ނައިޖީރިއާގައި ތެޔޮޓޭންކަރެއް ގޮވައި ހިނގި ނުރައްކާތެރި ހާދިސާއަކާއި ގުޅިގެން 150 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
ޖިގަވާ ސްޓޭޓްގެ އަވަށެއް ކަމަށްވާ މާޖިޔާގައި އަންގާރަ ދުވަހުގެރޭ ހިނގި މިހާދިސާގައި ޓޭންކަރު ފުރޮޅާލީ ޑުރައިވަރަށް ކޮންޓުރޯލް ގެއްލިގެން ކަމަށް އެގައުމުގެ ފުލުހުން ބުނެއެވެ.
ބައެް މީޑިއާތަކުން ބުނާ ގޮތުގައި ޓޭންކަރު ފުރޮޅާލައި ތެޔޮ ލީކުވާން ފެށުމުން މީހުންތައް ތެޔޮ ނަގަން ފެށިއެވެ. އަދި އެކަމުގެ ތެރޭގައި އުޅެނިކޮށް އަލިފާން ރޯވެ ގިނަ ބަޔަކު މަރުވީއެވެ.
ޖިގާވާ ސްޓޭޓްގައި 150 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިގެން ދިޔަ ޓޭންކަރު ގޮވުމުގެ މައްސަލަ ތަހުގީގު ކުރުމަށް ނައިޖީރިއާ ސަރުކާރުން ވަނީ މިނިސްޓްރީ އޮފް ޕެޓްރޯލިއަމް ރިސޯސަސް މެދުވެރިކޮށް ނައިޖީރިއާގެ މިޑްސްޓްރީމް އެންޑް ޑައުންސްޓްރީމް ޕެޓްރޯލިއަމް ރެގިއުލޭޓަރީ އޮތޯރިޓީއަށް އަންގާފަ އެވެ.

މިނިސްޓަރ އޮފް ޕެޓްރޯލިއަމް ރިސޯސަސް، ހައިނެކެން ލޮކްޕޮބިރީގެ ސްޕެޝަލް އެޑްވައިޒަރު އޮން މީޑިއާ އެންޑް ކޮމިއުނިކޭޝަންސް، ންނޭމާކާ އޮކާފޯރ ސޮއިކުރައްވައި ބުދަ ދުވަހު ނެރުއްވި އިރުޝާދުގައި، މިނިސްޓަރ ވަނީ މި ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރައްވައި، ތަފްސީލީ ތަހުގީގެއް އަވަހަށް ފެށުމަށް އަންގަވާފައެވެ.
އަދި އެކްސިޑެންޓްތަކެއް ނުވަތަ މެކޭނިކަލް ފޭލްވުންތަކެއް ހިނގާފައިވާ ޕެޓްރޯލިއަމް އުފެއްދުންތައް ގެންދާ އުޅަނދުތަކާ ކައިރިވުމުން ދުރުހެލިވުމަށް މިނިސްޓަރު ވަނީ ނައިޖީރިއާގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ.









