އިއްޔެ ލުބުނާނުގެ ނަބަތިޔާއަށް ހަމަލާދީ އެތަނުގެ މޭޔަރު އަހުމަދު ކާހިލް ހިމެނޭހެން 6 މީހަކު މަރާލާފައި/ޝަހީދުކޮށްލާފައިވަނީ އިސްރާއީލުން ހިންގި ޖަރީމާއެއްގެ ތެރެއިން ކަމަށް ގަވަރުނަރު ހުވައިދާ ތުރުކް ވިދާޅުވެއްޖެއެވެ.
ލުބުނާނުގެ ދެކުނުގެ ސިޓީގައި ހުންނަ މުނިސިޕަލް އިމާރާތްތަކަށް އަމާޒުކޮށްގެން އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި މޭޔަރު ހިމެނޭ ގޮތަށް ހަ މީހަކު މަރު/ޝަހީދުވިއިރު ، ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި މި ހަމަލާގައި މަދުވެގެން 43 މީހަކު ޒަޚަމްވިއެވެ.
ވައިގެ ހަމަލާގެ ސަބަބުން ނަބަތިޔާ މުނިސިޕަލްޓީ އިމާރާތާއި ޔޫނިއަން އޮފް މުނިސިޕަލްޓީސް އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެތަނުގައި މޭޔަރު އަހުމަދު ކާހިލް އާއި އޭނާގެ ޓީމުން ކޮންމެ ދުވަހަކު ކްރައިސިސް މެނޭޖްމަންޓް ބައްދަލުވުންތައް ބާއްވާ ކަމަށާއިމހްމަލާ ސީދާ އަމާޒުކުރީ އެތަނަށް ކަމަށް ޚަބަރުތައް ބުނެއެވެ..
ލުބުނާނުގެ ބޮޑުވަޒީރު ނަޖީބު މިކާތީ ވެސް ވަނީ މިހަމަލާ އަމާޒުކޮށްފައި ވަނީ އެ ސިޓީގެ މުނިސިޕަލް ކައުންސިލްގެ ބައްދަލުވުމަކަށް ކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އިސްރާއީލު ސިފައިން ބުނެފައިވަނީ މި ހަމަލާ އަމާޒުކޮށްފައިވަނީ އެ ސަރަހައްދުގައި ހުރި ހިޒްބުاللهގެ "ޓެރަރިސްޓް" އަމާޒުތަކަށެވެ.









