ޔަހްޔާ ސިންވާރު އުފަންވެވަޑައިގަތީ 1962 ވަނަ އަހަރު ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް ރެފިއުޖީ ކޭމްޕަކަށެވެ.
އޭނާގެ އާއިލާއަކީ 1948 ވަނަ އަހަރު އިސްރާއީލު އުފެދުމަށްފަހު މަޖްދާލް އަސްކަލާންގެ ރެފިއުޖީންނެވެ.
1988 ވަނަ އަހަރު އިސްރާއީލުގެ ދެ ސިފައިންގެ މީހަކު ވަގަށް ނަގައި މަރާލުމަށް ރާވާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ސިންވާރުގެ އުމުރުން 22 އަހަރުގައި އިސްރާއީލުގެ ޖަލަށް ލާފައިވެއެވެ.
އިސްރާއީލު ސަރުކާރުން އޭނާ ބަންދުގައި ހުރި ސިފަކޮށްފައިވަނީ "ރަހުމުކުޑަ" އަދި "ބާރުގަދަ" މީހެއްގެ ގޮތުގަ އެވެ.
ހަމާސްގެ ލީޑަރަކަށް ސިންވާރު ވެވަޑައިގަތީ ޖުލައި މަހު އިސްރާއީލުން ހަނިއްޔާ އަވަހާރަކޮށްލުމުންނެވެ.
އިސްރާއީލުގެ ދެކުނުގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ދިން ހަމަލާއަށް ފަހު، އިސްރާއީލުގެ އަސްކަރިއްޔާއިން އޭނާ ސިފަކުރީ "Walking dead man"ގެ ގޮތުގައެވެ.
އިސްރާއީލުން ބުނީ ޣައްޒާގައި ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު ކަމަށް ބެލެވޭ މީހަކު މަރާލެވިފައިވާ ކަމަށާއި އެކަން ޔަގީން ކުރުމަށްޓަކައި ޓެސްޓުތައް ހަދަމުން އަންނަ ކަމަށެވެ. އެކަމާ ގުޅޭގޮތުން ހަމާސްއިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.









