޮންޓުރޯލް ގެއްލި ޓޭންކަރު ފުރޮޅާލުމުން ލީކުވާން ފެށި ތެޔޮތައް ނަގަންވެގެން މީހުން އުޅުމުގެތެރޭގައި.
739 ދުވަސް ކުރިން - 10:49
ލުބުނާނުގެ ނަބަތިޔާގެ މުނިސިޕަލް އިމާރާތްތަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި މޭޔަރު ހިމެނޭ ގޮތަށް ހަ މީހަކު މަރުވެ، 43 މީހަކު ޒަހަމްވި. ޞިއްޙީ މަރުކަޒުވެސް ވަނީ ހަލާކުވެފައި.
739 ދުވަސް ކުރިން - 10:12
ޔޫރަޕުން ވަނީ ހޯމަ ދުވަހު އީރާނުގެ އޮފިޝަލުންނާއި ރިވޮލިއުޝަނަރީ ގާޑްގެ އޮފިޝަލުންނާއި އީރާން އެއާލައިންސް ހިމެނޭ ގޮތަށް އެހެނިހެން ބައެއް ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ. އެކައުންޓުތައް ފްރީޒްކޮށް ޔޫރަޕަށް ދަތުރުކުރުން މަނާކުރެވޭނެ.
740 ދުވަސް ކުރިން - 10:58
ފާއިތުވީ 1 އަހަރުތެރޭގައި 902 ޢާއިލާއެއްގެ އެންމެ މެންބަރަކު ވެސް ނުބަހައްޓައި ހުރިހާ އެންމެން ޝަހީދުކޮށްލިއިރު އިތުރު 1364 ޢާއިލާއެއްގެ އެކަކު ފިޔަވައި އެންމެން ޝަހީދުކޮށް އެހެން 3،472 އާއިލާއެއްގައި ބާކީ ތިބީ ދެމީހުން.
741 ދުވަސް ކުރިން - 11:03
ހިޒްބުﷲއިން އިއްޔެއާއި ރޭ ދިން ހަމަލާތަކުގައި އިސްރާއީލުގެ ޗީފް އޮފް ސްޓާފް ހެރްޒީ ހަލެވީ އާއެކު 70 އަށްވުރެ ގިނަ މީހުން މަރުވި. ހިޒްބުﷲއިން އިއްޔެ ވަނީ ހައިފާއަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފަ.
742 ދުވަސް ކުރިން - 11:24
އީރާނުން ދީފާނެ ހަމަލާއަކުން އިސްރާއީލް ސަލާމަތް ކުރުމަށްޓަކައި އައު ޑިފެންސް ސިސްޓަމްތަކާއި އެތަކެތި އޮޕަރޭޓް ކުރުމަށް އެމެރިކާގެ ސިފައިން އިސްރާއީލަށް ގޮސްފި.
743 ދުވަސް ކުރިން - 08:48