އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި އާންމުންގެ ތިން މީހަކު ޝަހީދުވެއްޖެ އެވެ
މެޑިކަލް މަސްދަރުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފަލަސްޠީނުގެ ކަމާލް އަދުވާން ހޮސްޕިޓަލް ކައިރިއަށް އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓުތަކުން ހަމަލާދީ މީހަކު ޝަހީދުކޮށްފިއެވެ.
ހަމަ އެ މަސްދަރުތަކުން އިތުރަށް ބުނެފައިވަނީ ރަފާގެ އިރުއުތުރުގައި އޮންނަ ޚިރުބެތު އަލްއަދާސް އަށް ޙަމަލާދީ އިތުރު ދެ މީހުން ޝަހީދު ކޮށްފައިވާ ކަމަށެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން 42،500 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުވެ، 99،546 މީހުންނަށް ވަނީ ޒަޚަމް ވެފައެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
މީގެ އިތުރުން ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައި އަދިވެސް އެތައް ހާސް މީހުންގެ ހަށިގަނޑު އެބަތިބި ކަމަށް މަސްދަރުތަކުން ލަފާކުރެއެވެ.









