ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ކެންޔާގެ ނައިބު ރައީސް ރިގާތީ ގަޗައުއާ މަގާމުން ވަކިކޮށްފިއެވެ. އޭނާ ވަކިކުރީ އެ ގައުމުގެ ނޭޝަނަލް އެސެމްބްލީންނެވެ.

އޭނާ މަގާމުން ދުރުކުރަން މެމްބަރުން ވޯޓު ދެއްވީ ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުންކުރުމާއި ނަސްލު ބައިބައިވުމާއި ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި ބައިވެރިވި ކަމަށް ބުނެއެވެ. ގަޗަގުއާ ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށް، އެއީ ސިޔާސީ މަގްސަދެއްގައި ކުރި ކަމެއް ކަމަށް ތުހުމަތުކޮށް، ރައީސް ވިލިއަމް ރޫޓޯއާ އޭނާ އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިފައިވާ ކަމެއް ކަމަށް ބުނެފައެވެ.

ގަޗައުއާ ވަކިކުރަން ހުށަހެޅުން ފާސްކުރީ 349 ވޯޓުގެ ތެރެއިން 281 ވޯޓާއެކު، ބޭނުންވާ ދެބައިކުޅަ އެއްބައި ގެ އަޣުލަބިއްޔަތުގެ ވޯޓުންނެވެ. މިއީ ކެންޔާގެ 2010 ވަނަ އަހަރުގެ ގާނޫނު އަސާސީގެ ދަށުން މަގާމުން ދުރުކުރި ފުރަތަމަ ނައިބު ރައީސެވެ. ގަޗަގުއާ ގެންދަނީ އެ ދައުވާތަކަކީ އޭނާގެ އަގު ވައްޓާލުމަށް ހިންގާ ކެމްޕެއިނެއްގެ ބައެއް ކަމަށް ބުނަމުންނެވެ.